Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ މެންބަރު ނާޒިމް

ހަތަރު އަހަރު ފަހުން ކުރީގެ މެންބަރު ނާޒިމް ކުރެއްވި ޓްވީޓް: އެންމެނަށް ފިލާވަޅެއް!

12 އޮކްޓޯބަރު 2017 | ބުރާސްފަތި 15:31

ތިމާގެ މުޅި ހަޔާތް އެހެން މީހަކަށް ދިނަސް ބަދަލުގައި ލިބޭނީ ތެޔޮ ހަމެއް ކަމަށް އަސަރުގަދަ ޅެމުގައި ވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 15:31
ނާޒިމް ކުރައްވާފައިވާ ޓްވީޓް ގައި، އެޓޭޗްކުރައްވާފައިވާ ބައްޕާފުޅު މ. ނިޔަނދުރުގޭ މުހައްމަދު މަނިކުގެ ޅެން

ނާޒިމް ކުރައްވާފައިވާ ޓްވީޓް ގައި، އެޓޭޗްކުރައްވާފައިވާ ބައްޕާފުޅު މ. ނިޔަނދުރުގޭ މުހައްމަދު މަނިކުގެ ޅެން

25 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވައި، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރުގައި ހުންނަވާފައި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ކުރެއްވި ޓްވީޓަކުން އެންެމެނަށް ހައިރާންކަން ލިބިއްޖެއެވެ.

ޓްވީޓެއް ނުކުރައްވާތާ ހަތަރުވަރަކަށް އަހަރުފަހުން ބުދަ ދުވަހުގެރޭގެ ވަގުތެއްގައި އޭނާ ކުރައްވާފައިވާ ޓްވީޓް ގައި، ބައްޕާފުޅު މ. ނިޔަނދުރުގޭ މުހައްމަދު މަނިކުގެ ޅެމެއް އެޓޭޗް ކުރައްވާ ވިދާޅުވެފައި ވަނީ، މީ "އެންމެނަށް ފިލާވަޅެއް" ކަމަށެވެ.

Advertisement - newsAdvertisement

ޅެމަކުން އޭނާގެ ހާލަތު ބަޔާން ކުރައްވަމުން ނާޒިމް ވަނީ ވަރަށް ގިނަ އިހްސާސްތައް ބަންޑުން ކޮށްލައްވާފައެެވެ.

އެ ޅެމުގައި ބުނެފައި އޮންނަނީ ދުނިޔޭގައި ހަގީގަތް ހޯދުމާއި އަސްލަށް ބަލާ މީހަކު ނުހުންނާނެ ކަމަށާއި ޝުކުރުވެރިވާނެ ކަމަށް ހިތާ ޖާނުން ފިދާވިޔަސް މަކަރު، ޔަހޫދީ، އޮޅުވާލުން ނޫން އެއްޗެއް ނޯންނާނެ ކަމަށެވެ. އެއީ ދުނިޔޭގެ ޤާނޫނު ކަމަށް ޅެމުގައި ބުނެފައިވެއެވެ.

ތިމާގެ މުޅި ހަޔާތް އެހެން މީހަކަށް ދިނަސް ބަދަލުގައި ލިބޭނީ ތެޔޮ ހަމެއް ކަމަށް އަސަރުގަދަ ޅެމުގައި ބުނެފައި ވެއެވެ.

މަތީ ދަރަޖައިގެ ޝަރަފެއް އިއްޒަތާ ލިބިގެން އުޅޭ އިރު އަތް މަތީގައި އެމީހަކު ގެންގުޅެ ތައުރީފު ވެސް މީހުން ކުރާނެ ކަމަށާއި ނަމަވެސް ކުރިން އޮތް އިއްޒަތާ ގަދަރާ މަގާމު ގެއްލިގެން ދިޔުމުން، މުޅީން އަބުރު ނަމަވެސް ހިރަފުހާއި ވެއްޔާ މޮޑެލާނެ ކަމަށް ޅެމުގައި ބުނެފައިވެއެވެ.

ތިމާގެ މުދާ ގިނަވެފައި، ދިރިއުޅުން ފަސޭހަނަމަ ރަހުމަތްތެރިން ވަރަށް އޮންނާނެ ކަމަށާއި ނަމަވެސް ތިމާގެ ދިރިއުޅުން ބަރުބާދުގެ ފަގީރުވާ ދުވަހު ރޮމުން ހިނގިޔަސް އެކުވެރިޔަކު ނުހުންނާނެ ކަމަށް ޅެމުގައި ބުނެފައިވެއެވެ.

ނާޒިމްގެ ބައްޕާފުޅު ނިޔަނދުރު މުހައްމަދު މަނިކަކީ ރާއްޖޭގެ މަޝްހޫރު ޅެންވެރިއެކެވެ. ނާޒިމް ވެސް ކޮންމެވެސް ވަރަކަށް ޅެން ހައްދަވައެވެ.

ރައީސް ޔާމީންގެ ބެސްޓް ފްރެންޑްގެ ގޮތުގައި ގިނަބަޔަކަށް އެނގިފައިވާ ނާޒިމް ޖަލަށް ލާން ޙުކުމް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ އޭޕްރިލް 06 ވަނަ ދުވަހު ސުޕްރީމް ކޯޓުންނެވެ. އޭނާ ޖަލަށްލާފައިވަނީ އުމުރަށެވެ.

ބޭސްފަރުވާ އަކަށް ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ 2016 ވަނަ އަހަރުގެ މާޗް މަހުގައެވެ. ނަމަވެސް އޭގެ ފަހުން ނާޒިމްގެ ޚަބަރެއްވެފައި ނުވާތީ، ސަރުކާރުން އެނާ ފިލަން ފުރުސަތުދިނީ ކަމަށް ގިނަބަޔަކު ގަބޫލް ކުރެއެވެ. އަދި އޭނާ މިވަގުތު ހުންނެވި ވަކި ގައުމެއް ވެސް ނޭނގެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް