Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރުގެ މައްސަލަ

ގަތަރުގެ އަމީރު ޖީސީސީ ސަމިޓަށް ވަޑައިގަންނަވާނެ

4 ޑިސެމްބަރު 2017 | ހޯމަ 05:09

ސަމިޓް ބާއްވާ ދުވަސް ދިމާވަނީ ސައުދީއިން ގަތަރާ ގުޅުންކަނޑާލިތާ ހަ މަސް ފުރޭ ދުވަހާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 ޑިސެމްބަރު 2017 | ހޯމަ 05:09
ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ

ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ

ކުވެއިތުގައި ބާއްވާ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ މައި ސަމިޓުގައި ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޤަތަރުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ އާދީއްތަ ދުވަހު ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ކުވެއިތުގެ ވެރިރަށް ކުވައިތު ސިޓީގައި ބާއްވާ ސަމިޓަށް ޤަތަރުގެ ލީޑަރަށް ދައުވަތު ފޮނުއްވާފައިވާކަމަށެވެ.

މި ފަހަރުގެ ސަމިޓް މި ބޭއްވެނީ ސައުދީ އަރަބިއްޔާއާއި، ޔޫއޭއީއާއި މިސްރުން ޤަތަރާއި ގުޅުންކަނޑާލައި އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އެޅިތާ ހަ މަސް ފުރޭ ދުވަހުއެވެ.

"އަޅުގަނޑު މާދަން ބައިވެރިވާނަން މިނިސްޓީރިއަލް ކައުންސިލްގައި، އަދި އަމީރް ވަޑައިގަންނަވާނެ ސަމިޓަށް" ވެރިރަށް ދޯހާގައި ބޭއްވި ފޯރަމެއްގައި ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ މީޑިއާތަކަށް ވިދާޅުވެފައިވެއެވެ.

" ޖީސީސީގެ ނިޒާމް ދިރިއޮތުމަކީ މުހިއްމުކަމެއް"

ކުވެއިތުން މިދިޔަ ހަފްތާގައިވަނީ ޖީސީސީގައި ހިމެނޭ ހަ ގައުމަށް ސަމިޓްގައި ބައިވެރިވުމުގެ ދައުވަތު ފޮނުވާފައެވެ. ނަމަވެސް ހުރިހާ ގައުމެއްގެ ލީޑަރުން ބައިވެރިވެރިވެ ވަޑައިގަންނަވާނެކަން ސާފެއް ނުވެއެވެ.

ޖީސީސީއަކީ އެރޭބިއަން ޕެނިންސިއުލާގައި، ބަހްރެއިނާއި، ކުވެއިތާއި، އޮމާނާއި، ގަތަރާއި، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭގޮތުން އުފައްދާފައިވާ ސިޔާސީ އަދި އިގްތިސާދީ އިއްތިހާދެކެވެ.

ސައުދީ އަރަބިއްޔާއާއި ޔޫއޭއީއާއި ބަހުރެއިނާ މިސްރުން، ޖޫންމަހުގެ 5ވަނަ ދުވަހު ގަތަރާ ގުޅުންކަނޑާލައި، ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ގުޅިގެން ސަމިޓް ބާއްވަފާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

އެ ތިން ގައުމުންވަނީ ޤަތަރުން ޓެރެރިޒަމަށް ފަންޑުކުރާކަމަށް ތުހުމަތުކޮށްފައެވެ. ގަތަރުން ދަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

ކުވެއިތުންވަނީ މައްސަލައަށް ހައްލެއް ހޯދުމަށް މައްސަލަ ފެށުނު ވަގުތުން ފެށިގެން މެދުވެރިއެއްގެ ދައުރު އަދާކުރަން ފަށާފައެވެ.

ޤަތަރުން ބައިވެރިވާނަމަ ސަމިޓް ބޮއިކޮޓްކުރާނެކަމަށް ބަހްރެއިނުން މިދިޔަމަހުވަނީ އިންޒާރު ދީފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޖޫން 2017

ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި

11 ޖޫން 2017
ގަތަރުގެ މައްސަލަ ހައްލު ކުރަން ވާހަކަ ދައްކަން ރަޝިއާ، އެމެރިކާ ގޮވާލައިފި
08 ޖޫން 2017

މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު

08 ޖޫން 2017
މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު
08 ޖޫން 2017

ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

08 ޖޫން 2017
ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ
08 ޖޫން 2017

ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި

08 ޖޫން 2017
ގަތަރުގެ މައްސަލަ: ކުވެއިތުގެ އަމީރު ގަތަރަށް ވަޑައިގެންފި
07 ޖޫން 2017

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް
07 ޖޫން 2017

ގަތަރުގެ މައްސަލަ ހޫނުކުރީ ރަޝިއާ ހެކަރުން ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި

07 ޖޫން 2017
ގަތަރުގެ މައްސަލަ ހޫނުކުރީ ރަޝިއާ ހެކަރުން ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި
06 ޖޫން 2017

ގަތަރުގެ މައްސަލަ: ގަތަރުން މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެފި

06 ޖޫން 2017
ގަތަރުގެ މައްސަލަ: ގަތަރުން މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެފި
14 މެއި 2017

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް