Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޕީއެސްޖީ އާއި ބަޔާން ވެސް ދެވަނަ ބުރަށް

1 ނޮވެމްބަރު 2017 | ބުދަ 02:42

ޕީއެސްޖީ ވަނީ 5-0 އިން އަންޑަލެކްޓް ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 ނޮވެމްބަރު 2017 | ބުދަ 02:42
ޕީއެސްޖީ އާއި އަންޑަލެކްޓް ބައްދަލުކުރި މެޗުގެ ތެރެއިން

ޕީއެސްޖީ އާއި އަންޑަލެކްޓް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ޕީއެސްޖީ އާއި ބަޔާން މިއުނިކް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "ބީ" ގައި އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ އަންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޕީއެސްޖީން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ހަމައެހެންމެ ޕީއެސްޖީއިން ވަނީ އަންޑަލެކްޓަށް ހަމަލާ އުފެއްދުނަ ނުދީ އެ ޓީމުގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭގެ އެހީތެރި ކަމާއެކު އެ ޓީމަށް ޖަހައިދިނީ އިތުބާރު މިޑްފީލްޑާ މާކޯ ވެރާޓީއެވެ. ޕީއެސްޖީން ވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. ހިތްގައިމު ގޯލަކާއެކު އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދިނީ ދުނިޔޭގެ ރެކޯޑު ފީއަކަށް އެ ޓީމާ ގުޅުނު ފޯވާޑް ނޭމާއެވެ. ފުރަތަމަ ހާފު ނިމިފައި ވަނީ 2-0 ގެ ނަތީޖާއަކުން އަންޑަލެކްޓްގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ޕީއެސްޖީން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ޑިފެންޑާ ލޭވިން ކުރްޒަވާ ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. ކުރްޒަވާގެ ދެވަނަ ލަނޑު އޭނާ ޕީއެސްޖީއަށް ޖަހައިދިނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމުގެ ޒުވާން މިޑްފީލްޑާ ޖިއޮވާނީ ލޮކެލްސޯ ނަގައިދިން ހުރަހެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑު ޖެހިތާ ހަ މިނެޓު ތެރޭ ކުރްޒަވާ ވަނީ އެންހެލް ޑިމަރިއާގެ އެހީތެރި ކަމާއެކު ލަނޑެއް އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން ވަނީ ރަށުން ބޭރުގައި ސްކޮޓްލޭންޑުގެ ޗެމްޕިއަން ސެލްޓިކް 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބަޔާން އިންނެވެ. އެގޮތުން ސްވެން އުލްރެއިޗްގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ފްރާންސްގެ ޒުވާން ވިންގާރ ކިންގްސްލީ ކޯމަންއެވެ.

ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ބާޔާން ކުރީގައި އޮވެގެން ނިމިނުއިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ޖޭމްސް ފޮރެސްޓްގެ އެހީތެރި ކަމާއެކު ކެލަމް މެކްގްރެގޯ ވަނީ ސެލްޓިކްއަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ސެލްޓިކް އިން ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓުގެ ތެރޭގައި ޑޭވިޑް އަލަބާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަވީ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އަލުން އަނބުރާ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ.

މި ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު އެއްވަނައިގައި ބާރަ ޕޮއިންޓާއެކު އޮތީ ޕީއެސްޖީއެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު ބަޔާން އޮތްއިރު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ސެލްޓިކްއެވެ. އަދި މި ގްރޫޕުގެ ފުލުގައި ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ އޮތީ އެންޑަލެކްޓްއެވެ. މި ގްރޫޕުން ޕީއެސްޖީއާ ބަޔާން ވަނީ ރައުންޑް އޮފް 16ގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް