Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސިޓީ، ޗެލްސީ، ލިވަޕޫލް އަދި އާސެނަލް މޮޅުވެ މަގާމު ދަމަހައްޓައިފި

ޗެލްސީ ވަނީ 19 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައި ހަމަޖެހިލާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2017 | އާދީއްތަ 14:27
ސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ، ޗެލްސީ، ލިވަޕޫލް އަދި އާސެނަލް މޮޅުވެ އެޓީމުތަކުގެ މަގާމު ޕޮއިންޓް ތާވަލުގައި ދަމަހައްޓައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ވެސްޓްބްރޮމްވިޗް އަލްބިއޮންއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

ވެސްޓްބްރޮމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މި ލަނޑު 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލީރޯއި ސާނޭއެވެ. އެހެން ނަމަވެސް އޭގެ ތިން މިނެޓުފަހުން ރޮޑްރިގޭޒް ވަނީ ވެސްޓްބްރޮމް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ވެސްޓްބްރޮމް އިން ނަތީޖާ ހަމަހަމަކުރިތާ ދެ މިނެޓު ފަހުން ފެނާންޑީނިއޯ ވަނީ ލަނޑެއް ކާމިޔާބުކޮށް، ސިޓީއަށް އަނބުރާ ލީޑު ހޯދައިދީފައެވެ. މި ލަނޑަށްފަހު ސީޓީން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ވެސްޓްބްރޮމްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާ ފޮނުވާލާފައެވެ.

ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ވެސްޓްބްރޮމްގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށް ވެސް އެޓީމުންދިޔައީ ފުރުސަތު ހޯދަމުންނެވެ. ސިޓީއަށް ލީޑު ފުޅާކޮށްދިނީ 64 ވަނަ މިނެޓުގައި ރަހީމް ސްޓާލިންއެވެ.

މި ލަނޑުތަކާއެކު މެޗު ނިމެންދަނިކޮށް، އިތުރުވަގުތުގައި ވެސްޓްބްރޮމް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ފިލިޕްސްއެވެ. މި ނަތީޖާއާއެކު ސިޓީ ވަނީ ކުޅުނު 10 މެޗުން 28 ޕޮއިންޓް ހަމަކޮށްފައެވެ. މެޗުން ބަލިވި ވެސްޓްބްރޮމް އޮތީ ކުޅުނު 10 މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ އޭއެފްސީ ބޯންމައުތްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ބޯންމައުތް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ބޯންމައުތް އިން ވަނީ ވަރުގަދަ ޑިފެންސެއްކޮށް، ޗެލްސީ ހިފެހެއްޓުމަށް ގިނަ މަސައްކަތެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީން ވަނީ ކުރިޔަށް ގިނަ ބޯޅަތަކެއްލާ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ 51 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްއެވެ.

މި ލަނޑަށްފަހުވެސް ޗެލްސީއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން ބޯންމައުތްއަށްވެސް ވަނީ ދެވަނަ ހާފްގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޗެލްސީ ވަނީ ކުޅުނު 10 މެޗުން 19 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައި ހަމަޖެހިލާފައެވެ. މެޗުން ބަލިވި ބޯންމައުތް އޮތީ ކުޅުނު 10 މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ހަޑަސްފިލްޑް ޓައުންއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލްއަށް ލަނޑު ޖެހުމަށް ހުރަސްތަކާ ކުރިމަތިވިއެވެ. އެގޮތުން ހަޑަސްފިލްޑުން ވަނީ ފުރަތަމަ ހާފްގައި މޮޅު ޑިފެންސެއްކޮށް ލިވަޕޫލް ހިފަހައްޓާފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން ލިވަޕޫލް އިން ވަނީ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 50 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ސްޓަރިޖްއެވެ.

މި ލަނޑަށްފަހު ވެސް ލިވަޕޫލް އިން ދިޔައީ ފުލުފުލުގައި ހަޑަސްފިލްޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ.

މެޗުގައި ލިވަޕޫލް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވައިނަލްޑަމްއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ވަނީ 10 މެޗުން 16 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމު އޮތީ ހަވަނައިގައެވެ. ހަޑަސްފިލްޑް އޮތީ 10 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ސްވަންސީ ސިޓީއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްވަންސީންނެވެ. މި ލަނޑު 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކްލޫކަސްއެވެ.

މި ލަނޑަށްފަހު ވެސް ސްވަންސީ އަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ސްވަންސީގެ އިތުރުން އާސެނަލްއަށްވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ސްވަންސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން 51 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮލަސިނަކްއެވެ.

މި ލަނޑަށްފަހުވެސް އާސެނަލް އިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ. އެގޮތުން 58 ވަނަ މިނެޓުގައި އާރޮން ރަމްސީ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ 10 މެޗުން 19 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ފަސްވަނައިގައި ހަމަޖެހިލާފައެވެ. މެޗުން ބަލިވި ސްވަންސީ އޮތީ 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު