Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ސަރުކާރުން ކުއްލި ހާލަތުގެ ބޭނުން ކުރަނީ ގަދަބާރު ދެއްކުމުގެ ލައިސަންސެއްގެ ގޮތުގައި: އެމްނެސްޓީ އިންޓަރނޭޝަނަލް

27 ފެބުރުއަރީ 2018 | އަންގާރަ 18:01

އިހްތިޖާޖްތަކުގެ ތެރެއިން ހައްޔަރު ކޮށްފައިވާ ހުރިހާ ފަރާތްތައް އެއްވެސް ޝަރުތެއް ނެތި ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީން ގޮވާލި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 27 ފެބުރުއަރީ 2018 | އަންގާރަ 18:01
މާލޭގައި ކުރިއަށްދާ އިހްތިޖާޖްތަކުގެ ތެރެއިން ފުލުހުން މުޒާހަރާގެ ބައިވެރިޔަކު ހައްޔަރު ކުރަނީ

މާލޭގައި ކުރިއަށްދާ އިހްތިޖާޖްތަކުގެ ތެރެއިން ފުލުހުން މުޒާހަރާގެ ބައިވެރިޔަކު ހައްޔަރު ކުރަނީ

ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުން ކުރަނީ ފަނޑިޔާރުންނާއި ސިޔާސީ ވާދަވެރިން އަދި މަދަނީ މުޖުތަމައު އަށް ނިސްބަތްވާ ފަރާތްތަކާ ދެކޮޅަށް ގަދަބާރު ދެއްކުމުގެ ލައިސަންސެއްގެ ގޮތުގައި ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޑެޕިއުޓީ ޑިރެކްޓަރ ޑިނުޝިކާ ޑިސަނަޔަކެ ވިދާޅުވީ، ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ދެކޮޅަށް ސުލްހަވެރިކަމާ އެކު އިހްތިޖާޖް ކުރަމުންދާ ފަރާތްތައް ހައްޔަރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހައްޔަރު ކޮށްފައިވާ ހުރިހާ ފަރާތްތައް އެއްވެސް ޝަރުތެއް ނެތި، ވަގުތުން ވަގުތަށް ދޫކޮށްލުމަށް އޭނާ ގޮވާލެއްވިއެވެ.

Advertisement - newsAdvertisement

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތުގެ 15 ދުވަހުގެ މުއްދަތު ހަމަވުމާއެކު، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދިގު ދައްމާލުމަށް ނިންމާފައިވަނީ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ހަމަތަކުގެ ބޭރުން ޤާނޫނީ އަދަދު ހަމަނުވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދައްމާލުމަށް ނިންމާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާކަން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިޢުތިބާޠީ ގޮތެއްގައި ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ބޭނުން ހިފުމާ ގުޅިގެން އިޢުތިބާޠީ ގޮތެއްގައި ހައްޔަރު ކޮށްފައިވާ ފަރާތްތައް އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލާފައިވެއެވެ.

އެމްނެސްޓީގެ ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒް ކުރުމަށް ގޮވާލައި މާލޭގައި ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ އާއްމުންނާއި، މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިން އަދި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރު ކޮށްފައިވާ ޝަރުއީ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކާއި ސިޔާސީ ވާދަވެރިން އިޢުތިބާޠީ ގޮތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށާއި، އެފަރާތްތަކުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުށްތަކާއި އެކަށޭނަ ޖިނާއީ ދައުވާއެއް ވީހާ ވެސް އަވަހަކަށް ނުކުރެވޭ ނަމަ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން މާލޭގައި ސުލްހަވެރިކަމާ އެކު އިހްތިޖާޖް ކުރަމުންދާ ފަރާތްތަކާއި އިހްތިޖާޖްތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ޙާލަތާއި ނުބައްދަލު، އަދި ކޮންމެހެން ބޭނުން ކުރަން ނުޖެހޭ މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެއެވެ.

އެގޮތުން ކުއްލި ހާލަތު އުވާލައި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ކޮންމެ ރެއަކު ކުރަމުންދާ އިހްތިޖާޖްތަކުގެ ތެރެއިން، ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ކޯމާއަކަށް ގޮސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ އަބްދުﷲ ސަލީމްގެ ނަން، އެމްނެސްޓީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެރޭ ބޭއްވި އިހްތިޖާޖްތައް ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނާއި ފުލުހުން ކުރިމަތިލައި، ފުލުހުންގެ އަމަލުތަކުގެ ތެރެއިން ބައެއް ނޫސްވެރިންނަށް ސީރިއަސް ޒަޚަމްތަކެއް ލިބި ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިފައިވާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މާލޭގައި ކޮންމެ ރެއަކު ކުރިއަށްދާ އިހްތިޖާޖްތަކަށް ހުރަސް އެޅުމުގެ މަޤްސަދުގައި، ރޭގަނޑު 10:30 ގެ ފަހުން އެއްވެ އުޅުން މަނާކޮށް ފުލުހުން ކާފިއު އިއުލާން ކޮށްފައިވާކަން ފާހަގަ ކުރައްވާ އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޑެޕިއުޓީ ޑިރެކްޓަރ ޑިސެނަޔަކެ ވިދާޅުވީ، އާއްމުންނަށް ޞުލްހަވެރިކަމާއެކު އިހްތިޖާޖް ކުރުމުގެ ހައްގާއި، ނޫސްވެރިންނަށް އެހަރަކާތްތައް ރިޕޯޓް ކުރުމުގެ ހައްގު މިނިވަންކަމާއެކު، އެއްވެސް ބިރުވެރިކަމެއް ނެތި ލިބިދޭން ޖެހޭ ކަމަށެވެ.

ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގާއި އެއްވެސް އުޅުމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަތުމަށް ދައްކާނެ ހުއްޖަތެއްގެ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ނުކުރެވޭނެ ކަމަށާއި، ޞުލްހަވެރިކަމާއެކު އިހްތިޖާޖް ކުރާ ފަރާތްތަކާއި ދެކޮޅަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ ތަހުގީގު ހިންގާ، ޖަވާބުދާރީ ކުރުވުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އެމްނެސްޓީ އިން ގޮވާލާފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް