Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ކޮމެޓީ

ކަމާބެހޭ އިދާރާތަކުން ކޮމެޓީއަށް ޖަވާބުދާރީ ނުވާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި

30 އޮކްޓޯބަރު 2017 | ހޯމަ 11:15

އައްޑޫ ރައްޔިތުންނަށް ދުވަހުން ދުވަހަށް ލިބެންޖެހޭ ހިދުމަތް ނުލިބުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 އޮކްޓޯބަރު 2017 | ހޯމަ 11:15
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ހޯދުމަށް އެދުމުން އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ފޮރުކޮށް ނުދޭ މައްސަލަ ފެންމަތިވަމުންދާތީ އެކަމާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެކޮމެޓީން ވަނީ އެކޮމެޓީއަށް ހުށަހެޅިފައިވާ ހަ މައްސަލައަކާގުޅިގެން މަޝްވަރާކުރައްވާފަ އެވެ. އެ މައްސަލަތަކާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވީނަމަވެސް އެ މައުލޫމާތުތައް ލިބިފައި ނުވާތީ ކޮމެޓީގެ މެމްބަރުންކަމަށްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމެޓީތަކުން މައުލޫމާތު ހޯދުމަށް ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހޯދުމަށް ހުށަހެޅުމުން ފުރިހަމަ މައުލޫމާތު ނުލިބޭ މައްސަލައަކީ މިހާރު ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީން މައުލޫމާތު ހޯދުމަށް އެދުމުން މައުލޫމާތު ފޯރުކޮށް ނުދޭ އިދާރާތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ރޮޒައިނާ ވަނީ ގޮވާލައްވާފަ އެވެ.

Advertisement - newsAdvertisement

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ހޯމަ ދުވަހު ބާއްވާ ކޮމެޓީގެ ބައްދަލުވުމުގައި, ތ. އަތޮޅުގައި އެމްޓީސީސީން ދެމުން އަންނަ ފެރީގެ ހިދްމަތާ ގުޅޭ މައްސަލާގައި ތ. އަތޮޅު ކައުންސިލަށް ފޮނުވި ސިޓީއަށް މިހާތަނަށް ޖަވާބެއް ލިބިފައިނުވާތީ އާއި އެމައްސަލައަކީ ރައްޔިތުންނާ ގުޅުންހުރި މައްސަލައަކަށްވާތީ އަލުން ސިޓީ ފޮނުވައިގެން އެމައްސަލައިގެ ތަފްސީލް ހޯދުމަށް ވަނީ ނިންމާފަ އެވެ.

ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ނުވާ މައްސަލަ ފެންމަތިވެ، މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ އއ. ފެރިދޫ، އައްސޭރި މުހައްމަދު ރަޝީދު ބަލަހައްޓަމުންދާ ބިމެއް އެރަށު ކައުންސިލުން ކުއްޔަށް ދިނުމާ ގުޅޭ މައްސަލައާ ގުޅިގެން ވެސް އެރަށު ކައުންސިލަށް ފޮނުވި ސިޓީއަށް ޖަވާބެއް މިއަދާ ހަމައަށް ލިބިފައިނުވާތީ އެވެ. ނަމަވެސް މި މައްސަލާގައި ނިންމާފައި ވަނީ ފެރިދޫ ކައުންސިލުން އެ ބިން ކުއްޔަށް ދިނުމުގައި މައްސަލައެއް އޮތް ކަމަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އެމައްސަލަ ވަނީ ނިންމާ ފައިލް ކޮށްފަ އެވެ.

ށ. ފޯކައިދޫ ބަނދަރުގެ މައްސަލާގައި ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ 2016 އަދި 2017 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އެ ބަނދަރުގެ މަޝްރޫއު ހިމެނިފައިނުވާތީ އެމައްސައްކަތް ނުފަށާކަމަށް ހައުސިންގ މިނިސްޓްރީ ބުނެފައިވާ ކަމަށެވެ. އަދި ސަރުކާރުން ބަނދަރުތައް ހަދަމުންދާ ތަރުތީބަށްބަލާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ފޯކައިދޫ ބަނދަރުގެ މަޝްރޫއު ހިމެނޭކަން ނުވަތަ ނޫންކަން މިހާތަނަށް އެނގިފައިނުވާކަމަށް ރިޔާޒު ވިދާޅުވި އެވެ.

ނޮވެމްބަރު 18، 2015 ގައި ހދ. ކުޅުދުއްފުށި ނިކަމާގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުމުގެ ބަދަލު ދީފައިނުވާތީ ހުށަހަޅުއްވާފައިވާ މައްސަލާ ގުޅިގެން ރިޔާޒު ރަޝީދު ވިދާޅު މިކަމުގެ މައުލޫމާތު އޮޅުން ފިލުވުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށާއި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ލިޔުމުން އެންގެވުމުން އެ ދެ މުއައްސަސާއިން ވަނީ މައުލޫމާތުދީފަ ކަމަށެވެ. ނަމަވެސް މިމައްސަލަ ފުލުހުން އަދިވެސް ތަހުގީގު ކުރަމުންދާތީ އެމައްސަލަ އިހަށް ބޭއްވުމަށް ކޮމެޓީގެ މުގައްރިރު ވަނީ ނިންމާފަ އެވެ.

މާލެއާއި ހުޅުލެއާ ދެމެދު ފެރީ ހިދްމަތްދޭ ފަރާތްތަކުން ފޮނުވާފައިވާ ޖީއެސްޓީ ނެގުމާ ގުޅޭ މައްސަލައާ ގުޅިގެން ރިޔާޒު ވިދާޅުވީ ފެރީގެ ހިދްމަތްދޭ ފަރާތްކާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވަނީ 10ރ އަށް ވިއްކާ ޓިކެޓުގެ އަގުން ޖީއެސްޓީ ދައްކާގޮތަށް ކަމަށެވެ. އަދި އެމައްސަލައަކީ އެ ދެ ފަރާތުން ވާހަކަދައްކައިގެން ހައްލުކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެ މިމައްސަލަވެސް ކޮމެޓީން ވަނީ ނިންމާ ފައިލްކޮށްފަ އެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ބޭނުންވާ ހިދްމަތްތައް ލިބުމުގައި ކުރިމަތި ވަމުންދާ ދަތިތަކާ ގުޅޭ މައްސަލައާ ގުޅިގެން ރިޔާޒު ވިދާޅުވީ އެމައްސަލައަށް މެމްބަރުން މަޝްވަރާ ކޮށްލުމަށް ވަގުތު ބޭނުންވާނެ ކަމަށް ބެލެވޭތީ ދެން ބޭއްވޭ ކޮމެޓީގެ ބައްދަލުވުމަށް އެމައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

20 މާރިޗު 2017

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
12 މާރިޗު 2017

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

12 މާރިޗު 2017
ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް