Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫރޯ މާކެޓިންގ

ބަރިސްޓާ ޗެލެންޖު މޯލްޑިވްސް 2026: މުބާރާތުގެ ގައުމީ ފައިނަލަށް 10 ބަރިސްޓާ އިން ހޮވިއްޖެ!

2 ސެޕްޓެމްބަރު 2026 | ބުދަ 12:44

ލަވާޒާ ބަރިސްޓާ ޗެލެންޖްގެ ގައުމީ ފައިނަލުން ހޮވޭ ނަސީބުވެރިޔާއަށް 2027 ވަނަ އަހަރު އިޓަލީގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެ. ޔޫރޯ މާކެޓިންގް އިން އިންތިޒާމުކުރާ މި މުބާރާތުގެ ފައިނަލް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ބަރިސްޓާއިންގެ ފަންނީ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ސެޕްޓެމްބަރު 2026 | ބުދަ 12:44
ބަރިސްޓާ އިންނަށް ބޭއްވި ޓްރެއިނިންގ

ބަރިސްޓާ އިންނަށް ބޭއްވި ޓްރެއިނިންގ | އެފްއެޗްއޭއެމް

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ކޮލިފަޔަރ ބުރު ނިންމާލައި، މުބާރާތުގެ ގައުމީ ފައިނަލަށް 10 ބަރިސްޓާއަކު ހޮވިއްޖެ އެވެ. ޔޫރޯ މާކެޓިންގްގައި ހުންނަ ލަވާޒާ ބަރިސްޓާ ޓްރެއިނިންގް ސެންޓަރުގައި އޮގަސްޓު މަހުގެ 30 އިން 31 އަށް ކުރިއަށްދިޔަ މި ކޮލިފަޔަރ ބުރަކީ ވަރަށް ވާދަވެރި ހަރަކާތެކެވެ.

މި މުބާރާތަކީ ކޮފީ ތައްޔާރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުނަރުވެރި ބަރިސްޓާއިންގެ މެދުގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ކޮފީ ތައްޔާރުކުރުމުގެ ފަންނާއި އުފެއްދުންތެރިކަމާއި ފަންނީ ހުނަރުގެ އިތުރުން މި މަސައްކަތަށް ހުންނަ ޝައުގުވެރިކަން ދައްކާލައި، ރާއްޖޭގެ އެންމެ މޮޅު ބަރިސްޓާ ހޮވުމެވެ. މިގޮތުން ހޮވޭ ނަސީބުވެރިޔާއަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

Advertisement - newsAdvertisement

ކޮލިފަޔަރ ބުރުގެ ކުރިން ބައިވެރިންނަށް ވަނީ ޔޫރޯ މާކެޓިންގްގެ ލަވާޒާ ޓްރެއިނިންގް ސެންޓަރުގައި ތަމްރީނުތަކެއް ދީފަ އެވެ. މި ތަމްރީނުތަކުގެ ސަބަބުން ބައިވެރިންގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް، މުބާރާތަށް ފުރިހަމައަށް ތައްޔާރުވުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. ކޮލިފަޔަރ ބުރުގައި ބައިވެރިން ވަނީ އެމީހުންގެ ފަންނީ ގާބިލުކަމާއި ދަސްކުރި ކަންތައްތައް އަމަލީގޮތުން ދައްކާލާފަ އެވެ.

މި މުބާރާތުގެ ގައުމީ ފައިނަލް އޮންނާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެގްޒިބިޝަންގަ އެވެ. ފައިނަލަށް ހޮވުނު 10 ބަރިސްޓާއިންގެ މެދުގައި ކުރިއަށްދާ މި ވާދަވެރި ބުރުން ހޮވޭ ގައުމީ ޗެމްޕިއަނަށް، 2027 ވަނަ އަހަރުގެ އޭޕްރީލް މަހު އިޓަލީގެ ޓިއުރިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ލަވާޒާ ބަރިސްޓާ ޗެލެންޖުގެ ބައިނަލްއަގުވާމީ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތުގައި ބައިވެރިން ހޮވާއިރު ހަމައެކަނި ކޮފީ ތައްޔާރުކުރުމުގެ އިތުރުން، އެމީހުންގެ އުފެއްދުންތެރިކަމާއި ޝަޚުސިއްޔަތާއި ބޭނުންކުރާ ތަކެތީގެ ފެންވަރާއި އެސްކްޕްރެސޯ ބްރޫ ކުރުމުގެ އުކުޅުތަކަށް ބަލާނެ އެވެ. މިއީ ބަރިސްޓާއިންގެ ފަންނީ ހުނަރުގެ އިތުރުން އެމީހުންގެ އަމިއްލަވަންތަކަން ދައްކާލުމަށް ލިބޭ ބޮޑު މަންސައެކެވެ. 

ރާއްޖޭގައި ލަވާޒާގެ ރަސްމީ ޑިސްޓްރިބިއުޓަރ ކަމަށްވާ ޔޫރޯ މާކެޓިންގް އިން އިންތިޒާމުކުރާ މި މުބާރާތަކީ ރާއްޖޭގެ ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ރަނުގެ ފުރުސަތެކެވެ. އިޓަލީގައި ބާއްވާ ބައިނަލްއަގުވާމީ ފައިނަލުގައި ރާއްޖޭގެ ޗެމްޕިއަން ވާދަކުރާނީ އެހެން ގައުމުތަކުގެ ޗެމްޕިއަނުންނާ އެކުގަ އެވެ.

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026ޔޫރޯ މަރކެޓިންގފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

09 ޖުލައި 2026

ޔޫރޯ މާކެޓިން އިން އިޓަލީގެ "ބިންޑީ" ފޮނިކާތަކެތި ތައާރަފު ކޮށްފި

09 ޖުލައި 2026
ޔޫރޯ މާކެޓިން އިން އިޓަލީގެ "ބިންޑީ" ފޮނިކާތަކެތި ތައާރަފު ކޮށްފި
01 ޖުލައި 2026

ޔޫރޯ މަރކެޓިންގ، ފައިނޭންޝަލް އެކްސްޕޯ2026 ގެ ބެވަރޭޖް ޕަރޓްނަރ އަކަށް

01 ޖުލައި 2026
ޔޫރޯ މަރކެޓިންގ، ފައިނޭންޝަލް އެކްސްޕޯ2026 ގެ ބެވަރޭޖް ޕަރޓްނަރ އަކަށް
11 ޖުލައި 2017

އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި

11 ޖުލައި 2017
އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި
21 ޖޫން 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި

21 ޖޫން 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ" ޖުލައި މަހުގައި
23 މެއި 2017

ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 މެއި 2017
ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
20 އެޕްރީލު 2017

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
13 މާރިޗު 2017

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް