Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނީޝިއާ

ކޮރަޕްޝަންގެ ތުހުމަތުގައި އިންޑޮނީޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ހައްޔަރުކޮށްފި

20 ނޮވެމްބަރު 2017 | ހޯމަ 08:21

ނޮވަންޓޯ ވަނީ އެންޓިކޮރަޕްޝަން އޮފިޝަލުންނަށް ޖަވާބުދާރީ ނުވާން 2 ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްވެވަޑައިގެންފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 20 ނޮވެމްބަރު 2017 | ހޯމަ 08:21
އިންޑޮނީޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ސެޓްޔާ ނޮވަންޓޯ ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު ހައްޔަރުކޮށްގެން ގެންދަނީ

އިންޑޮނީޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ސެޓްޔާ ނޮވަންޓޯ ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު ހައްޔަރުކޮށްގެން ގެންދަނީ

ދެހާސް އެގާރަވަނަ އަހަރު ހިންގެވި ކޮރަޕްޝަންގެ އަމަލުތަކެއްގެ ތުހުމަތުގައި އިންޑޮނީޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ސެޓްޔާ ނޮވަންޓޯ ހައްޔަރުކޮށްފިއެވެ. ނޮވަންޓޯ ހައްޔަރު ކޮށްފައިވަނީ އިންޑޮނީޝިއާގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ އިދާރާ، ކޮރަޕްޝަން އިރަޑިކޭޝަން ކޮމިޝަނުންނެވެ. އޭނާއާއި ސުވާލު ކުރުމަށް މިދިޔަ ހަފްތާގައި ވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެން ނަމަވެސް ނޮވާޓޯގެ ގެކޮޅަށް އެންޓިކޮރަޕްޝަން އޮފިޝަލުން ރެއިޑް ކުރި ވަގުތު އޭނާ ގެޔަކު ނޫޅުއްވައެވެ. އަދި ފަހުން އޮފިޝަލުންނަށް ނޮވާޓޯ ފެނުނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނޮވާޓޯ އެޑްމިޓް ކުރެވުނީ ކާރު އެކްސިޑެންޓަކާއި ގުޅިގެންނެވެ. އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ހޮސްޕިޓަލުގައި އެޑްމިޓްވީ އޮފިޝަލުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި، ފިއްލަވަން ވެގެންނެވެ. އެހެން ނަމަވެސް އާދިއްތަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު، އޭނާ ވަނީ ހައްޔަރު ކޮށްފައެވެ. އަދި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރަމުގެ ބާރު ކޮރަޕްޝަން އިރަޑިކޭޝަން ކޮމިޝަނަށް ލިބިފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައި ބެހެއްޓުމުގެ ހުއްދަ ކޮމިޝަނަށް ލިބިގެންވެއެވެ.

ނޮވަންޓޯއަކީ އިންޑޮނީޝީއާގެ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ގޮލްކާރް ޕާޓީގެ ލީޑަރެވެ. ކުރިން އިދިކޮޅުގައި އޮތް އެޕާޓީގެ ވެރިކަމާއި ނޮވަންޓޯ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޖޮކޯ ވިޑޯޑޯއަށް ތާޢީދު ކުރެއްވުމަށް ނިންމެވިއެވެ. އަދި 2019 ވަނަ އަހަރު ވިޑޯޑޯ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަމަ އެމަނިކުފާނަށް ތާޢީދު ކުރާނެކަމަށް ނޮވަންޓޯވަނީ ވިދާޅުވެފައެވެ.

ރައީސް ވިޑޯޑޯއަށް ނޮވަންޓޯ ތާޢީދު ކުރެއްވި ނަމަވެސް، ރައީސް ވިޑޯޑޯގެ މަދަދެއް މިމައްސަލައިގައި ނޮވަންޓޯއަށް ލިބިވަޑައިގަންނަވާނެ ކަމަށް ނުބެލެވެއެވެ. އަދި މިމައްސަލައިގައި ޤާނޫނީ ނިޒާމަށް ފުރިހަމަޔަށް ތަބާވުމަށް ވިޑޯޑޯވަނީ ނޮވަންޓޯއަށް ގޮވާލައްވާފައެވެ.

އާދިއްތަ ދުވަހުގޭ ދަންވަރު ނޮވަންޓޯ ހޮސްޕިޓަލުން ދޫކޮށްލުމުން ހައްޔަރުކުރިއިރު، މިއީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރި ދެވަނަ ފަހަރެވެ. އެގޮތުން ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހާއި ދެމެދުވެސް އެޑްމިޓްކުރެވުނު އިރު، އެއީ ނޮވަންޓޯގެ މައްޗަށް މިމައްސަލައިގައި ތުހުމަތުކުރެވުނު ފުރަތަމަ ފަހަރެވެ. ނޮވަންޓޯގެ މައްޗަށް ތުހުމަތުކުރެވެނީ 2011ވަނަ އަހަރު އިންޑޮނީޝިއާގައި އިލެކްޓްރޯނިކް އައިޑެންޓިޓީ ކާޑު ތަޢާރަފްކުރެވުނު އިރު، އެމަސައްކަތް ބަޔަކާއި ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގަވާފައިވާކަމަށް ތުހުމަތުކުރެވިގެންނެވެ. އިންޑޮނީޝިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިމައްސަލައިގައި 170 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން އިންޑޮނީޝިއާ ސަރުކާރަށް ލިބިފައިވާކަމަށް ބެލެވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި

20 އެޕްރީލު 2017
އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
02 އެޕްރީލު 2017

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

02 އެޕްރީލު 2017
ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް