Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތޯމަސް ކުކް ކުންފުނި

ތޯމަސް ކުކް ކުންފުނިން 50 ސްޓޯރު ބަންދުކުރަން ނިންމައިފި

ތޯމަސް ކުކް ކުންފުންޏަކީ ލަންޑަންގެ ސްޓޮކް އެކްސްޗޭންޖް ބާޒާރުގައި ލިސްޓު ކުރެވިފައިވާ ކުންފުންޏެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2017 | ހޮނިހިރު 15:10
ތޯމަސް ކުކް ސްޓޯރު

ތޯމަސް ކުކް ސްޓޯރު

ބްރިޓިޝް ގްލޯބަލް ކުންފުންޏެއް ކަމަށްވާ ތޯމަސް ކުކް ގްރޫޕުން އިނގިރޭސިވިލާތުގައި ހިންގާ ރީޓެއިލް ވިޔަފާރިން، 50 ސްޓޯރު ބަންދުކުރަން ނިންމައިފިއެވެ.

690 ސްޓޯރާއެކު އިނގިރޭސިވިލާތުގައި ހިންގާ ރީޓެއިލް ވިއުގައިން، 50 ސްޓޯރު ބަންދުކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ މާރޗް މަހުގައެވެ. އަދި މި ނިންމުމުގެ ސަބަބުން އެ ކުންފުނީގައި މަސައްކަތްކުރާ 400 ވަރަކަށް މުވައްޒަފުންނަށް އަސަރު ކުރާނެއެވެ.

ތޯމަސް ކުކް ކުންފުންޏަކީ ލަންޑަންގެ ސްޓޮކް އެކްސްޗޭންޖް ބާޒާރުގައި ލިސްޓު ކުރެވިފައިވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ހިންގާ ކުންފުންޏެކެވެ.

ތޯމަސް ކުކް އިން ބުނީ އެމީހުން ބަންދުކުރަން ނިންމީ ހަމައެކަނި އިނގިރޭސިވިލާތުގައި ހިންގަމުންދާ ސްޓޯރުތައް ކަމަށެވެ.

މި ސްޓޯރުތައް ބަންދުކުރަން ތޯމަސް ކުކްއިން ނިންމާފައިވަނީ އެތަންތަނަކީ އެކުންފުނީގެ އެހެން އޮފީސްތަކާއި ކައިރި އަދި ނިމިދިޔަ ތިން ކުއާރޓަރގައި ވިޔަފާރި ކުރެފައިވާ މިންވަރު ދަށް ސްޓޯރތަކަކަށް ވާތީ ކަމަށް އެކުންފުނިން ބުނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރ މަހު ތޯމަސް ކުކްއިން ބުނެފައިވަނީ އެކުންފުނިން އިނގިރޭސިވިލާތުގައި ހިންގާ ސްޓޯރުތަކުގައި ފައިދާ 40 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2018

އިންސްޓަގްރާމްގެ ފައުންޑަރުން އެކުންފުނިން ވަކިވަނީ

25 ސެޕްޓެމްބަރު 2018
އިންސްޓަގްރާމްގެ ފައުންޑަރުން އެކުންފުނިން ވަކިވަނީ
28 އޯގަސްޓު 2018

ޓޮޔޯޓާ ކުންފުނިން އޫބަރއަށް 500 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

28 އޯގަސްޓު 2018
ޓޮޔޯޓާ ކުންފުނިން އޫބަރއަށް 500 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
15 ޖުލައި 2018

ބިލްޑް-އަ-ބެއާ އިން ހިންގި ޕްރޮމޯޝަންގައި މައްސަލަތަކެއް ދިމާވުމުން އެ ކުންފުނިން މައާފަށް އެދެފި

15 ޖުލައި 2018
ބިލްޑް-އަ-ބެއާ އިން ހިންގި ޕްރޮމޯޝަންގައި މައްސަލަތަކެއް ދިމާވުމުން އެ ކުންފުނިން މައާފަށް އެދެފި
15 އެޕްރީލު 2018

ނޯވީޖިއަން ގަންނަން ބްރިޓިޝް އެއަރވޭސް ހިންގާ ކުންފުނިން ވިސްނަނީ

15 އެޕްރީލު 2018
ނޯވީޖިއަން ގަންނަން ބްރިޓިޝް އެއަރވޭސް ހިންގާ ކުންފުނިން ވިސްނަނީ
03 އެޕްރީލު 2018

މިފަހަރު ޖީއެމް ފޯރަމްގައި ސާޅީހަށްވުރެ ގިނަ ކުންފުނިން ބައިވެރިވާން ނިންމައިފި

03 އެޕްރީލު 2018
މިފަހަރު ޖީއެމް ފޯރަމްގައި ސާޅީހަށްވުރެ ގިނަ ކުންފުނިން ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު