Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރުގެ ޕާސްޕޯޓް

ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޖާބިރު ދައުވާ ކުރެއްވީ އިމިގްރޭޝަނާ ދެކޮޅަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 ނޮވެމްބަރު 2017 | ބުރާސްފަތި 07:45
މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، ޕާސްޕޯޓް ހިފަހެއްޓީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، ޕާސްޕޯޓް ހިފަހެއްޓީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލައިގައި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

ޕާސްޕޯޓް ކެންސަލް ކުރި މައްސަލައިގައި ޖާބިރު ދައުވާކުރެއްވީ މޯލްޑިވްސް އިމިގްރޭޝަނާއި ދެކޮޅަށެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ، ޖާބިރުގެ ފަރާތުން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް ކޯޓަށް ހާޒިރުނުވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރެއްވި ޖާބިރުގެ ޕާސްޕޯޓް ހިފަހެއްޓިކަން އޭނާއަށް އެނގިވަޑައިގަތީ އިޓަލީގައި ހުންނެވުމަށް ފަހު އިނގިރޭސިވިލާތަށް އެތެރެވެވަޑައިގަންނަވަން އުޅުއްވަނިކޮށް ޖޫން މަހުގެ ތެރޭގައެވެ.

ޕާސްޕޯޓް ކެންސަލް ކޮށްފައި އޮތުމުން ލަންޑަންގެ ގެޓްވިކް އެއާޕޯޓުގައި ޖާބިރު ބަންދުކުރި އެވެ. ނަމަވެސް، ބަންދު ކުރިތާ 15 ގަޑިއިރު ފަހުން މިނިވަންވެ، އެގައުމަށް ޖާބިރު އެތެރެވެވަޑައިގެންނެވި އެވެ.

ޖާބިރު ވިދާޅުވެފައިވާ ގޮތުގައި ލަންޑަނަށް ވަޑައިގަތުމަށް އިޓަލީއިން ފުރާވަޑައިގެންނެވިއިރު ވެސް ޕާސްޕޯޓް ކެންސަލް ކޮށްފައި ނުވެ އެވެ. ނަމަވެސް ދެ ގަޑިއިރެއްހާއިރުގެ ދަތުރަކަށް ފަހު ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ވަޑައިގެންނެވިއިރު، ޑިޕްލޮމެޓިކް ޕާސްޕޯޓާއި، އޯޑިނަރީ ޕާސްޕޯޓްވެސް ކެންސަލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ.

މިނިވަން ވެވަޑައިގަތުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ޖާބިރު ވިދާޅުވީ، ވަގުތުކޮޅަކަށް އޭނާ އެކަހެރިކޮށް، "ނުކިއްސަރު" ފިޔަވަޅެއް އަޅުއްވަން ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ފެއިލްވެފައިވާ ކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރީ، އޭނާގެ މައްސަލައެއް ތަހުގީގު ކުރަމުންދާތީވެ، ޕާސްޕޯޓް ކެންސަލް ކޮށް ދިނުމަށް ފުލުހުން އެދުމުންނެވެ.

އެހެން ނަމަވެސް، ތަހުގީގު ކުރަމުންދަނީ ޖާބިރުއާ ގުޅޭ ކޮން މައްސަލައެއް ކަމެއް ފުލުހުންނާއި އިމިގްރޭޝަނުން ވެސް ހާމައެއް ނުކުރެ އެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އޭޕްރީލު މަހުގެ 27 ވަނަ ދުވަހު ފުލުހުން ވަނީ ޖާބިރު ހޯދުމަށްޓަކައި، މާލޭގައި ހުންނަ އޭނާގެ ގެއަށް ގޮސްފައެވެ. ޖާބިރު ހޯދަން ފުލުހުން ދިޔައިރު، އޭނާ އުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ. ރާއްޖެއިން ބޭރުގައި އޭނާ އުޅުއްވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު