Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"އަބުރުފުޅު" ފަންޑް

ރާއްޖެ ޓީވީއަށް ދޭ ހަމަލާއަކީ މުޅި ރައްޔިތުންނަށް ދޭ ހަމަލާއެއް:ޑރ. ޑީީޑީ

16 އޮކްޓޯބަރު 2017 | ހޯމަ 02:00

ރާއްޖެޓީވީ ނައްތާލުމަށް ކިތަންމެ މަސައްކަތެއް ކުރިއަސް ރައްޔިތުން އެކަން ކާމިޔާބުވިޔަކަނުދޭނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 16 އޮކްޓޯބަރު 2017 | ހޯމަ 02:00
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދިދީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދިދީ

ދައުލަތުގެ މުއައްސަސާތަކުން ރާއްޖެ ޓީވީއަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކަކީ މުޅި ރައްޔިތުންނަށް ދޭ ހަމަލާތަކެއް ކަމަށް، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ މިރައީސް ޕްރޮގްރާމްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިޔައި ދެއްކެވި ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅައި 500،000 ލައްކަ ރުފިޔާއިން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ހުޅުވާފައިވާ އަބުރުފުޅު ފަންޑަށް އެހީވުމަށް ފަހު ޑރ. ޑީޑީ ވިދާޅުވީ ޖޫރިމަނާ ކުރުމަކީ ރައްޔިތުނަށް ދެވުނު ވަރަށްބޮޑު އަނިޔާއެއްކަމަށެވެ.

Advertisement - newsAdvertisement

"ރާއްޖެޓިވިއަކީ ރައްޔިތުންގެ ޓީވީ. ރާއްޖެޓިވީއަށް ތަކުރާރުކޮށް މި ދިން ހަމަލާއަކީ، މުޅި ދިވެހި ރައްޔިތުނަށް ދެވުނު ހަމަލާއެއް" ޑީޑީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެޓީވީ މި ހަމަލާއިން ސަލާމަތްކުރުމަށް އޭނާއަށް ކުރެއްވެވުނު ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށެވެ. ޑީޑީ ވިދާޅުވިގޮތުގައި މިއަދުގެ އަނިޔާވެރި ސަރުކާރުން މީޑިއާގެ މިނިވަންކަން ނަގާލުމަށާއި، ޚާއްސަކޮށް ރާއްޖެޓީވީއަށް އަމާޒުކޮށް ތަކުރާރުކޮށް ދޭ ހަމަލާތަކަކީ، މި ގައުމުގައި އޮތް މީޑިއާގެ މިނިވަންކަން ނައްތާލުމަށް ސަރުކާރުން ރާވައިގެން ހިންގާ އަމަލުތަކެއްކަމަށެވެ. ރާއްޖެޓީވީ ރޯކޮށްލުމަކީ އެ ސިލްސިލާގެ ބޮޅެއްކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި ރޯކޮށްލުމުގެ އަޑީގައި މިއަދުގެ ސަރުކާރުގެ އަތެއްވާކަމަށް ފާހަގަކުރެވޭކަމަށާއި، އެވާހަކަ ވަރަށް ސާފުއިބާރަތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެފައިކަމަށާއި، އެހެން ނަމަވެސް މުސްތަފާ އެ ވިދާޅުވި ވާހަކަފުޅުގެ ތަހުގީގު ހިންގުމަށް ކަމާބެހޭ އެއްވެސް ފަރާތަކުން މަސައްކަތް ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މީޑިއާއަށް ދޭ ހަމަލާތަކުގެ އަޑީގައި ސަރުކާރުގެ އަތެއްވާނޭ ކަމަށް ޑީޑީ ވަނީ ވިދާޅުވެފައެވެ. އސަރުކާރުގެ ނުފޫޒް ބްރޯޑްކާސްޓިން ކޮމިޝަންގެ ތެރެއަށް ވަދެފައިވާ މިންވަރު އެ ކޮމިޝަންގެ މެންބަރުންގެ އަމަލުތަކުން ވަރަށް ސާފުވާކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި ސަރުކާރުގެ މުށުތެރެއަށް ބްރޯޑްކޮމްގެ ވެރިން ވަދެ ފިތިފައިވާ މިންވަރު މިއަދު ރައްޔިތުންނަށް އެދަނީ ހާމަވަމުންކަމަށް ވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.

ރާއްޖެޓީވީ ނައްތާލުމަށް ކިތަންމެ މަސައްކަތެއް ކުރިއަސް ރައްޔިތުން އެކަން ކާމިޔާބުވިޔަކަނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް