Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ލިވަޕޫލް އާއި ސްޕާޓަކް މޮސްކޯއަށް ވެސް ތަފާތު ބޮޑު މޮޅެއް

18 އޮކްޓޯބަރު 2017 | ބުދަ 08:46

ސްލޮވޭނިއާގެ މަރިބޯއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލްއިން ކާމިޔާބު ކޮށްފައިވަނީ 7-0 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 އޮކްޓޯބަރު 2017 | ބުދަ 08:46
ލިވަޕޫލްްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: މި މޮޅަކީ މިހާތަނަށް ޔޫރަޕުގެ ކްލަބް ފުޓްބޯޅަ މުބާރާތެއްގައި ލިވަޕޫލް ހޯދި އެންމެ ބޮޑު މޮޅު

ލިވަޕޫލްްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: މި މޮޅަކީ މިހާތަނަށް ޔޫރަޕުގެ ކްލަބް ފުޓްބޯޅަ މުބާރާތެއްގައި ލިވަޕޫލް ހޯދި އެންމެ ބޮޑު މޮޅު

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އާއި ސްޕާޓަކް މޮސްކޯ ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އީ' ގައި ރަށުން ބޭރުގައި ސްލޮވޭނިއާގެ މަރިބޯއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލްއިން ކާމިޔާބު ކޮށްފައި ވަނީ 7-0 އިންނެވެ. މި މެޗުގައި ލިވަޕޫލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމަށް މަރިބޯގެ ގޯލު މެޗުގެ ހަތަރު ވަނަ މިނެޓުގައި ހުޅުވައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖޭމްސް މިލްނާގެ އެހީތެރި ކަމާއެކު އެ ޓީމަށް ޖަހައިދިނީ ފިލިޕޭ ކުޓީނިއޯއެވެ.

މި ލަނޑަށް ފަހު ވެސް ލިވަޕޫލްއިން ފުރުސަތުތައް ތަނަވަސް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ފިރްމީނޯ ދިން ހިތްގައިމު ޕާހަކުން 19 ވަނަ މިނެޓުގައި ސަލާހް ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނުމެވެ. ސަލާހް މެޗުގައި ޖެހި ދެ ވަނަ ލަނޑު އަލްބާޓޯ މޮރޭނޯގެ އެހީތެރި ކަމާއެކު އޭނާ ޖެހީ މެޗުގެ 40 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ލަނޑު ސުން ލަނޑުން މަރިބޯގެ މައްޗަށް ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ލިވަޕޫލްއިން ވަނީ މޮޅަށް ކުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން އެ ޓީމުގެ ފަސް ވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފިރްމީނޯއެވެ. ލިވަޕޫލްގެ ހަވަނަ ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު މިޑްފީލްޑާ އެލްކްސް އޮކްސަލޭޑް ޗެމްބަލިންއެވެ. އަދި މެޗުގެ 90 ވަނަ މިނިޓުގައި ޒުވާން ޑިފެންޑާ ޓްރެންޓް އެލްކެޒެންޑާ އާނޯލްޑް ވަނީ ލަނޑެއް ޖަހާ މެޗުން ލިވަޕޫލްއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ރަޝިއާގެ ސްޕާޓަކް މޮސްކޯއިން ވަނީ 5-1 އިން ސެވިއްޔާ ބަލިކޮށް އެ ޓީމު ހަމަ ބިމަށް ތިރިކޮށްފައެވެ. ފޯރިގަދަ ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސްޕާޓަކް މޮސްކޯއިންނެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ކުއިންސީ ޕްރޯމޭސްއެވެ. އެހެނަސް ސައިމޮން ކާޔާ ވަނީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ސެވިއްޔާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިފައި ވަނީ 1-1 އިން ދެ ޓީމު އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފުގައި ސްޕާޓަކްއަށް އަލުން އަނބުރާ މެޗުގެ ލީޑު ނަގައިދިނީ ލޯރެންޒް މެލްގަރޭޖޯއެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޑެނިސް ގުލްޝަކޯވް ޖަހައިދިން އިރު 74 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ލުއިސް އެޑްރިއާނޯއެވެ. ސްޕާޓަކްގެ ފަސް ވަނަ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ކުއިންސީ ޕްރޯމޭސްއެވެ.

މި ގްރޫޕުގައި ހުރިހާ ޓީމަކުން ވެސް ތިން މެޗު ކުޅެފައިވާއިރު އެއްވަނައިގައި ފަސް ޕޮއިންޓް ހޯދައި ފައިދާ ހަތް ލަނޑާއެކު އޮތީ ލިވަޕޫލްއެވެ. ސްޕާޓަކްއަށް ލިވަޕޫލް އާއި އެއް އަދަދަކަށް ޕޮއިންޓް ލިބުނު ނަމަވެސް އެ ޓީމަށް ދެވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ހަތަރު ޕޮއިންޓާއެކު ތިން ވަނައިގައި ސެވިއްޔާ އޮތްއިރު އެއް ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ މަރިބޯއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް