Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް

ވަގުފު ކުންފުނީގެ ޗެއަރޕާސަންގެ މަގާމަށް ޝެއިޚް އިއްޒުއްދީން އަދި އެމްޑީގެ މަގާމަށް ޔާމީން ހިމެނޭހެން ޖުމްލަ ހަތް މެންބަރުން އައްޔަނުކޮށްފި

8 އޮކްޓޯބަރު 2026 | ބުރާސްފަތި 07:47

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްގެ ޗެއަރޕާސަންގެ މަގާމަށް އިއްޒުއްދީން އަދްނާން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޔާމީން އިދްރީސް ހިމެނޭހެން ޖުމްލަ ހަތް މެންބަރުންގެ ބޯޑެއް ޕީސީބީން ވަނީ އެކުލަވާލާފައި. މި ކުންފުންޏަކީ ރާއްޖޭގައި ވަގުފުތައް ބިނާކޮށް، މިސްކިތްތައް މަރާމާތުކުރުމާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރިތައް ހިންގުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެއް

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޮކްޓޯބަރު 2026 | ބުރާސްފަތި 07:47
ވަގުފު ކުންފުނީގެ ޗެއަރޕާސަންގެ މަގާމަށް އައްޔަނުކުރެއްވި އައްޝެއިޚް އިއްޒުއްދީން އަދްނާން އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވި ޔާމީން އިދްރީސް

ވަގުފު ކުންފުނީގެ ޗެއަރޕާސަންގެ މަގާމަށް އައްޔަނުކުރެއްވި އައްޝެއިޚް އިއްޒުއްދީން އަދްނާން އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވި ޔާމީން އިދްރީސް | ޕީސީބީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ގައުމީ ވަގުފު ކުންފުނި، ''މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް''ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރައްވައިފި އެވެ.

މި ބޭފުޅުން މަގާމުތަކަށް އައްޔަނުކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

Advertisement - newsAdvertisement

އެ ކުންފުނީގެ ޗެއަރޕާސަންގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ އައްޝެއިޚް އިއްޒުއްދީން އަދްނާން އެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ޔާމީން އިދްރީސް އެވެ. ޔާމީން އިދްރީސް އަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. 

މީގެއިތުރުން، އައުގާފްގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ފަސް މެމްބަރަކު ވަނީ އައްޔަނުކުރައްވާފަ އެވެ. އެ ބޭފުޅުންނަކީ:

ޑރ. މުހައްމަދު ޝުޖާއު

ހުސައިން ޝާމް އާދަމް

މަރްޔަމް ނިހާޔަތު

އަބްދުﷲ އަލީ

މުހައްމަދު ހިލްމީ

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާ ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމުކޮށް ތަރައްގީ ކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. 

މި ކުންފުންޏަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން 12 ސެޕްޓެމްބަރު 2026 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކުންފުންޏެކެވެ. 

ރައީސް މުއިއްޒު އައު ކުންފުނިތައް އުފައްދަވަމުން ގެންދަވާއިރު، ހަރަދު ކުޑަ ކުރުމަށް ކަމަށް ބުނެ ބައެއް ކުންފުނިތައް އުވާލައި، ގިނަ ބަޔަކު ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

5

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

ދީނީ މުއައްސަސާތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ކޮރަޕްޝަން ފޮރުވަން އައުގާފްގެ ނަމުގައި އައު ކުންފުންޏެއް!

15 ސެޕްޓެމްބަރު 2026
ދީނީ މުއައްސަސާތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ކޮރަޕްޝަން ފޮރުވަން އައުގާފްގެ ނަމުގައި އައު ކުންފުންޏެއް!
12 ސެޕްޓެމްބަރު 2026

ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!

12 ސެޕްޓެމްބަރު 2026
ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!
23 މާރިޗު 2017

ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!

23 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް