Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޗެލްސީ ބަލިކޮށް ރޯމާ އެއްވަނައަށް

1 ނޮވެމްބަރު 2017 | ބުދަ 08:12

އިޓަލީގެ އޭއެސް ރޯމާއިން ވަނީ 3-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 ނޮވެމްބަރު 2017 | ބުދަ 08:12
ސްޓެފަން އެލް ޝަރަވީ - އޭނާ ވަނީ ރޯމާއިން ޗެލްސީ ބަލިކުރިއިރު ދެ ލަނޑު އެ ޓީމަށް ޖަހައިދީފައި

ސްޓެފަން އެލް ޝަރަވީ - އޭނާ ވަނީ ރޯމާއިން ޗެލްސީ ބަލިކުރިއިރު ދެ ލަނޑު އެ ޓީމަށް ޖަހައިދީފައި

ޔުއެފާ ޗެމްޕިއަނސް ލީގުގައި ޗެލްސީ ބަލިކޮށް ރޯމާ ގްރޫޕުގެ އެއްވަނައަށް ޖެހިލިއިރު އެޓްލެޓިކޯ މެޑްރިޑް އެއްވަރުވެ ޔުއެފާ ޔުރޯޕާ ލީގަށް ވެއްޓިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "ސީ"ގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ އޭއެސް ރޯމާއިން ވަނީ 3-0 ގެ ނަތީޖާއަކުން މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ ބަލިކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވެސް މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެން ދިޔަ މި މެޗުގައި ޗެލްސީއަށް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައި ނުވާއިރު ރޯމާއިން ވަނީ އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ފުރިހަމަ ބޭނުން ހިފާފައެވެ.

ރޯމާގެ ފުރަތަމަ ލަނޑު މެޗު ފެށިގެން 40 ސިކުންތު ނުވަނީސް އެޑިން ޒެކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަަށް ޖަހައިދިނީ އިޓަލީގެ ފޯވާޑް ސްޓެފަން އެލް ޝާރަވީއެވެ. މި ލަނޑަށް ފަހު ޗެލްސީން މެޗުގެ ތެރެއަށް ވަދެ ހަމަލާ އުފައްދަން މަސައްކަތް ކޮށްފައިވެއެވެ. އެހެނަސް ޗެލްސީގެ ކުޅުން ރަނގަޅު ކޮށްފައި ވަނިކޮށް އެ ޓީމުގެ ޑިފެންޑާ އެންޓޯނިއޯ ރޫޑިގާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޝާރަވީ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި ރޯމާގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

ފުރަތަމަ ހާފު 2-0 ގެ ނަތީޖާއަކުން ޗެލްސީގެ މައްޗަށް ރޯމާ ކުރީގައި އޮވެގެން ނިމުނުއިރު މި ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން 57 މިނެޓުގައި މޮރާޓާއަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތު ބޭކާރު ވެގެން ދިޔައިރު އޭގެ ހަ މިނެޓު ފަހުން ރޯމާއިން ވަނީ ލަނޑެއް ޖަހާ މި މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ. މި ލަނޑަކީ ޗެލްސީގެ މިޑްފީލްޑުން ގެއްލުވާލި ބޯޅައެއް ކައުންޓާ އެޓޭކަކަށް ބަދަލުކޮށްލައިގެން ރޯމާއިން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު ރޯމާއަށް ޖަހައިދިނީ އެ ޓީމުގެ ވިންގާރ ޑިއޭގޯ ޕެރޯޓީއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑާއި އަޒެރްބައިޖާންގެ ޗެމްޕިއަން ގަރްބާގް ބައްދަލުކުރި މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ. އެޓްލެޓިކޯގެ އާ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާ އަކުންނެވެ. އެޓްލެޓިކޯގެ ފަރާތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި މި މެޗުގައި އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެން ގޮސްފައިވަނީ ގަރްބާގްގެ ކީޕަރު އިބްރާހިމް ސެހިޗްއެވެ. އެގޮތުން އޭނާ ވަނީ މި މެޗުގައި 9 ސޭވްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެހެނަސް ގަރްބާގްއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މިޑްފީލްޑާ މިޝެލްއެވެ. ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ގްރީޒްމަން ތަނަވަސްކޮށްދިން ބޯޅައަކުން ތޯމަސް ޕާޓޭ ވަނީ ލަނޑެއް ޖަހައި އެޓްލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ހާފުގައި ގިނަ ކާޑުތަކެއް ފެނިގެންދިޔައިރު 59 ވަނަ މިނެޓުގައި ގަރްބާގްގެ މިޑްފީލްޑާ ޕެޑްރޯ ހެންރިކޭއަށް ސީދާ ރަތް ކާޑު ދެއްކިއިރު 88 ވަނަ މިނެޓުގައި އެޓްލެޓިކޯގެ ޑިފެންޑާ ސްޓެފަން ސެވިޗްއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މި ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު އެއްވަނައިގައި އަށް ޕޮއިންޓާއެކު އޮތީ ރޯމާއެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. އަދި ޕޮއިންޓް ތާވަލުގެ ފުލުގައި ދެ ޕޮއިންޓާއެކު އޮތީ ގަރްބާގްއެވެ. ގަރްބާގްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމާ ވިދިގެން އެޓްލެޓިކޯ ދެވަނަ ބުރަށް ކޮލިފައި ވުމަށް ކުރަމުން އައި މަސައްކަތަށް އިތުރު ހުރަސްތަކަކާ ވަނީ ކުރިމަތިވެފައެވެ. އެގޮތުން ބެލެވޭ ގޮތުގައި ގްރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި އެ ޓީމު ވާދަކުރާނީ ޔުއެފާ އިޔުރޯޕާ ލީގުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް