Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރައިމް ރޭޓް

ފުލުހުންނަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތައް މަދު

2016 ވަނަ އަހަރު ޖުމްލަ 13568 މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2018 | ބުދަ 17:05
ފުލުހުން ބައްދަލުވުމެއްގެ ތެރެއިން

ފުލުހުން ބައްދަލުވުމެއްގެ ތެރެއިން

ނިމިދިޔަ އަހަރު މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހުށަހެޅުނު މައްސަލަތައް މަދު ކަމަށް އެ މުއައްސަސާ އިން ބުނެފިއެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 13،568 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު 2017 ވަނަ އަހަރުގެ އެ މުއްދަތުގައި ހުށަހަޅާފައި ވަނީ ޖުމްލަ 12775 މައްސަލަ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު މާރާމާރީ އާއި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތަކާއި ޖިންސީ ގޯނާކުރުމާއި އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި ވަގު ލިޔެކިޔުން ގެންގުޅުމުގެ މައްސަލަތަކާއި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކާއި އަދި މީގެ އިތުރުން ގެއްލިގެން ހުށަހެޅުނު ތަކެތީގެ މައްސަލަތައް މަދުކަން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މާރާމާރީގެ 770 މައްސަލަ މިދިޔަ އަހަރު ހުށަހެޅި ފައިވާއިރު 2016 ވަނަ އަހަރު ހުށަހެޅިފައިވަނީ މާރާމާރީގެ 782 މައްސަލައެވެ. ވައްކަމުގެ 3،617 މައްސަލައެއް 2016 ވަނަ އަހަރު ހުށަހެޅި ފައިވާއިރު މިދިޔަ އަހަރު ހުށަހެޅި ފައިވަނީ ވައްކަމުގެ 3،503 މައްސަލައެވެ. ފުލުހުންނަށް ހުށަހެޅިފައިވާ ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، ފޭރުމުގެ 716 މައްސަލައެއް 2016 ވަނަ އަހަރު ހުށަހެޅި ފައިވާއިރު 2017 ވަނަ އަހަރު ހުށަހެޅި ފައިވަނީ ފޭރުމުގެ 662 މައްސަލައެކެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު، 2016 ވަނަ އަހަރު 2،378 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި 2017 ވަނަ އަހަރު ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ 2،038 މައްސަލައެވެ. އަދި 2016 ވަނަ އަހަރު ޓްރެފިކްގެ 2،242 މައްސަލައެއް ހުށަހެޅިފައިވާއިރު 2017 ވަނަ އަހަރު ހުށަހެޅިފައިވާ ޓްރެފިކްގެ މައްސަލަތައް މަދެވެ. އެގޮތުން 2017 ވަނަ އަހަރު ހުށަހެޅިފައި ވަނީ ޓްރެފިކްގެ މުޅި ޖުމްލަ 2،105 މައްސަލައެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 2016 ވަނަ އަހަރު ހުށަހެޅުނު މައްސަލަ ތަކަށް ވުރެ 2017 ވަނަ އަހަރު ހުށަހެޅުނު މައްސަލަތައް މަދުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރު ޖިންސީ ގޯނާގެ 467 މައްސަލައެއް ހުށަހެޅިފައިވާއިރު 2017 ވަނަ އަހަރު ހުށަހެޅިފައިވަނީ 417 މައްސަލައެވެ. ގެވެށި އަނިޔާގެ 305 މައްސަލައެއް 2016 ވަނަ އަހަރު ހުށަހެޅިފައިވާއިރު 2017 ވަނަ އަހަރު ހުށަހެޅި ފައިވަނީ ގެވެށި އަނިޔާގެ 279 މައްސަލައެކެވެ.

ވަގު ލިޔެކިޔުން ގެންގުޅުމުގެ 97 މައްސަލައެއް 2016 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާއިރު 2017 ވަނަ އަހަރު ހުށަހެޅާފައި ވަނީ 86 މައްސަލައެވެ. މުދަލަށް ގެއްލުން ދިނުމުގެ 359 މައްސަލައެއް 2016 ވަނަ އަހަރު ހުށަހެޅިފައިވާއިރު 2017 ވަނަ އަހަރު މައްސަލަ ހުޅަހެޅުނު މިންވަރު އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މުދަލަށް ގެއްލުން ދިނުމުގެ 455 މައްސަލައެއް 2017 ވަނަ އަހަރު ހުށަހެޅިފައިވެއެވެ. ޗެކްބައުންސްގެ 265 މައްސަލައެއް 2016 ވަނަ އަހަރު ހުށަހެޅިފައިވާއިރު 2017 ވަނަ އަހަރު ހުށަހެޅިފައި ވަނީ 287 މައްސަލައެކެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 523 މައްސަލައެއް 2016 ވަނަ އަހަރު ހުށަހެޅިފައިވާއިރު 2017 ވަނަ އަހަރު ހުށަހެޅިފައިވަނީ 518 މައްސަލައެކެވެ. މީގެ އިތުރުން ތަކެތި ގެއްލިގެން ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު 2016 ވަނަ އަހަރު 1829 މައްސަލައެއް ހުށަހެޅިފައިވާއިރު 2017 ވަނަ އަހަރު ހުށަހެޅިފައި ވަނީ 1655 މައްސަލައެވެ.

ކުށްތައް ރިޕޯޓްކޮށްފައިވާ މިންވަރު މަދުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކާ އިރު ފާއިތުވި އަހަރު ތަފާތު ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު ފުލުހުންގެ ރިޕޯޓްގައި ހިމަނާފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު