Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕަދްމާވަތު

ޕަދްމާވަތު: ފިލްމު އަޅުވަން ހުއްދަ ދިނުމުން ހަމަނުޖެހުން ހިންގައިފި

ޕަދްމަވާތަށް ކުރިން ދީފައިވާ ނަމަކީ "ޕަދްމަވަތީ"

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 ޖެނުއަރީ 2018 | އަންގާރަ 01:49
ހަމަނުޖެހުން ހިންގި ފަރާތްތަކުން ވަނީ ބަސްތަކުގައި ހުޅުޖަހައި ތިއޭޓަރެއް ވެސް ހަލާކުކޮށްލާފައި

ހަމަނުޖެހުން ހިންގި ފަރާތްތަކުން ވަނީ ބަސްތަކުގައި ހުޅުޖަހައި ތިއޭޓަރެއް ވެސް ހަލާކުކޮށްލާފައި

ބޮލީވުޑްގެ ފިލްމް "ޕަދްމާވަތު" ދެއްކުން މަނާކުރެވިފައި އޮތް އޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން ނިމުމަކަށް ގެނައުމާ އެކު ގުޖުރާތުގައި މުޒާހަރާކޮށް މަގުތަށް ބަންދުކޮށް ބަސްދަތުރުތައް ހުއްޓުމަކަށް ގެނެސްފިއެވެ.

ހައްދު ފަހަނައަޅާފައިވާ ހިންދޫ ގްރޫޕްތަކުން އާދީއްތަ ދުވަހު ވަނީ ބަސްތަކުގައި ހުޅުޖަހައި ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގެ ތިއޭޓަރެއް ސުންނާފަތިކޮށްލާފައެވެ.

ކޯޓުގެ އަމުރު ލިބި އަދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރި ނަމަވެސް އިތުރު ހަމަނުޖެހުންތަކެއް އަތުވެދާނެކަމުގެ ބިރަށް އެސްޓޭޓުގެ ތިއޭޓަރުތަކުގެ ވެރިން ވަނީ ފިލްމް ނޭޅުވުމަށް ނިންމާފައެވެ.

"ޕަދްމާވަތު" ރިލީސް ކުރުމަށް ނިންމާފައި ވަނީ ޖެނުއަރީމަހުގެ 25 ވަނަ ދުވަހުއެވެ.

މި ފިލްމުގައި ދައްކައިދެނީ 14 ވަނަ ގަރުނުގައި އުޅުނު ހިންދޫ ރާނީއަކާއި މުސްލިމް ވެރިއެއް ކަމަށްވާ އަލާއުއްދީން ޚިލްޖީގެ ވާހަކައެވެ. ފިލްމުގެ ލީޑްރޯލް ކުޅެފައި ވަނީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޮނޭ އަދި ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގހެވެ.

ހިންދޫ ގްރޫޕްތަކާއި ރާޖްޕުތު ކާސްޓް އޯގަނައިޒޭޝަންތަކުން ތުހުމަތުކުރާ ގޮތުގައި، ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި މައި ދެ ކެރެކްޓަރގެ މެދުގައި ފެނިގެންދާ ލޯބީގެ އިޝްގީ މަންޒަރުތަކަކީ ހިންދޫ ރާނީއަށް އިހުތިރާމް ކުޑަކުރުމެވެ. ފިލްމުގެ ޕްރޮޑިއުސަރު އެކަން ދޮގުކުރެއެވެ.

މިދިޔަ ހަފްތާގައި ކޯޓުން ވަނީ ފިލްމް ރިލީޒް ކުރުމަށް ހުއްދަދީފައެވެ. އަދި ހަތަރު ސްޓޭޓަކުން ފިލްމު މަނާކުރުމަށް ނިންމާފައިވާ ނިންމުން ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

12 ފެބުރުއަރީ 2017
ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި
08 ފެބުރުއަރީ 2017

"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި

08 ފެބުރުއަރީ 2017
"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި
01 ފެބުރުއަރީ 2017

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު