Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޒޫމާގެ ކޮރަޕްޝަންގެ ތުހުމަތު

ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ދެކުނު އެފްރިކާގެ ރައީސް ޖެކޯބް ޒޫމާ އިސްތިއުފާ ދެއްވައިފި

ޒޫމާގެ އިސްތިއުފާ އިއުލާން ކުރެއްވީ ބުދަ ދުވަހު ގައުމާއި މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2018 | ބުދަ 22:15
ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ، ޕްރިޓޯރިއާގެ ޔޫނިއަން ބިލްޑިންގ ގައި ގައުމާއި މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ބުދަ ދުވަހު މަގާމުން އިސްއިތުފާ ދެއްވިކަން އިއުލާން ކުރައްވަނީ

ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ، ޕްރިޓޯރިއާގެ ޔޫނިއަން ބިލްޑިންގ ގައި ގައުމާއި މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ބުދަ ދުވަހު މަގާމުން އިސްއިތުފާ ދެއްވިކަން އިއުލާން ކުރައްވަނީ

ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން މަގާމުން އަޒުލް ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް، ދެކުނު އެފްރިކާގެ ރައީސް ޖެކޯބް ޒޫމާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ދެކުނު އެފްރިކާގެ ރައީސްގެ މަގާމުން ވަގުތުން އިސްތިއުފާ ދެއްވުމަށް ނިންމެވިކަން ޒޫމާ އިއުލާން ކުރެއްވީ ޕްރިޓޯރިއާގައި ހުންނަވައި ގައުމީ ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ޒޫމާ އިސްތިއުފާ ދެއްވާފައިވަނީ، އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތު ތަކާއި ގުޅިގެން ވެރިކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، އާއްމުންނާއި އެމަނިކުފާނުގެ އަމިއްލަ ޕާޓީ އިންވެސް ފިއްތުންތައް ކުރިމަތިވެފައިވަނިކޮށެވެ.

ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އިން އަންގާރަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ޒޫމާ އަށް ރަސްމީކޮށް ދަންނަވާފައެވެ. އެހެންނަމަވެސް، މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ސާފުވެފައިނުވާ ކަމަށް ބުނެ ޒޫމާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ފުރަތަމަ ދެކޮޅު ހައްދަވާފައެވެ.

އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމަށް ޒޫމާ ދެކޮޅު ހެއްދެވުމާއެކު އޭއެންސީ އިން ވަނީ، ޒޫމާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ބުރާސްފަތި ދުވަހު ހުށަހެޅުމަށް ނިންމިކަން ހާމަކޮށްފައެވެ.

2009 ވަނަ އަހަރުން ފެށިގެން ދެކުނު އެފްރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ޒޫމާ، ވެރިކަން ކުރާ އޭއެންސީ އާ ގުޅިފައިވަނީ 1958 ވަނަ އަހަރު އެވެ.

އޭނާ އަކީ އޭއެންސީގެ އެންމެ ވަފާތެރި އަދި އެންމެ އިސް މެމްބަރުންގެ ތެރޭގައި ހިމެނޭ އެއް ލީޑަރެވެ. ދެކުނު އެފްރިކާގައި އޮތް ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް ތެދުވި، އެގައުމުގެ ބަތަލް އަދި ކުރީގެ ރައީސް ނެލްސަން މަންޑޭލާ އާއެކު ރޮބިން އައިލެންޑްގެ ޖަލުގައި 10 އަހަރު ޒޫމާ ހޭދަކުރެއްވި އެވެ. ޖަލުން މިނިވަން ވުމާއެކު އަމިއްލަ އަށް އަރުވާލެވިގެން ގައުމުން ބޭރުގައި އުޅުއްވުމަށްފަހު ޒޫމާ އެނބުރި ގައުމަށް ވަޑައިގެންފައިވަނީ 1990 ވަނަ އަހަރު އެވެ.

ދެކުނު އެފްރިކާގެ ސިޔާސީ މައިދާނުގައި ތޫނުފިލި ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވި ޒޫމާގެ ވެރިކަމުގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި، އެހެނިހެން މައްސަލަތަކާއި ގުޅިގެން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ. އޭނާ ވެފައިވަނީ ނަސްލީ ތަފާތު ކުރުންތަކުން އަރައިގަތުމަށްފަހު، ދެކުނު އެފްރިކާ ދުށް އެންމެ މައްސަލަ ބޮޑު ރައީސަށެވެ.

ދެކުނު އެފްރިކާގެ ދުސްތޫރީ ކޯޓުން މިދިޔަ ޑިސެމްބަރު މަހު ވަނީ، ދެކުނު އެފްރިކާގެ ކަންދްލާގައި ހުންނަ ޒޫމާގެ ގެކޮޅެއް މަރާމާތު ކުރުމަށް ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާ ޒިންމާދާރު ކުރުވުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނުކުޅެދިފައިވާ ކަމަށް ނިންމާފައެވެ. އޭގެ ކުރިން 2016 ވަނަ އަހަރުގެ އޭޕްރީލް މަހު ހަމަ އެކޯޓުން ވަނީ، އެގައުމުގެ ޤާނޫނު އަސާސީ ނަގަހައްޓައި، ދިފާއު ކުރުމާއި ޤާނޫނު އަސާސީ އަށް އިހްތިރާމް ކުރުމުގައި ޒޫމާ ފެއިލްވެފައިވާ ކަމަށް ކަނޑައަޅާފައެވެ.

އެނިންމުމާއެކު 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭނާ މަގާމުން އަޒުލް ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ނެގިނަމަވެސް، އޭއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގައި ނެގި ވޯޓުން ޒޫމާ ވަނީ ސަލާމަތްވެވަޑައިގެންފައެވެ. އެވޯޓުގައި ޒޫމާ މަގާމުން ވަކި ކުރުމަށް ފެންނަ ކަމަށް 143 މެމްބަރުން ވޯޓު ދިންއިރު، މަގާމުން ވަކި ކުރަން ނުފެންނަ ކަމަށް 233 ވޯޓު ލިބިފައިވެއެވެ.

މީގެ އިތުރުން ޒޫމާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެހެން މައްސަލަތަކުގެ ތެރޭގައި ދެކުނު އެފްރިކާ އަށް 1993 ވަނަ އަހަރު ހިޖުރަކުރި އިންޑިއާގެ އާއިލާ އަކަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު