Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު އިއްތިހާދު

އިއްތިހާދު އޮތީ ބަދަހިކޮށް، އުމަރު ޖޭޕީއާއި ގުޅުމަކީ ހަރަކާތްތަކަށް ހުރަސްއެޅޭކަމެއް ނޫން: އިއްތިހާދު

8 ޑިސެމްބަރު 2017 | ހުކުރު 07:41

ޤާސިމް ވާދަނުކުރައްވާނަމަ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 ޑިސެމްބަރު 2017 | ހުކުރު 07:41
އިދިކޮޅު އިއްތިހާދުން ބުރާސްފަތި ދުވަހުގައި ބޭއްވި ޖަލްސާ

އިދިކޮޅު އިއްތިހާދުން ބުރާސްފަތި ދުވަހުގައި ބޭއްވި ޖަލްސާ

އިދިކޮޅު އިއްތިހާދު އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅުން އެއީ އިދިކޮޅު އިއްތިހާދުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރަސް އެޅޭކަމެއް ނޫންކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

އިދިކޮޅު އިއްތިހާދުގައި ހިމެނޭ ހަތަރު ޕާޓީން ބުރާސްފަތި ދުވަހު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ކުރާ މަސައްކަތަކީ ހަތަރު ޕާޓީއިން ކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ކުރާ މަސައްކަތެއްކަމަށެވެ. އެހެން ކަމުން ވަކި މީހަކު ހަތަރު ޕާޓީން ކުރެ ޕާޓީއަކަށް ސޮއި ކުރިކަމުގައިވިއަސް އެ އެއްބަސްވުމަށް އިހުތިރާމް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެން މި ބަލަނީ ވަކި މީހަކު މިތަނުން ޕާޓީއަކާ ގުޅުނަސް މި އެއްބަސްވުމަށް އިހުތިރާމް ކޮށްގެންނޭ ކުރިއަށް ދާނީ. އެހެންވެ، މިހާތަނަށް ވެސް މި އިއްތިހާދު ބަދަހިކޮށް މި އޮތީ،" އަނަސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ އަބަދުވެސް އުއްމީދު ކުރަންވާނީ ކޮންމެ މީހަކުވެސް އެޕާޓީތަކާއި ގުޅޭނީ ކުރިއަށް ދިއުމުގެ އުއްމީދުގައިކަމަށެވެ. މާޒީގައި ކަންތައްތައް ގޮސްފައިވާ މިންވަރަށް ވުރެ ބޮޑަށް މުސްތަގުބަލަށް ވިސްނުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުމަރު ނަސީރުވެސް އެހެން ފަރާތެއްވެސް ޖުމްހޫރީ ޕާޓީއަށް ވަދެވަޑައިގަންނަވާއިރު އެޕާޓީއާއި ގުޅިފައިވާ އިއްތިހާދުތަކުން ކުރާ މަސައްކަތަކަށް ހީނަރުކަމެއް އަތުވެދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ސަމީރު ވިދާޅުވިއެވެ.

"އެއްވެސް ބަދަލެއް އަތުވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން އުންމީދު ކުރަންވާނީ ކޮންމެ ބޭފުޅަކު ވެސް އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާނީ އަޅުގަނޑުމެންނާ އެކު ކުރިއަށް ދިޔުމުގެ އުންމީދުގައޭ. މާޒީގެ ކަންކަން ހުންނަ ގޮތަށް ވުރެ ބޮޑަށް މުސްތަގުބަލަށް ކަންކަން ވިސްނާފައޭ އެންމެ ރަނގަޅަށޭ ކަންކަން ނިންމާނީ." ސަމީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާއި ގުޅެން ނިންމައި އުމަރު ވިދާޅުވެފައިވަނީ އޭނާ އެ ޕާޓީއާއި ގުޅެން ނިންމީ ރިޔާސީ އިންތިޚާބަށް އެޕާޓީއަށް އެހީތެރިވެދިނުމަށް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް ވާދަ ނުކުރައްވާނަމަ، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމެވިއިރު، މީގެ ކުރިންވެސް އުމަރު ވަނީ އެ ޕާޓީއާއިއެކު މަސައްކަތް ކުރައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޢަބްދުﷲ ޔާމިން އާއި ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގަތުމުން އުމަރު ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއާއި އެކު ޤާސިމް އިބްރާހިމް އިންތިޚާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް