Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ރިޔާސީ އިންތިހާބުގެ ނަތީޖާއިން ޖުއްލާބުކާން ޖެހޭ ބައެއް ވަރަށް ސާފުވާނެ: ރޮޒައިނާ

20 ނޮވެމްބަރު 2017 | ހޯމަ 18:06

ގާނޫނު އަސާސީއަށް މުއައްސަސާތަކުގެ ވެރިން ފުރަތަމަ ބޯލަނބަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 20 ނޮވެމްބަރު 2017 | ހޯމަ 18:06
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ޖުއްލާބު ކާންޖެހެނީ ކޮން ބައެއް ކަން ވަރަށް ރަގަޅަށް ރައީސް ޔާމީނަށް ސާފުވެލައްވާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރަމުގައި ވާހަކަދައްކަވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީން އެންމެ ބާރަށް ވިދާޅުވާ އަޑު އިވެނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރައްވާ ވާހަކަ ކަމުގައިވީ ނަމަވެސް މިފާއިތުވެ ދިޔަ އަހަރުތަކުގައި ދައުލަތުގެ ބަޖެޓް ވެސް ކަނޑައަޅާފައިވާ ތާރީހަށް ހުށަހެޅިފައިނުވާ ކަމަށެެވެ.

Advertisement - newsAdvertisement

ރޮޒައިނާ ވިދާޅުވީ، ބަޖެޓަށް ވޯޓު ނުދެއްވައި މެންބަރުގެ ދާއިރާތަކުގެ ތަރައްގީގެ މަސައްކަތްތައް ނުކުރެވޭނެ ކަމަށް، ބަޖެޓު ކޮމިޓީއަށް ވަޑައިގެން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެ ބިރު ދެއްކި ނަމަވެސް މެންބަރުން ބަޖެޓަށް ވޯޓު ދެއްވަން ނުޖެހޭނެ ކަމަށެވެ. ބަޖެޓުގެ ތެރެއިން ސަރުކާރުން ހިތަށް އެރި ގޮތެއް ފާސްކުރަމުންދާ އިރު އުސޫލުތަކުގެ ބޭރުން ކަންކަން ކުރައްވާ ނަމަ މެންބަރުން ވޯޓު ދޭން ނުޖެހޭނެ ކަަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ދައުލަތުގެ މާލީ އިދާރާ، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތައް ތަކުރާރުކުރައްވައި ރޮޒައިނާ ވިދާޅުވީ، ޓެކްސްގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި އިންކަމް ޓެކްސް ވެސް ނެގުން މުހިއްމު ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރުމަށް ވެސް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ، އެއްލައްކަ ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ އިރު މި ރާއްޖޭގައި އަލަށް ވަޒީފާ ބޭނުންވާ އެއްލައްކަ މީހުން ނުވެސް ތިބޭނެ ކަމަށެވެ. އެހެން ކަމުން އެއް ލައްކަ ވަޒީފާއަކީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުތަކާއި އުސޫލުތައް އޮންނަ ގޮތް ވެރިންނަށް ތިބޭ މީހުންނަށް ނޭނގެނީތޯ. ދިވެހި ރައްޔިތުން ގާނޫނުތަކާއި އެއްގޮތަށް އުޅުމުގެ ކުރިން، ރައީސް ޔާމީން ވެއްޖެއެއް ނޫންތޯ ރައީސް ޔާމީން އެކި މުއައްސަސާތަކުގެ ވެރިންނަށް ކަނޑައަޅާފައިވާ މީހުންނަށް ގާނޫނާ އެއްގޮތަށް އުޅެން ދަސްކޮށްދެން،"

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ގަދަބާރުން ޖަލްސާތަކަށް ގެންދަވާ އިރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލިބުނު މިންވަރަށް ރައީސް ޔާމީނަށް އަންނަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ނުލިބޭނެ ކަމަށް ޒޮރައިނާ ވިދާޅުވި އެވެ.

"މާލޭ އާއި އަތޮޅު ތެރޭގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭނީ އެއް ހަމައަކުން. ހުރިހާ ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ގޮތަކަށް. ރައީސް ޔާމީނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަމިއްލައަށް ތި ކުރައްވާ ކަންކަމުގައި އަމިއްލައަށް އޮޅިވަޑައިގެން ނޫޅުއްވާށޭ. ހުޅުމާލޭގައި މަނިކުފާނު ޖަލްސާއެއް ބާއްވާފައި، ސަރުކާރަށް ނިސްބަތްވާ ހުރިހާ ކުންފުނިތަކެއްގެ މީހުން ގަދަަކަމުން އެތަނަށް ގެންގޮސްފައި އަމިއްލައަށް ތިމަންނައަށް ބޮޑު މަންޒަރެއް ފެނިގެން، ވޯޓުތަކެއް ލިބެނިއްޔޭ ހީކުރައްވައިގެން ނޫޅުއްވާ. އަޅުގަނޑަށް އެނގޭ 2013 ވަނަ އަހަރު ރައީސް ވަހީދު ކެމްޕެއިނަށް ނުކުމެވަޑައިގަތުމުންވެސް ރަށްރަށުންވެސް ރައްޔިތުން ނުކުމެވަޑައިގެންނެވި. ހާދަމީހުންނެއް އޭރު އޮތޭ. އެކަމަކު ނިމުނު އިރު ފަސް ޕަސެންޓް. ރައީސް ޔާމީނަށް ނުވާނެ އެވަރުވެސް. އޭރު ވެއްޖިއްޔާ މީހުން އެއްކުރީކީ ގަދަބާރުންނެއް ނޫން،" ރޮޒައިނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް