Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޕޯޓޯ މޮޅުވިއިރު މޮނާކޯ އެއްވަރުވެއްޖެ

2 ނޮވެމްބަރު 2017 | ބުރާސްފަތި 12:25

ބެސިކްޓާސްއާ ދެކޮޅަށް މޮނާކޯ ކުޅުނު މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 ނޮވެމްބަރު 2017 | ބުރާސްފަތި 12:25
އެފްސީ ޕޯޓޯގެ ކުޅުންތެރިން ލީޕްޒީގެ ކޮޅަށް ލަނޑު ޖެހުމަށް ފަހު

އެފްސީ ޕޯޓޯގެ ކުޅުންތެރިން ލީޕްޒީގެ ކޮޅަށް ލަނޑު ޖެހުމަށް ފަހު

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެފްސީ ޕޯޓޯ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރިއިރު މޮނާކޯ އެއްވަރުވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'ޖީ' ގައި ރަށުން ބޭރުގައި ބެސިކްޓާސްއާ ދެކޮޅަށް މޮނާކޯ ކުޅުނު މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާ އަކުންނެވެ. މި ދެ ޓީމު މޮނާކޯގެ ދަނޑުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ ބެސިކްޓާސްއެވެ. ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ މޮނާކޯ އިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ރޮނީ ލޮޕޭޒްއެވެ. އެހެނަސް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ސެންކް ޓޯސަން ވަނީ ބެސިކްޓާސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯ ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން މި ސީޒަނުގައި އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރަ ޖަރުމަނުގެ އާރްބީ ލީޕްޒީގް ބަލިކޮށްފައެވެ. މި ދެ ޓީމު މިދިޔަ މަހުގެ 17 ވަނަ ދުވަހު ލީޕްޒީގެގެ ދަނޑުގައި ކުޅުނު މެޗުން 3-2 އިން ޕޯޓޯ ވަނީ ބަލިވެފައެވެ. އެހެނަސް އެ ޓީމުން ވަނީ ބުދަ ދުވަހުގެ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

އެގޮތުން ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ހެކްޓާ ހެރޭރާ އެ ޓީމަށް ލީޑު ނަގައިދިން އިރު ލީޕްޒީގެގެ ޓީމޯ ވާނާ ވަނީ 48 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލީޕްޒީގްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި އެލެކްސް ޓެޔޭސް ތަނަވަސް ކޮށްދިން ފުރުސަތަކުން ޑެނީލޯ ޕެރެއިރާ ވަނީ ލަނޑެއް ޖަހާ އަލުން އަނބުރާ ޕޯޓޯއަށް ލީޑު ނަގައިދީފައެވެ. ޕޯޓޯގެ ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރ ވަގުތުގެ ތެރޭގައި ވިންސެންޓް އަބޫބަކުރު ތަނަވަސް ކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ މެކްސިމިލިއާނޯ ޕެރެއިރާއެވެ.

މި ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ބެސިކްޓާސްއެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު އެފްސީ ޕޯޓޯ އޮތްއިރު ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ އާރްބީ ލީޕްޒީގްއެވެ. މި ގްރޫޕުގެ އެންމެ ފުލުގައި ދެ ޕޮއިންޓާއެކު އޮތީ މިދިޔަ ސީޒަނުގެ ފްރާންސްގެ ޗެމްޕިއަން މޮނާކޯއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް