Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެފްއެޗްއޭއެމް 2026

އެފްއެޗްއޭއެމް 2026 ގައި ބޭއްވި 1883 މޮކްޓެއިލް ކޮމްޕެޓިޝަން އަދި ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސްގެ ވަނަވަނަ އަށް އައި ފަރާތްތައް ހޮވައިފި

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:39

އެފްއެޗްއޭއެމް 2026 ގެ ތެރެއިން ޔޫރޯ މާކެޓިންގް އިން ބޭއްވި '1883 މޮކްޓެއިލް ކޮމްޕެޓިޝަން' ގެ ޗެމްޕިއަންކަން ލަނޑާ ގިރާވަރު ރިސޯޓުގެ ންގަކަން ނިއޯމަން ސުޑިއާނާ ހޯދައިފި. މީގެ އިތުރުން 'ލަވާޒާ ބަރިސްޓާ ޗެލެންޖް' ކާމިޔާބުކުރި ކޮންރެޑް މޯލްޑިވްސްގެ އަނޫރާދާ ކުމާރަސިންހައަށް ވަނީ އަންނަ އަހަރު އިޓަލީގައި ބާއްވާ ބައިނަލްއަގުވާމީ ފައިނަލުން ފުރުސަތު ލިބިފައި

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:39
ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 | ޔޫރޯ ސްޓޯރ

ޔޫރޯ މާކެޓިންގް އިން އިންތިޒާމުކޮށްގެން ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026 ގެ ތެރެއިން ކުރިއަށްގެންދިޔަ '1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026' ބުދަ ދުވަހު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މި މުބާރާތަކީ އުފެއްދުންތެރިކަމާއި ރަހަތަކުގެ މުއްސަނދިކަން ދައްކާލުމަށް ފުރުޞަތު ހުޅުވާލައިގެން ބޭއްވުނު މުބާރާތެކެވެ.

އެފްއެޗްއޭއެމް 2026 ގެ ތެރެއިން ކުރިއަށްދިޔަ '1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026' ގެ އެކި ވަނަވަނައަށް ހޮވުނު ފަރާތްތައް އިއުލާނުކުރުން

އެފްއެޗްއޭއެމް 2026 ގެ ތެރެއިން ކުރިއަށްދިޔަ '1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026' ގެ އެކި ވަނަވަނައަށް ހޮވުނު ފަރާތްތައް އިއުލާނުކުރުން | ޔޫރޯ ސްޓޯރ

 8 ސެޕްޓެމްބަރު 2026 ގައި ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި މި މުބާރާތަކީ، ބުއިންތައް ތައްޔާރުކުރުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު ފަރަންސޭސި ބްރޭންޑެއް ކަމަށްވާ '1883' އާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި މި ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް، ބާވަތްތައް އެއްކޮށްގެން އައު ބުއިންތައް އުފެއްދުމުގެ ހުނަރާއި އެ ތަކެތި ހުށަހަޅައިދިނުމުގެ ފަންނުވެރިކަން ދައްކާލުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

އެފްއެޗްއޭއެމް 2026 ގައި ބޭއްވި '1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026' ގެ ވަނަވަނައަށް އައި ފަރާތްތައް ހޮވުން

އެފްއެޗްއޭއެމް 2026 ގައި ބޭއްވި '1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026' ގެ ވަނަވަނައަށް އައި ފަރާތްތައް ހޮވުން | ޔޫރޯ ސްޓޯރ

މި މުބާރާތުގައި ބައިވެރިވުމަށް 30 ފަރާތަކުން ރަޖިސްޓްރީ ކުރި ނަމަވެސް، މުބާރާތް ބޭއްވި ދުވަހު އަމަލީ ގޮތުން ވާދަކޮށްފައިވަނީ 20 ބައިވެރިންނެވެ. ބައިވެރިންގެ ފަރާތުން ފެނިގެންދިޔަ ކުލަގަދަ ހުށަހެޅުންތަކާއި ތަފާތު ރަހަތަކާއި ބުއިންތައް ތައްޔާރުކުރުމުގައި ބޭނުންކުރި އާދަޔާޚިލާފު އުކުޅުތަކުން ރާއްޖޭގެ ބެވަރޭޖް ދާއިރާގައި ހުރި ހުނަރުވެރިކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަ އެވެ.

އެފްއެޗްއޭއެމް 2026 ގައި ބޭއްވި '1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026' ގެ ވަނަވަނަ އަށް އައި ފަރާތްތައް ހޮވުން

އެފްއެޗްއޭއެމް 2026 ގައި ބޭއްވި '1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026' ގެ ވަނަވަނަ އަށް އައި ފަރާތްތައް ހޮވުން | ޔޫރޯ ސްޓޯރ

'1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026' ގެ ޗެމްޕިއަންކަން ހޯދީ ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުގެ ފަރާތުން ވާދަކުރި ންގަކަން ނިއޯމަން ސުޑިއާނާ އެވެ. މިއީ އޭނާ މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

އޭނާ ތައްޔާރުކުރި ބުއިން ބިނާކޮށްފައިވަނީ ރާއްޖޭގެ ރީތި ފަރުތަކުގެ މައްޗަށެވެ. މޫދުގެ ތާޒާކަމާއި މޭވާއާއި ގުދުރަތީ އެކި ރަހަތައް އެއްކޮށްލައިގެން އޭނާ އުފެއްދި މި ބުއިމާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، މި ބުއިމަކީ ކަނޑުގެ ތާޒާ ވައިރޯޅިތަކާއި ބިމުން ލިބޭ މޭވާތަކުގެ ފޮނިކަން ރަމްޒުކޮށްދޭ އުފެއްދުމެއް ކަމަށެވެ.

މީގެއިތުރުން އެފްއެޗްއޭއެމް 2026 ގައި ކުރިއަށްދިޔަ "ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026" ގެ ގައުމީ ފައިނަލް ބުދަ ދުވަހު ނިމިފައިވާއިރު، މި މުބާރާތުގެ ރާއްޖޭގެ ނޭޝަނަލް ޗެމްޕިއަންގެ ލަގަބު ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ އަނޫރާދާ ކުމާރަސިންހަ ހަޕުވާ ވަނީ ކާމިޔާބުކޮށްފަ އެވެ.

ލަވާޒާ ބަރިސްޓާ ޗެލެންޖަކީ ކޮފީ ތައްޔާރުކުރުމުގެ ހުނަރާއި އުފެއްދުންތެރިކަމާއި ފަންނީ ގާބިލުކަމުގެ އިތުރުން މި މަސައްކަތަށް ހުންނަ ޝައުގުވެރިކަން ދައްކާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ގައުމީ ފެންވަރުގައި އެންމެ މޮޅު ބަރިސްޓާ ހޮވައި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އެ ފަރާތަކަށް ހޯދައިދިނުމެވެ.

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގައި ބައިވެރިވި ޓީމް

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގައި ބައިވެރިވި ޓީމް | ޔޫރޯ ސްޓޯރ

ޔޫރޯ މާކެޓިންގްގައި ހުންނަ ލަވާޒާ ޓްރޭނިންގް ސެންޓަރުގައި ބޭއްވި ކޮލިފައިން ބުރުތަކުން ހޮވުނު ހުނަރުވެރި 10 ބަރިސްޓާއަކު ވަނީ ގައުމީ ފައިނަލްގައި ވާދަކޮށްފަ އެވެ. މި މުބާރާތުގައި ކޮންމެ ބައިވެރިއަކު ވެސް ވަނީ ތަފާތު ރަހަތައް އެއްކުރުމާއި މެޝިން ބޭނުންކުރުމުގައި ހުރި ހުނަރުވެރިކަން ދައްކާލައި، ކޮފީ ތައްޔާރުކުރުމުގެ ކޮންމެ ހަރަކާތަކީ ހިތްގައިމު ހުށަހެޅުމަކަށް ހަދާފަ އެވެ. ބުދަ ދުވަހު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތްތަކުގައި ބަރިސްޓާއިން ވަނީ އެމީހުންގެ ފަންނީ ފުރިހަމަކަމާއެކު، ކޮފީ ތައްޓެއްގެ ޒަރީއާއިން އަމިއްލަ އުފެއްދުންތެރިކަން ވަރަށް ފުރިހަމައަށް ސިފަކޮށްދީފަ އެވެ.

ރާއްޖޭގެ ނޭޝަނަލް ޗެމްޕިއަންގެ ލަގަބު ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ އަނޫރާދާ ކުމާރަސިންހަ ހަޕުވާ ވަނީ ކާމިޔާބުކޮށްފައި

ރާއްޖޭގެ ނޭޝަނަލް ޗެމްޕިއަންގެ ލަގަބު ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ އަނޫރާދާ ކުމާރަސިންހަ ހަޕުވާ ވަނީ ކާމިޔާބުކޮށްފައި | ޔޫރޯ ސްޓޯރ

ވާދަވެރި މި މުބާރާތުގެ ފަންނީ ކަންކަމާއި އުފެއްދުންތެރި ހުށަހެޅުންތަކުން ފަނޑިޔާރުންގެ ސަމާލުކަން ހޯދައި، ގައުމީ ތަށި ކާމިޔާބުކުރީ އަނޫރާދާ ކުމާރަސިންހަ ހަޕުވާ އެވެ.

މުބާރާތުގެ ދެވަނަ މަގާމު އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސްގެ ޕްރޭމް ޝަޝީކާންތު ޗަވަން ހޯދިއިރު، ތިންވަނަ ހޯދީ ލަކްސް ސައުތު އަރި އެޓޯލްގެ ނޫރު ރޮއިބް އެވެ. މި ނަތީޖާއިން ހާމަވެގެންދިޔައީ ރާއްޖޭގެ ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ތިބި ބަރިސްޓާއިންގެ ހުނަރުވެރިކަން ހުރި މިންވަރެވެ.

ގައުމީ ޗެމްޕިއަންގެ ހައިސިއްޔަތުން އަނޫރާދާ ކުމާރަސިންހަ ހަޕުވާއަށް، 2027 ވަނަ އަހަރުގެ އެޕްރީލް މަހު އިޓަލީގެ ޓޫރިންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ލަވާޒާ ބަރިސްޓާ ޗެލެންޖް އިންޓަނޭޝަނަލް ފައިނަލްސް" ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި މުބާރާތުގައި އޭނާ ވާދަކުރާނީ އެހެން ގައުމުތަކުގެ ޗެމްޕިއަނުންނާ އެކު ބައިނަލްއަގުވާމީ ވަނައަކަށެވެ.

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގައި ދެވަނަ ހޯދި އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސްގެ ޕްރޭމް ޝަޝީކާންތު ޗަވަން

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގައި ދެވަނަ ހޯދި އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސްގެ ޕްރޭމް ޝަޝީކާންތު ޗަވަން | ޔޫރޯ ސްޓޯރ

މި ފައިނަލް މުބާރާތާއެކު ނިމިގެންދިޔަ މި ސީޒަނަކީ، ރާއްޖޭގެ ބަރިސްޓާއިން ޔޫރޯ މާކެޓިންގްގެ ލަވާޒާ ޓްރޭނިންގް ސެންޓަރުގައި ތަމްރީނުވެ،  އެފްއެޗްއޭއެމް 2026 ގެ ސްޓޭޖުގައި އެމީހުންގެ ހުނަރު ދައްކާލި ދުވަސްތަކެކެވެ. މިއީ ރާއްޖޭގައި ކޮފީގެ ސަގާފަތް ކުރިއަރަމުންދާ މިންވަރާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފަންނީ ހުނަރުވެރިކަން ރަމްޒުކޮށްދޭ ކަމެކެވެ.

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގައި ތިން ވަނަ ހޯދި ލަކްސް ސައުތު އަރި އެޓޯލްގެ ނޫރު ރޮއިބް

ލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގައި ތިން ވަނަ ހޯދި ލަކްސް ސައުތު އަރި އެޓޯލްގެ ނޫރު ރޮއިބް | ޔޫރޯ ސްޓޯރ

މި މުބާރާތްތަކާއެކު، އެފްއެޗްއޭއެމް 2026 ގައި ޔޫރޯ މާކެޓިންގް އިން ކުރިއަށްގެންދިޔަ ހަރަކާތްތައް ވަނީ ނިންމާލާފަ އެވެ. މި ހަރަކާތުގެ ތެރެއިން އެ ކުންފުނިން ރާއްޖެއަށް ތައާރަފުކުރާ ބައިނަލްއަގުވާމީ އެކި ބްރޭންޑްތަކުގެ ކާބޯތަކެތީގެ އުފެއްދުންތައް ވަނީ ދައްކާލާފަ އެވެ. 

މަސްދަރު: ެ

އެފްއެޗްއޭއެމްޔޫރޯ މަރކެޓިންގލަވާޒާ ބަރިސްޓާ ޗެލެންޖް މޯލްޑިވްސް 2026

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

އެފްއެޗްއޭއެމް އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖު 2026 ފަށައިފި

07 ސެޕްޓެމްބަރު 2026
އެފްއެޗްއޭއެމް އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖު 2026 ފަށައިފި
02 ސެޕްޓެމްބަރު 2026

ބަރިސްޓާ ޗެލެންޖު މޯލްޑިވްސް 2026: މުބާރާތުގެ ގައުމީ ފައިނަލަށް 10 ބަރިސްޓާ އިން ހޮވިއްޖެ!

02 ސެޕްޓެމްބަރު 2026
ބަރިސްޓާ ޗެލެންޖު މޯލްޑިވްސް 2026: މުބާރާތުގެ ގައުމީ ފައިނަލަށް 10 ބަރިސްޓާ އިން ހޮވިއްޖެ!
09 ޖުލައި 2026

ޔޫރޯ މާކެޓިން އިން އިޓަލީގެ "ބިންޑީ" ފޮނިކާތަކެތި ތައާރަފު ކޮށްފި

09 ޖުލައި 2026
ޔޫރޯ މާކެޓިން އިން އިޓަލީގެ "ބިންޑީ" ފޮނިކާތަކެތި ތައާރަފު ކޮށްފި
01 ޖުލައި 2026

ޔޫރޯ މަރކެޓިންގ، ފައިނޭންޝަލް އެކްސްޕޯ2026 ގެ ބެވަރޭޖް ޕަރޓްނަރ އަކަށް

01 ޖުލައި 2026
ޔޫރޯ މަރކެޓިންގ، ފައިނޭންޝަލް އެކްސްޕޯ2026 ގެ ބެވަރޭޖް ޕަރޓްނަރ އަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް