ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 11:16
ޓިވެޓް އޮތޯރިޓީން ޕްރެކްޓިކަލް ހެދުމަށް އިންޑިޔާއަށް ދިޔަ ކުދިން
ޓިވެޓް އޮތޯރިޓީން ޕްރެކްޓިކަލް ހެދުމަށް އިންޑިޔާއަށް ދިޔަ ކުދިން
ޓްވިޓަރ
ޓިވެޓް އޮތޯރިޓީ
ނަރސިންގ ކޯހުގައި ކިޔަވަމުންދާ 103 ކުދިން ޕްރެކްޓިކަލް ހެދުމަށް އިންޑިޔާއަށް ފުރައިފި
 
ޓިވެޓުން ދަނީ އެކި ދާއިރާތަކުން ކޯސްތައް ކުރިއަށްގެންދަމުން
 
މިދިޔަ އޮކްޓޫބަރު މަހުގައި 74 ކުދިން ޕްރެކްޓިކަލް ހެދުމަށް ގޮސްފައިވޭ
 
ޕްރެކްޓިކަލް ހޯދަނީ އިންޑިޔާގެ އެސްޔޫޓީ ހޮސްޕިޓަލްގައި

ޓިވެޓް އޮތޯރިޓީން ފަށާފައިވާ 500 ނަރުހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން ކިޔަވަމުންދާ 103 ކުދިންގެ ޕްރެކްޓިކަލް ފުރިހަމަ ކުރުމަށް އިންޑިޔާގެ ޓްރިވެންޑްރަމް އަށް ފުރައިފި އެވެ.

 މި ކުދިން އިންޑިޔާއަށް ފުރާފައި ވަނީ، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީ(ޓިވެޓް)ގެ 103 ކުދިން ޕްރެކްޓިކަލް ހެދުމަށް އިންޑިޔާއަށް ފުރާފައިވާ އިރު މި ކުދިން ކިޔަވަމުންދަނީ ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. ޓިވެޓް އޮތޯރިޓީން ބުނީ މިއީ ޑިޕްލޮމާ ލެވެލް ކުދިން ޕްރެކްޓިކަލްއަށް ދާ ފުރަތަމަ ފަހަރު ކަމަށާއި ތިން ފަހަރެއްގެ މަތިން  ޑިޕްލޮމާ ލެވެލް ކުދިން ޕްރެކްޓިކަލް ހެދުމަށް އިންޑިޔާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޓިވެޓްއިން ޕްރެކްޓިކަލް ހޯދަން ދަނީ އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުންނަ ހޮސްޕިޓަލެއް ކަމުގައިވާ އެސްޔޫޓީ ހޮސްޕިޓަލަށެެވެ.

މި ކުދިންނާ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވެސް ވަނީ ހޯމަ ދުވަހު ބައްދަލުކުރައްވާފަ އެވެ.

މީގެ ކުރިން ޓިވެޓް އޮތޯރިޓީން ކުރިއަށް ގެންދާ ނަރސިންގ ކޯހުގެ އެޑްވާންސް ސެޓްފިކެޓަށް ކިޔަވަމުންދާ 74 ކުއްޖެއް މިދިޔަ އޮކްޓޫބަރު 09 ގައި އިންޑިޔާއަށް އިތުރު ތަމްރީނު ހޯދުމަށް ގޮސްފައިވެ އެވެ. އެކުދިން ވަނީ ޑިސެމްބަރު 08 ގައި މާލެ އައިސްފަ އެވެ.

ޓިވެޓް އޮތޯރިޓީން ވޮކޭޝަނަލް އެޑިއުކޭޝަންގެ ކޯސްތައް ކުރިއަށް ގެންދާ އިރު 1000 ޕޮޓޯގްރަފަރުން ތަމްރީނު ކުރުމުގެ ކޯހަކާއި 1000 ކޭޝިއަރުން ތަމްރީނު ކުރުމުގެ ކޯހެއްގެ އިތުރުން ފާމަސީ އެސިސްޓެންޓުން ތަމްރީނު ކުރުމާއި ދަސްވާރު ޕްރޮގްރާމަކީވެސް އެ އޮތޯރިތީން ކުރިއަށްގެންދާ ފާހަގަކޮށްލެވޭ ތަމްރީނު ޕްރޮގްރާމުތަކެކެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް