Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވޭ، ނޫސްވެރިންނަށް އަނިޔާވެފައިވޭ: އެޗްއާރުސީއެމް

12 މާރިޗު 2018 | ހޯމަ 14:41

ފުލުހުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން އާންމުގެ ތެރެއިން ބައެއް މީހުންނަށާއި އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް އަނިޔާވެފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 މާރިޗު 2018 | ހޯމަ 14:41
އެއްވުމެއް ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ

އެއްވުމެއް ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ

އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށާއި، ފުލުހުންގެ އަމަލުތަކުގެ ސަބަބުން އާންމުންނަށާއި ނޫސްވެރިންނަށް އަނިޔާވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރިފައިވާ އަމުރު ތަންފީޒްކުރުމަށް ގޮވާލާ، މާލެ އާއި އެކި އަތޮޅުތަކުގައި ކުރިއަށްގެންދިޔަ އެއްވުންތައް ވަރަށް ގާތުން އެޗްއާރުސީއެމްއިން މޮނީޓަކޮށްފައިވާކަން ހާމަކޮށް، އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފުލުހުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން އާންމުގެ ތެރެއިން ބައެއް މީހުންނަށާއި އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އޭގެއިތުރުން އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވަނީ ލެސްލީތަލް ހަތިޔާރު ބޭނުންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ "ހަތިޔާރުު ގެންގުޅުމާއި ބޭނުންކުރުމާއިބެހޭ ގަވައިދު" ގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ބައެއް ހާލަތްތަކުގައި ފުލުހުން ޕޭޕަރ ސްޕްރެ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މުއާމަލާތްކުރުމުގައި ފުލުހުން ވެސް އެންމެ އެކަށީގެންނުވާ ބަސްމަގު ބޭނުން ކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. ރިޕޯޓުގައި 8 ވަނަ ކަމެއްގެ ގޮތުގައި ބުނެފައިވަނީ ފަހަކަށް އައިސް ގިނަ އެއްވުންތައް ސުލްހަވެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރު ފަހަކަށް އައިސް ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވަނީ މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ 6 މައްސަލައެއް އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ބަލަމުން އަންނަ ކަމަށެވެ. އަދި އޭގެތެރެއިން 3 މައްސަލައެއް ބަލަނީ އެޗްއާރުސީއެމްގެ އަމިއްލަ އިސްނެގުމަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްއިން ބުނީ ރިޕޯޓްގައި ބުނެފައިވާ ކަންތައްތައް ފެބުރުއަރީ 18 ވަނަ ދުވަހު އަދި މާރިޗު މަހުގެ 11 ވަނަ ދުވަހު ފުލުހުންނާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް