Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ބާސާ އާއި ޖުވެންޓަސް ވެސް މޮޅުވެއްޖެ

19 އޮކްޓޯބަރު 2017 | ބުރާސްފަތި 08:56

ބާސާ ވަނީ އޮލިމްޕިއާކޯސް 3-0 އަކުން ބަލިކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 08:56
ބާސާއާއި އޮލިމްޕިއާކޯސް ކުޅުނު މެޗުގެ ތެރެއިން މެސީ - މި މެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ ޔޫރަޕުގެ ފުޓްބޯޅައިގައި 100 ލަނޑު ހަމަކޮށްފަ

ބާސާއާއި އޮލިމްޕިއާކޯސް ކުޅުނު މެޗުގެ ތެރެއިން މެސީ - މި މެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ ޔޫރަޕުގެ ފުޓްބޯޅައިގައި 100 ލަނޑު ހަމަކޮށްފަ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ޖުވެންޓަސް ކުޅުނު މެޗުތަކުން އެ ދެ ޓީމުވެސް މޮޅު ވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ގްރީސްގެ އޮލިމްޕިއާކޯސް އާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ވަނީ އޮލިމްޕިއާކޯސްގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ

އެގޮތުން ބާސާއަށް މެޗުގެ ލީޑު ލިބުނީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ވިންގާރ ޖެރާޑް ޑެއުލޮފޫ ނަގައިދިން ހުރަހެއް އޮލިމްޕިއާކޯސް ގެ ޑިފެންޑާ ޑިމިޓްރިއޯސް ނިކޮލާއޫ އަތުން ބައިކޮޅަށް ވަނުމުންނެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕައުލީނިއޯ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. ޕައުލީނިއޯ އޮފްސައިޑް ލަނޑު ޖެހިތާ ތިން މިނެޓު ފަހުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އޮލިމްޕިއާކޯސްގެ ގޯލުގެ ހުރަސް ދަނޑިއާއެވެ.

އެހެނަސް ބާސާއަށް މެޗުގައި އިތުރު ހުރަސްތަކަކާ ކުރިމަތިވީ އެ ޓީމުގެ ޑިފެންޑާ ޖެރާޑް ޕީކޭ ގަސްތުގައި އަތުން ލަނޑުޖެހި ކަމުގެ ކުށުގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ފުރަތަމަ ހާފު ނިމިފައިވަނީ އެއް ލަނޑު ސުން ލަނޑުން އޮލިމްޕިއާކޯސްގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް 10 ކުޅުންތެރިންނާއެކު ނުކުތް ބާސާއިން ވަނީ މި ހާފުގައިވެސް އޮލިމްޕިއާކޯސްގެ އެޓޭކުތަށް ހުއްޓުވައި އެ ޓީމުގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައެވެ. 10 ކުޅުންތެރިންނާއެކު ކުޅުނު ނަމަވެސް ބާސާއިން ވަނީ މިހާފުގައި ވެސް ދެ ލަނޑު ޖަހާފައެވެ. އެގޮތުން އެ ޓީމުގެ ދެވަނަ ލަނޑު 61 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ ލިއޮނެލް މެސީއެވެ. ބާސާއިން ވަނީ އޭގެ ތިން މިނެޓު ފަހުން ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެސީގެ އެހީތެރިކަމާއެކު ލޫކަސް ޑިންޔޭއެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި އޮލިމްޕިއާކޯސްއަށް ސުން ކަނޑުވާލަދިނީ ވެސް ނިކޮލާއޫއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި އިޓަލީގެ ޖުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ދެ ލަނޑު އެއް ލަނޑުން ބަލިކޮށްފައެވެ. ޖުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެހެނަސް ސްޕޯޓިން ލިސްބަން އިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ލިބުނީ ޖުވެންޓަސްގެ ޑިފެންޑާ އެލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މި ލަނޑަށްފަހު ޖުވެންޓަސްގެ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތަށް އުފެއްދުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މިރާލެމް ޕިޔާނިޗް ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. މި ލަނޑަށް ފަހުވެސް ޖުވެންޓަސްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް ޖުވެންޓަސްއިން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ 84 ވަނަ މިނެޓުގައި ޑަގްލަސް ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާރިއޯ މަންޒުކިޗްއެވެ.

މި ގްރޫޕުގައި ހުރިހާ ޓީމެއްވެސް ތިން މެޗު ކުޅެފައިވާއިރު އެއްވަނައިގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށް ނުވަ ޕޮއިންޓާއެކު އޮތީ ބާސާއެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ޖުވެންޓަސް އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސްޕޯޓިން ލިސްބަންއެވެ. އަދި މި ގްރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ބާސާއަތުން ބަލިވި އޮލިމްޕިއާކޯސްއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް