Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަލްމާ ފުޓްސަލް ޗެލެންޖް

"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ފައިނަލަށް ހަކުރު އެފްސީ އާއި ކުލަބު ފުއްޓަރު ދަތުރުކޮށްފި

ޗެމްޕިއަންޓީމަށް 10000ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި

މަލީހާ ރަޝީދު
މަލީހާ ރަޝީދު | 5 ޖެނުއަރީ 2022 | ބުދަ 14:39
ބަލްމާ ފުޓްސަލް ޗެލެންޖް 2021

ބަލްމާ ފުޓްސަލް ޗެލެންޖް 2021

ށ.ފީވަކުގެ "ޒުވާނުންގެ ގުޅުން" ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ބަލްމާ ފުޓްސަލް ޗެލެންޖް 2021"ގެ ފައިނަލަށް ހަކުރު އެފްސީ އަދި ކުލަބް ފުއްޓަރު ދަތުރުކޮށްފިއެވެ.

"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ފަށާފައިވަނީ ހުސްވި ޑިސެމްބާރ މަހުގެ 31 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 6ވާ ބުރާސްފަތި ދުވަހުގެ 16:30ގައި ފީވަކު ފުޓްސަލް ދަނޑުގައިއެވެ. މުބާރާތުގެ ފައިނަލަށް ކުލަބް ފުއްޓަރު ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 12 ޕޮއިންޓާއެކު, މުބާރާތުގެ ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި އޮވެއެވެ. ހަކުރު އެފްސީ ފައިނަލަށް ދަތުރުކޮށްފައިވަނީ 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮވެއެވެ.

މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 10000ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިއެވެ. ރަނަރަޕް ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރުގައި ފެއާރޕްލޭ ޓީމަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިއެވެ.

މުބާރާތުގެ ފައިނަލް މެޗް ފީވައް.އެމްވީގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައިއެވެ.

ށ. ފީވައް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2022

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރަން ހަވާލުކޮށްފި

19 ސެޕްޓެމްބަރު 2022
4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރަން ހަވާލުކޮށްފި
14 އޯގަސްޓު 2022

ށ. ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި ރަށްގިރުމުގެ މައްސަލަ

14 އޯގަސްޓު 2022
ށ. ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި ރަށްގިރުމުގެ މައްސަލަ
07 ޖެނުއަރީ 2022

"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ޗެމްޕިއަންކަން ހަކުރު އެފްސިީއަށް

07 ޖެނުއަރީ 2022
"ބަލްމާ ފުޓްސަލް ޗެލެންޖް 2021" ގެ ޗެމްޕިއަންކަން ހަކުރު އެފްސިީއަށް
06 ޖެނުއަރީ 2022

ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

06 ޖެނުއަރީ 2022
ށ. ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު