Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫގެ ޕޭޕަލް ޚިދުމަތް 5000 ކަސްޓަމަރުންނަށް ވާސިލުވެއްޖެ

6 އޮކްޓޯބަރު 2026 | އަންގާރަ 06:07

އުރީދޫ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގައި ހުންނަ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިއީ ފްރީލާންސަރުންނާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ބައިނަލްއަޤުވާމީ ފައިސާގެ މުޢާމަލާތްތައް ހިންގުމަށް ލިބުނު ބޮޑު ލުޔެއްކަމަށް އުރީދޫއިން ހާމަކުރޭ. މި ޚިދުމަތުގެ ސަބަބުން އެއްވެސް އިތުރު ފީއަކާ ނުލައި ޕޭޕަލް ފައިސާ ނެގުމުގެ މަގު ފަހިވެ، ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު ފުޅާކުރުމަށް އައު ފުރުސަތުތަކެއް ވަނީ ހުޅުވައިލެވިފައިވާ ކަމަށް ވެސް އުރީދޫއިން ހާމަކުރޭ

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 6 އޮކްޓޯބަރު 2026 | އަންގާރަ 06:07
ޕޭޕަލް ޚިދިމަތް ރާއްޖެއަށް ތައާރަފް ކުރި ރަސްމިއްޔާތުގެ ތެރެއިން

ޕޭޕަލް ޚިދިމަތް ރާއްޖެއަށް ތައާރަފް ކުރި ރަސްމިއްޔާތުގެ ތެރެއިން | އުރީދޫ

އުރީދޫ އެމް ފައިސާ އެކައުންޓްތަކާ ގުޅާލާފައިވާ ޕޭޕަލްގެ ޚިދުމަތް 5000 އަށްވުރެ ގިނަ ކަސްޓަމަރުން ބޭނުންކުރަމުން އަންނަކަމަށް އުރީދޫ ފިންޓެކުން ހާމަކޮށްފި އެވެ.

އުރީދޫ އިން ބުނީ، މިއީ ރާއްޖޭގައި ބައިނަލްއަޤުވާމީ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ފުޅާކުރުމުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. 

ޖޫން 2026 ގައި ތައާރަފުކުރުމާއެކު، ރާއްޖޭގެ ކަސްޓަމަރުންނަށް އެމީހުންގެ ޕޭޕަލް އެކައުންޓްތައް އެމްފައިސާއާ ގުޅާލައި، ޕޭޕަލްއިން ޑޮލަރ ފަސޭހަކަމާއެކު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރުމުގެ ޚިދުމަތް ވަނީ ފަށާފަ އެވެ. އަދި ނަގާފައިވާ ފައިސާ އަނބުރާ ގުޅާލާފައިވާ ޕޭޕަލް އެކައުންޓްތަކަށް ޓްރާންސްފަރ ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާއިރު، މީގެ ސަބަބުން ބައިނަލްއަޤުވާމީ ޑިޖިޓަލް ޕޭމަންޓްތައް މެނޭޖުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ. 

ޕޭޕަލް ޚިދިމަތް ރާއްޖެއަށް ތައާރަފް ކުރި ރަސްމިއްޔާތުގެ ތެރެއިން

ޕޭޕަލް ޚިދިމަތް ރާއްޖެއަށް ތައާރަފް ކުރި ރަސްމިއްޔާތުގެ ތެރެއިން | އުރީދޫ

ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 5000 އަށްވުރެ ގިނަ ޔޫޒަރުންނަށް ވާސިލުވުމަކީ، ފަސޭހައިން ބޭނުންކުރެވޭ ބައިނަލްއަޤުވާމީ ޕޭމަންޓް ސޮލިއުޝަންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް ކަމަށާއި ޚާއްސަކޮށް ފްރީލާންސަރުންނާއި ވިޔަފާރިވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ރާއްޖެއިން ބޭރުން ފައިސާ ލިބޭ ފަރާތްތަކުގެ މެދުގައި މި ޑިމާންޑް ބޮޑުކަމަށް އުރީދޫ އިން ބުނެ އެވެ. 

ޕޭޕަލް ޚިދިމަތް ރާއްޖެއަށް ތައާރަފް ކުރި ރަސްމިއްޔާތުގެ ތެރެއިން

ޕޭޕަލް ޚިދިމަތް ރާއްޖެއަށް ތައާރަފް ކުރި ރަސްމިއްޔާތުގެ ތެރެއިން | އުރީދޫ

މި ޚިދުމަތުގެ ޒަރީއާއިން، ކަސްޓަމަރުންނަށް އެމީހުންގެ ޕޭޕަލް ފައިސާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކޮށް، އެމްފައިސާއިން ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުން ނުވަތަ ނަގުދު ފައިސާ ނެގޭނެ އެވެ. އަދި ޕޭޕަލްއިން އެމްފައިސާއަށް ފައިސާ ޓްރާންސްފަރ ކުރުމަށް އުރީދޫން އިތުރު އެއްވެސް ފީއެއް މިވަގުތު ނުނަގާ ކަމަށް އުރީދޫ އިން ބުނެ އެވެ.

މި ގުޅާލުމުގެ ސަބަބުން، ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ހޯދާ ނުވަތަ ލިބޭ ފައިސާ ދިވެހިންނަށް ފަސޭހަކަމާއެކު ނެގޭނެ މަގު ވަނީ ފަހިވެގެންގޮސްފަ އެވެ.

ޕޭޕަލް ގުޅާލުމަކީ، ޑިޖިޓަލް މާލީ ޚިދުމަތްތައް ހޯދުމުގެ ފުރުސަތު ފުޅާކޮށް، ބައިނަލްއަޤުވާމީ ޑިޖިޓަލް އިގުތިސާދުގައި ބައިވެރިވުމަށް ދިވެހިންނަށް އައު ފުރުސަތުތަކެއް ފަހިކޮށްދީގެން، ޝާމިލު ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ވެފައިވާ ފުޅާ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މަސްދަރު: Ooredoo Maldives

އުރީދޫ ފިންޓެކްއެމްފައިސާޕޭޕަލް

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

21 ޖޫން 2026

މިއީ އާ ކަމެއް، އާ ވިސްނުމެއް، އާ ގޮތެއް ސިކުނޑީގަ ނެތް ސަރުކާރެއް: ބޮންޑާ

21 ޖޫން 2026
މިއީ އާ ކަމެއް، އާ ވިސްނުމެއް، އާ ގޮތެއް ސިކުނޑީގަ ނެތް ސަރުކާރެއް: ބޮންޑާ
20 ޖޫން 2026

ރާއްޖެއަށް ޕޭޕަލް ތައާރަފްކުރިއިރު ވިޔަފާރިތަކަށް ބޭނުންވާ 99 އިންސައްތަ ހިދުމަތް ނުލިބޭ: ޖައިލަމް

20 ޖޫން 2026
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރިއިރު ވިޔަފާރިތަކަށް ބޭނުންވާ 99 އިންސައްތަ ހިދުމަތް ނުލިބޭ: ޖައިލަމް
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަތުމުގެ ހުއްދަ ދީފި

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަތުމުގެ ހުއްދަ ދީފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް