Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ކޮލިފައިވުމާ ގާތަށް ޕީއެސްޖީ ޖެހިލިއިރު ބަޔާން ވެސް އުއްމީދު ދަމަހައްޓައިފި

19 އޮކްޓޯބަރު 2017 | ބުރާސްފަތި 09:40

އަންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 09:40
އެމްބާޕޭ އަދި ކަވާނީ -  މި ދެ ކުޅުންތެރިން ވެސް ވަނީ މި މެޗުގައި ލަނޑު ޖަހާފަ

އެމްބާޕޭ އަދި ކަވާނީ - މި ދެ ކުޅުންތެރިން ވެސް ވަނީ މި މެޗުގައި ލަނޑު ޖަހާފަ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗު ކާމިޔާބުކޮށް ޕީއެސްޖީއިން ދެވަނަ ބުރަށް ކޮލިފައި ވުމާއި ގާތަށް ޖެހިލިއިރު ބަޔާން ވެސް ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "ބީ" ގައި ރަށުން ބޭރުގައި ބެލްޖިއަމްގެ އަންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ގާތްގަނޑަކަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕީއެސްޖީއިން ވަނީ އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާފައެވެ. އެހެނަސް އަންޑަލެކްޓަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި މާކޯ ވެރާޓީދިން ޕާހަކުން އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއެވެ. ޕީއެސްޖީއިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފު ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށެވެ. މި ލަނޑަކީ އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކަވާނީ އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފު ނިމިފައިވަނީ ދެ ލަނޑު ސުން ލަނޑުން އެންޑަލެކްޓްގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ވެސް ޕީއެސްޖީއިން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ކަވާނީ ފޮނުވާލި ހަމަލާއެއް އަމާޒުވީ އަންޑަލެކްޓެގެ ގޯލުގެ ހުރަސް ދަނޑިއާއެވެ. އޭގެ ނުވަ މިނެޓު ފަހުން ޕީއެސްޖީއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. ޕީއެސްޖީއަށް އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާއެވެ. މި ލަނޑަކީ އޭނާ ހިލޭޖެހުމަކުން އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑެކެވެ. ޕީއެސްޖީއިން މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ކަވާނީ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެ ލަނޑަކީވެސް އޮފްސައިޑް ލަނޑެއް ކަމަށެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު 88 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އެންހެލް ޑިމަރިއާއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން ވަނީ އަމިއްލަ ދަނޑުގައި ސްކޮޓްލޭންޑުގެ ޗެމްޕިއަން ސެލްޓިކް ތިން ލަނޑު ސުން ލަނޑުން ބަލިކޮށްފައެވެ.

ބަޔާންގެ ކޯޗުކަމާއި އަލުން އަނބުރާ އެ ޓީމަށް 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ޖުޕް ހެއިންކޭސް ހަވާލުވި ފަހުން އެ ޓީމު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް ސެލްޓިކްގެ ގޯލު ހުޅުވާލަދިނީ 17 ވަނަ މިނެޓުގައި ތޯމަސް މުލާއެވެ. ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ޑިފެންޑާ ޖޯޝުއާ ކިމިޗްއެވެ.

ފުރަތަމަ ހާފު ދެ ލަނޑު ސުން ލަނޑުން ބަޔާން ކުރީގައި އޮވެގެން ނިމިގެން ދިޔައިރު އެ ޓީމުން ވަނީ ދެ ވަނަ ހާފުގައިވެސް ގިނަ ވަގުތު ސެލްޓިކްގެ ހާފުގައި ބޯޅަ ގެންގުޅެ ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން ބަޔާންގެ ތިން ވަނަ ލަނޑު ރޮބެން ނަގައިދިން ކޯނަރަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޓްސް ހުމެލްސްއެވެ.

މި ގްރޫޕުގެ ހުރިހާ ޓީމެއްވެސް ތިން މެޗު ކުޅެފައިވާއިރު އެއްވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ޕީއެސްޖީއެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ބަޔާން އޮތްއިރު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ސެލްޓިކްއެވެ. އަދި މި ގްރޫޕުގެ ފުލުގައި ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ އޮތީ އެންޑަލެކްޓްއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް