ޔޫރޯ މާކެޓިންގް އިން ފްރާންސްގެ 1883 ސިރަޕްގެ އައު ބާވަތްތައް ތައާރަފްކޮށްފި
15 އޮކްޓޯބަރު 2026 | ބުރާސްފަތި 10:01ފްރާންސްގެ މަޝްހޫރު "1883 މެއިޒަން ރޫޓިން" ބްރޭންޑުގެ ރަސްމީ ޑިސްޓްރިބިއުޓަރު ޔޫރޯ މާކެޓިންގް އިން، އެ ކުންފުނީގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝާ މިކްސް" ރާއްޖެއަށް ތައާރަފްކޮށްފި. ގުދުރަތީ ރަހަތަކާއި ކުލަ އެކުލެވޭ މި އުފެއްދުންތަކުގެ ސަބަބުން، ކެފޭތަކާއި ގޭގޭގައި ތަފާތު ރަހަތަކުގެ ކޮފީއާއި މޭވާގެ ފިނި ބުއިންތައް ފަސޭހަކަމާއެކު ތައްޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޔޫރޯ މާކެޓިންގް އިންހާމަކުރި. މި އާ ސިރަޕްތައް މިހާރު ޔޫރޯ ސްޓޯރުން ލިބެން ހުންނާނެ


ޔޫރޯ މާކެޓިންގ އިން ފަރަންސޭސިވިލާތުގެ ދުނިޔެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ ބުއިންތައް | ޔޫރޯ ސްޓޯރ
ޔޫރޯ މާކެޓިންގް އިން 1883 މެއިޒަން ރޫޓިން ބްރޭންޑުގެ އައު ދެ ބާވަތެއްގެ ސިރަޕް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ފްރާންސްގެ މަޝްހޫރު ފޮނިކާތަކެތީގެ ރަހަތައް އެކުލެވޭ 6 ބާވަތެއްގެ ސިރަޕާއި، މޭވާގެ ރަހަތައް އެކުލެވޭ ހަތަރު ބާވަތެއްގެ ރިފްރެޝާ މިހާރު ރާއްޖޭގެ ކެފޭތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ގޭގޭގައި ބޭނުންކުރުމަށް ލިބެން ހުންނާނެ އެވެ.

ޔޫރޯ މާކެޓިންގ އިން ފަރަންސޭސިވިލާތުގެ ދުނިޔެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ ބުއިންތައް ތަރާރަފްކުރުން | ޔޫރޯ ސްޓޯރ
ރާއްޖޭގައި 1883 މެއިޒަން ރޫޓިންގެ ރަސްމީ ޑިސްޓްރިބިއުޓަރު ކަމަށްވާ ޔޫރޯ މާކެޓިންގް އިން ވަނީ، ފްރާންސްގެ ރަހަތަކަށް ޚާއްސަ އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރެއަށް "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝާ މިކްސް" އިތުރުކޮށްފަ އެވެ. ޔޫރޯ ސްޓޯރު މެދުވެރިކޮށް މިހާރު ލިބެން ހުރި މި ދެ ބާވަތުގެ ސިރަޕަކީ، ފޮނިކާތަކެތީގެ ރަހަ އެކުލެވޭ ކޮފީތަކާއި މޭވާގެ ރަހަ އެކުލެވޭ ފިނި ބުއިންތައް ތައްޔާރުކުރުމަށް އާ ފުރުސަތުތަކެއް ހުޅުވައިދޭނެ އުފެއްދުންތަކެކެވެ.
ފްރެންޗް ޕެޓިސަރީ: ފްރާންސްގެ މަޝްހޫރު ފޮނިކާތަކެތީގެ ރަހަ ބުއިންތަކުގައި
ފްރެންޗް ޕެޓިސަރީ ކަލެކްޝަނަކީ ފްރާންސްގެ މަޝްހޫރު ފޮނިކާތަކެތިން އިންސްޕިރޭޝަން ހޯދައިގެން، އެ ތަކެތީގެ މީރު ރަހަތައް ބުއިންތަކުގައި ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސިރަޕްތަކެކެވެ. 1883 މެއިޒަން ރޫޓިންގެ މާސްޓަރު ސިރަޕް އުފައްދާ ފަރާތްތަކުން ބަރިސްޓާއިންނާއި، ބާޓެންޑަރުން އަދި ޕޭސްޓްރީ ޝެފުންނާ ގުޅިގެން ތައްޔާރުކޮށްފައިވާ މި ކަލެކްޝަނުގެ ސަބަބުން، ހޫނު އަދި ފިނި ބުއިންތަކަށް ފްރާންސްގެ ޕޭސްޓްރީތަކުގެ ރަހަ ގެނެސްދެ އެވެ.

ޔޫރޯ މާކެޓިންގ އިން ފަރަންސޭސިވިލާތުގެ ދުނިޔެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ ބުއިންތައް ތައާރަފްކުރުން | ޔޫރޯ ސްޓޯރ
މި ކަލެކްޝަނުގައި ހިމެނޭ ނުވަ ރަހައިގެ ތެރެއިން ހަ ރަހައެއް ޔޫރޯ ސްޓޯރުން މިހާރު ލިބެން ހުންނާނެ އެވެ.
އެއް ލިޓަރުގެ ފުޅީގައި ލިބެން ހުންނަ ރަހަތަކަކީ:
• ކްރޮއިސަންޓް (Croissant)
• ޕެއިން ޗޮކްލެޓް (Pain Chocolate)
• މެކަރޫން ރާސްބެރީ (Macaron Raspberry)
• އެކްލެއާ ޗޮކްލެޓް (Éclair Chocolate)
• ކްރީމް ބްރޫލޭ (Crème Brûlée)
• މެޑްލީން (Madeleine)
މި ސިރަޕްތަކަކީ ލާޓޭ، ކަޕަޗީނޯ، އައިސްޑް ކޮފީ، މިލްކްޝޭކް، މޮކްޓެއިލް އަދި ކޮކްޓެއިލް ފަދަ ބުއިންތަކުގައި ބޭނުންކުރެވޭނެ އެއްޗެހި ކަމުން، މިއީ ކެފޭތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބުއިންތަކުގެ މެނޫ މުއްސަނދިކުރުމަށް ލިބޭނެ އިތުރު ފުރުސަތެކެވެ.
ޚާއްސަ ރަހަ: ކްރޮއިސަންޓް
ފްރާންސްގެ މަޝްހޫރު ކްރޮއިސަންޓްގެ ރަހައަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސިރަޕުން، ބަޓަރުގެ ރަހައާއި އަލްމަގުން ފިހެފައި ހުންނަ ޕޭސްޓްރީގެ މީރު ރަހަ ލިބިގެންދާނެ އެވެ. މިއީ ލާޓޭ، ކަޕަޗީނޯ، ކޯލްޑް ބްރޫ އަދި ބައެއް ކޮކްޓެއިލްތަކުގައި ވެސް ބޭނުންކުރެވިދާނެ ރަހައެކެވެ.
1883 މެއިޒަން ރޫޓިން އިން ލަފާދޭ އެއް ބުއިމަކީ "ކެރަމަލް ޓްވިސްޓް ކްރޮއިސަންޓް" އެވެ. މިއީ މި ސިރަޕާއި، ހޫނު ކިރު، ކެރަމަލް ސޯސް އަދި ކޯލްޑް ބްރޫ އެއްކޮށްލައިގެން ތައްޔާރުކުރާ މީރު ބުއިމެކެވެ.

ޔޫރޯ މާކެޓިންގ އިން ފަރަންސޭސިވިލާތުގެ ދުނިޔެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ ބުއިންތައް ތައާރަފްކުރުން | ޔޫރޯ ސްޓޯރ
1883 މެއިޒަން ރޫޓިންގެ ސިރަޕްތަކަކީ ފްރާންސްގެ އަލްޕްސް ފަރުބަދަތަކުގެ މެދުގައި ހުންނަ ފެކްޓްރީތަކުގައި ތައްޔާރުކޮށް، ފުޅިއަށް އަޅައިގެން ބޭރުކުރާ އުފެއްދުންތަކެކެވެ. ފްރެންޗް ޕެޓިސަރީ ކަލެކްޝަން އުފެއްދުމުގައި ބޭނުންކޮށްފައިވަނީ ފްރާންސްގެ 100 އިންސައްތަ ބީޓް ޝުގާގެ އިތުރުން ގުދުރަތީ ރަހަތަކާއި ކުލަތަކެވެ.
ރިފްރެޝާ މިކްސް:
މޭވާގެ ބުއިންތައް ފަސޭހަކަމާއެކު ތައްޔާރުކޮށްލުމަށް, ފްރެންޗް ޕެޓިސަރީ ސިރަޕްތަކުގެ އިތުރުން، ޔޫރޯ މާކެޓިންގް އިން ވަނީ މޭވާގެ ރަހަ އެކުލެވޭ ފިނި ބުއިންތައް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ "ރިފްރެޝާ މިކްސް" ވެސް ތައާރަފްކޮށްފަ އެވެ.
މި ބާވަތް ހަތަރު ރަހައަކުން ލިބެން ހުންނާނެ އެވެ.
ޔޫރޯ ސްޓޯރުން މިހާރު ލިބެން ހުރި ރިފްރެޝަރ މިކްސް ގެ ހަތަރު ވައްތަރަކީ:
• ޑްރެގަން ފްރުޓް އެންޑް ލައިމް
• މެންގޯ އެންޑް ޕެޝަން ފްރުޓް
• ވޯޓާމެލަން، ކިއުކަމްބާ އެންޑް މިންޓް
• ސްޓްރޯބެރީ އެންޑް އަކާއީ
މީގެ ކޮންމެ ބާވަތެއްގައި 20 އިންސައްތަ މޭވާގެ ޖޫސް ހިމެނޭއިރު، މީގައި ބޭނުންކޮށްފައިވަނީ ގުދުރަތީ ރަހަތަކާއި ކުލަތަކެވެ. އަދި މީގައި އެއްވެސް އާޓިފިޝަލް ކޮންޒަވޭޓިވްއެއް ހިމެނިފައެއް ނުވެ އެވެ. މި އުފެއްދުމުގައި ހަކުރުގެ ގޮތުގައި ކޭން ޝުގާ އަދި ސްޓީވިއާ ބޭނުންކޮށްފައިވާއިރު، ގުދުރަތީ ކެފެއިން ހޯދުމަށް ގްރީން ކޮފީ ބީން އެކްސްޓްރެކްޓް ބޭނުންކޮށްފައިވެ އެވެ.
ރިފްރެޝާ މިކްސް ބޭނުންކޮށްގެން ބުއިންތައް ތައްޔާރުކުރުމަށް އެއްވެސް ޚާއްސަ މެޝިނެއް ބޭނުން ނުވާނެ އެވެ. އައިސް އަޅައިގެން، ނުވަތަ ސްޕާކްލިންގް ވޯޓާ އާއެކު، ނުވަތަ ތާޒާ މޭވާއާއި ފަތްޕިލާވެލި ބޭނުންކޮށްގެން މި ބުއިންތައް ތައްޔާރުކޮށްލެވިދާނެ އެވެ. މިއީ ކެފޭތަކާއި ރެސްޓޯރެންޓްތަކަށް ވަރަށް ފަސޭހަކަމާއެކު މޭވާގެ ތަފާތު ބުއިންތައް މެނޫއަށް އިތުރުކޮށްލުމަށް ލިބޭ ފުރުސަތެކެވެ.
1883 މެއިޒަން ރޫޓިންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި އުފެއްދުންތައް ބަންދުކޮށްފައިވާ އެއް ލިޓަރުގެ ފުޅިތަކަކީ 78 އިންސައްތައަށް ވުރެ ގިނައިން ރީސައިކަލް ތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ ފުޅިތަކެކެވެ.
މި އައު ދެ ބާވަތާއެކު، ޔޫރޯ ސްޓޯރު މެދުވެރިކޮށް އާންމު ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ލިބޭ ބުއިންތަކުގެ ބާވަތްތައް މިވަނީ އިތުރުވެފަ އެވެ. ފްރެންޗް ޕެޓިސަރީން ކޮފީއާއި އެހެނިހެން ބުއިންތަކަށް ޕޭސްޓްރީގެ ރަހަތައް ގެނެސްދޭއިރު، ރިފްރެޝާ މިކްސް އިން ފިނި ބުއިންތަކަށް މޭވާގެ ތަފާތު ރަހަތައް ލިބިގެންދާނެ އެވެ.
މި ދެ ބާވަތުގެ ސިރަޕްތައް ވެސް މިހާރު ޔޫރޯ ސްޓޯރުން ލިބެން ހުންނާނެ އެވެ.




