Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގޫގުލް ޕިކްސްލް

ގޫގުލް ޕިކްސްލް 2 އަދި ޕިކްސްލް 2 އެކްސްއެލް ތަޢާރުފުކޮށްފި

ގޫގުލްއިން ވަނީ އައު 2 ފޯން އިއުލާންކޮށްފައި

މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 13:08
ގޫގުލް އިން އަލަށް އިއުލާންކުރި ފިކްސްލް 2 އަދި ޕިކްސްލް 2 އެކްސެލް

ގޫގުލް އިން އަލަށް އިއުލާންކުރި ފިކްސްލް 2 އަދި ޕިކްސްލް 2 އެކްސެލް

ގޫގުލްގެ އައު ސްމާޓް ފޯން ' ގޫގުލް ޕިކްސްލް 2 ' އަދި ' ގޫގުލް ޕިކްސްލް 2 އެކްސްއެލް ' ތަޢާރުފުކޮށްއެވެ.

ތަފާތު ގިނަ ފީޗަރސް ތަކަކާއިއެކު ގޫގުލް އިން ނެރޭ ޕިކްސްލް 2 ފޯން ތަޢާރުފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ފޯނުގެ އިތުރުން ގޫގުލްގެ އައު ޕިކްސަލް ބުކްއާއި ގޫގުލް ހޯމް ސްޕީކަރޒް އަދި އަލަށް ނެރޭ ހެޑްފޯން 'ޕިކްސަލް ބަަޑްސް' ވެސް ވަނި ދައްކާލާފައެވެ.

Advertisement - businessAdvertisement

ގޫގުލް ޕިކްސްލް 2 ގައި 5 އިންޗި ޑިސްޕްލޭއެއް ހުންނައިރު 64 ޖީބީގެ ސްޓޯރޭޖް ޓިއާ އަކުން ފެށޭ މިފޯނު ވިއްކުމަށް ގޫގުލްއިން ނިންމާފައިވާނީ 649 ޑޮލަރަށެވެ. ޕިކްސްލް 2 އެކްސްއެލްގެ އަގު ފެށެނީ 849 ޑޮލަރުންނެވެ.

ގޫގުލް ޕިކްސްލް 2 ގައި 2700 މިލިއެމްޕްގެ ބެޓެރިއެއް ހުންނައިރު ފޯނުގެ ބަރުދަނަކީ 143 ގްރާމްއެވެ. ގޫގުލް ޕިކްސްލް 2 އެކްސްއެލް ގައި 3520 މިލިއެމްޕްގެ ބެޓެރިއެއް ހުންނައިރު އެ ފޯނުގެ ބަރުދަނަކީ 175 ގްރާމްއެވެ.

ޕިކްސްލް 2 ގައި 5 އިންޗި ފުލް އެޗްޑީ ސްކްރީންއެއް ހުންނައިރު ޕިކްސްލް 2 ގައި ހުންނަނީ 2880× 1440 ގެ ޕީ އޯލެޑް ޑިސްޕްލޭއެކެވެ. ޕިކްސްލް 2 އިން އިއުލާންކޮށްފައިވާ 2 ފޯންގައިވެސް އެންމެ ފަހުގެ ޕްރޮސެސާ ހިމަނާފައިވާއިރު 4 ޖީބީ ރެމް ހިމަނާފައިއެވެ. މީގެ އިތުރުން 12.2 މެގަ ޕިކްސްލްގެ ފަހަތު ކެމެރާއެއް ހުރެއެވެ. ގޫގުލްއިން ބުނާގޮތުގައި މިއީ ފޯންއެއްގައި ހުންނާނެ އެންމެ ވަރުގަދަ ކެމެރާއެވެ. ގޫގުލްގެ އައު ފޯންގައި ވަޔަލެސް ޗާގިންގް ނުހުންނައިރު ހެޑްފޯން ޖެކެއްވެސް ނުހުރެވެ. މީގެ ބަދަލުގައި އިންނަނީ ޔޫއެސްބީ - ސީ ޕޯޓެއް އެކަންޏެވެ. ޕިކްސްލް 2 އާއި 2 އެކްސްއެލް ފޯންތައް 15 މިނެޓް ތެރޭގައި 7 ގަޑިއިރު ބޭނުންކުރެވޭވަރަށް ޗާޖް ކުރެވޭނެއެވެ.

ގޫގުލްއިން ވަނީ ޕިކްސްލްގެ އައު ފޯނުގައި ޕިކްސްލް 1 ގެ ވަރަށް ގިނަ ފީޗާޒްތައް ހިފަހައްޓާފައިއެވެ. ޕިކްސެލް 2 ފޯންތަކުގެ އަރިމައްޗަށް ފިއްތާލުމުން ހާއްސަ ފީޗާއެއް ބޭނުންކުރެވެއެވެ. މިއަށް ގޫގުލްއިން ކިޔަނީ "އެކްޓިވް އެޖް' އެވެ.

ޕިކްސްލް ފޯންއާއިއެކު ގޫގުލް އިން އިއުލާނުކުރި ' ޕިކްސްލް ބަޑްސް'، ވަޔަރލެސް ހެޑްސެޓުގެ އަގަކީ 149 ޑޮލަރެވެ. ގޫގުލް ބަޑްސް އާއިއެކު ލިބޭ ވަޔާލެސް ޗާގިންގް ކޭސްއިން 5 ފަހަރު ހެޑްފޯންސް ފުލް ޗާޖް ކުރެވެއެވެ.

ގޫގުލް ޕިކްސްލް 2 އަދި ޕިކްސެލް 2 އެކްސްއެލް ވިއްކަން ފެށުމަށް ނިންމާފައިވަނީ މި އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ދިވެހި ވިޔަފާރިތަކަށް އުރީދޫ ބިޒްނަސްގެ ފަރާތުން ގޫގުލް ވާކްސްޕޭސް

ދިވެހި ވިޔަފާރިތަކަށް އުރީދޫ ބިޒްނަސްގެ ފަރާތުން ގޫގުލް ވާކްސްޕޭސް

16 އޮކްޓޯބަރު 2025
ޓިކްޓޮކް އެނބުރި އެޕަލް އަދި ގޫގުލްގެ އެޕް ސްޓޯ ތަކަށް

ޓިކްޓޮކް އެނބުރި އެޕަލް އަދި ގޫގުލްގެ އެޕް ސްޓޯ ތަކަށް

14 ފެބުރުއަރީ 2025
ޖީޑީޕީއާރް އިއުލާންކުރުމާއެކު ގޫގުލްް އަދި ފޭސްބުކް އާއި ދެކޮޅަށް ބިލިއަން ޑޮލަރުގެ މައްސަލަތަކެއް

ޖީޑީޕީއާރް އިއުލާންކުރުމާއެކު ގޫގުލްް އަދި ފޭސްބުކް އާއި ދެކޮޅަށް ބިލިއަން ޑޮލަރުގެ މައްސަލަތަކެއް

27 މެއި 2018
ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި

ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި

29 މެއި 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު