Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޔުނައިޓެޑް އަދި ޗެލްސީ ފުރުސަތު ނަގައިލިއިރު، ސިޓީ ލީޑު ފުޅާކޮށްފި

ޔުނައިޓެޑް އޮތީ ލިބުނު 42 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2017 | އާދީއްތަ 09:37
ލެސްޓާ އަދި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ލެސްޓާ އަދި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީ ފުރުސަތު ނަގައިލިއިރު، މެންޗެސްޓާ ސިޓީ ލީޑު ފުޅާކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑް ކުޅުނު މެޗުން އެޓީމު އެއްވަރުވީ ލެސްޓާ ސިޓީއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

ލެސްޓާ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން އެޓީމުން ވަނީ ލެސްޓާގެ ހާފަށް ބާރުބޮޑުކޮށް ލަނޑުޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެހެން ނަމަވެސް ޔުނައިޓެޑުން ރަނގަޅަށް ކުޅެމުންދަނިކޮށް ލެސްޓާއިން ވަނީ މެޗުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ރިޔާދް މަހްރޭޒްގެ އެހީތެރިކަމާއެކު ޖެމީ ވާޑީއެވެ.

މި ލަނޑާއެކު ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް، އެޓޭކްތައް ގިނަކޮށްފައެވެ. އެގޮތުން ފުލުފުލުގައި އެޓީމުންދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިންގާޑްގެ އެހީތެރިކަމާއެކު ހުއާން މަޓާއެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑެވެ. އެގޮތުން ލެސްޓާގެ ހާފަށް ބާރުބޮޑުކޮށް އެޓީމުންދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ. ޔުނައިޓެޑުން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގީ 60 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މަޓާއެވެ.

ލެސްޓާ އަށް މެޗުގައި އިތުރު ހުރަސްތަކާ ކުރިމަތިވީ 76 ވަނަ މިނެޓުގައި އެޓީމުގެ އަމާޓޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އެހެންނަމަވެސް މެޗުގެ އިތުރުވަގުތުގެ ތެރޭގައި މަގުއެރޭގެ ލަނޑުން ލެސްޓާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ކުޅުނު 19 މެޗުން ލިބުނު 42 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. ލެސްޓާ އޮތީ 19 މެޗުން ލިބުނު 27 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ ކުޅުނު މެޗުން އެޓީމު އެއްވަރުވީ އެވަޓަންއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުންނެވެ.

އެވަޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޗެލްސީންނެވެ. އެގޮތުން އެޓީމުން ވަނީ އެވަޓަންގެ ހާފަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

އެހެނަމަވެސް ފުރަތަމަ ހާފްގައި ލީޑު ނެގުމަށް އެޓީމަށް ހުސް ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފްގައި އެވަޓަންއިން ވަނީ މޮޅު ޑިފެންސެއް ކުރުމުގެ އިތުރުން ކައުންޓާގައި ޗެލްސީގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރި ނަމަވެސް ލަނޑު ޖަހަން ހުސް ފުރުސަތެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައިވެސް އެވަޓަން އިން ވަނީ މޮޅު ޑިފެންސެއްކޮށްފައެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 19 މެޗުން ލިބުނު 39 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. އެވަޓަން އޮތީ ކުޅުނު 19 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.

ޕޮއިންޓް ތާވަލުގައި ސިޓީން ލީޑު ފުޅާކުރީ ހޮނިހިރު ދުވަހުގެ ރޭ އޭއެފްސީ ބޯންމައުތްއާ ދެކޮޅަށް ކުޅުނު މެޗު 0-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ.

މި ލަނޑަށްފަހުވެސް ސިޓީން ވަނީ ބޯންމައުތްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް ފޮނުވާލާފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނީ ސިޓީއަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި، 0-1 ގެ ނަތިޖާއިން ބޯންމައުތްގެ މައްޗަށް އެޓީމު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ސިޓީގެ ރަހީމް ސްޓާލިން ވަނީ އެޓީމަށް ލީޑުފުޅާކޮށްދީފައެވެ. މި ލަނޑަށްފަހުވެސް ސިޓީން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެގޮތުން 79 ވަނަ މިނެޓުގައި އެޓީމުގެ ތިން ވަނަ ލަނޑު އަގުއެރޯ ކާމިޔާބުކުރިއިރު، 85 ވަނަ މިނެޓުގައި އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑެނީލޯއެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ ކުޅުނު 19 މެޗުން 55 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މެޗުން ބަލިވި ބޯންމައުތް އޮތީ ކުޅުނު 19 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު