Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮންމެބޯލް

ކޮޕާ އެމެރިކާާ ދެން އޮންނާނީ ކުރިން އޮތް ގޮތަށް ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު

13 އޯގަސްޓު 2026 | ބުރާސްފަތި 05:51

މި ނިންމުމާއެކު، ދެން އެންމެ އަވަހަށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު. މިއީ އެންމެ ފަހުން އެމެރިކާގައި ބޭއްވި 2024 ވަނަ އަހަރުގެ މުބާރާތަށް ފަހު ހަތަރު އަހަރު ފުރޭ އަހަރު. އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާޖެންޓީނާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2026 | ބުރާސްފަތި 05:51
2024 ވަނަ އަހަރު އޮތް ކޮޕާ އެމެރިކާ މުބާރާތުގެ ތަށި އާޖެންޓީނާ އިން އުފުލާލަނީ

2024 ވަނަ އަހަރު އޮތް ކޮޕާ އެމެރިކާ މުބާރާތުގެ ތަށި އާޖެންޓީނާ އިން އުފުލާލަނީ | ރޮއިޓާސް

ދެކުނު އެމެރިކާގެ ޤައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ، މީގެ ފަހުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބޭއްވުމުގެ އުސޫލު އަލުން ދެމި އޮންނާނެ ކަމަށް ކޮންމެބޯލް އިން ކަށަވަރުކޮށްދީފި އެވެ.

މި ނިންމުމާއެކު، ދެން އެންމެ އަވަހަށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު އެވެ. މިއީ އެންމެ ފަހުން އެމެރިކާގައި ބޭއްވި 2024 ވަނަ އަހަރުގެ މުބާރާތަށް ފަހު ހަތަރު އަހަރު ފުރޭ އަހަރެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާޖެންޓީނާ އެވެ.

ދުނިޔޭގައި މިހާރު ބާއްވަމުންދާ ބައްރުތަކުގެ މުބާރާތްތަކުގެ ތެރެއިން އެންމެ ދިގު ތާރީޚެއް އޮތް ކޮޕާ އެމެރިކާގެ 110 އަހަރުވީ ތާރީޚަށް ބަލާއިރު، މި މުބާރާތް ބާއްވާ ތާވަލަށް އެކި ދުވަސްވަރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި އެވެ. ބައެއް ފަހަރު ކޮންމެ ހަތަރު އަހަރަކުން، ތިން އަހަރަކުން ނުވަތަ ދެ އަހަރަކުން އެއް ފަހަރު މުބާރާތް ބާއްވާފައިވާއިރު، ކޮންމެ އަހަރަކު އެއްފަހަރު ވެސް މުބާރާތް ބާއްވާފައިވެ އެވެ. އަދި ބައެއް ދުވަސްވަރު މުބާރާތް ނުބާއްވާ އަށް އަހަރުގެ ދިގު މެދުކެނޑުމެއް ވެސް އައިސްފައިވެ އެވެ.

މި މުބާރާތް ބާއްވާ ތާވަލަށް އެންމެ ފަހުން ބޮޑު ބަދަލެއް އައީ 2001 އާއި 2007 އާ ދެމެދުގައި އެވެ. އެ މުއްދަތުގައި ކޮންމެ ތިން އަހަރަކުން އެއް ފަހަރު މުބާރާތް ބޭއްވުމަށް ފަހު، ޔޫރަޕުގެ ޔޫރޯ ފުޓުބޯޅަ މުބާރާތާ އެއްގޮތަށް، ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ މުބާރާތަކަށް ކޮޕާ އެމެރިކާ ވަނީ ބަދަލުކޮށްފައި އެވެ. ނަމަވެސް މުބާރާތަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް 2016 ވަނަ އަހަރު ކޮންކާކަފްގެ ގައުމުތަކާ އެކު ޚާއްސަ މުބާރާތެއް ބޭއްވި އެވެ. މިއީ 2015 ވަނަ އަހަރުގެ މުބާރާތަށް ފަހު އެންމެ އަހަރެއްގެ ތެރޭގައި ބޭއްވި މުބާރާތެކެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު މުބާރާތް ބޭއްވުމަށް ފަހު، ޔޫރޯ މުބާރާތާ އެއް ތާރީޚުތަކެއްގައި މުބާރާތް ބޭއްވުމުގެ ބޭނުމުގައި 2020 ވަނަ އަހަރު މުބާރާތް ބޭއްވުމަށް ނިންމި އެވެ. އެހެން ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ މުބާރާތް ފަސްކުރަން ޖެހުމުން، އެ މުބާރާތް ބޭއްވުނީ 2021 ވަނަ އަހަރު އެވެ. މި ހުރިހާ ބަދަލުތަކަކަށް ފަހު، 2024 ވަނަ އަހަރު މުބާރާތް ބާއްވާފައިވާއިރު، ދެން އޮންނަ މުބާރާތްތައް ކުރިއަށް ދާނީ ހަތަރު އަހަރުން އެއް ފަހަރު އެވެ. 

މިހާރު ހަމަޖެހިފައިވާ ގޮތުން 2028 ވަނަ އަހަރުގެ މުބާރާތް ބާއްވާނެ ޤައުމެއް ރަސްމީކޮށް އިއުލާާން ކޮށްފައި ނުވެ އެވެ. ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މި މުބާރާތް އަނެއްކާ ވެސް އެމެރިކާގައި ބޭއްވުމުގެ ފުރުސަތު ބޮޑެވެ. އަދި މި މުބާރާތުގައި ވާދަކުރުމަށް މެކްސިކޯ އަށް ދައުވަތު ދިނުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. 

ކޮޕާ އެމެރިކާކޮންމެބޯލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 މާރިޗު 2026

މެދު އިރުމަތީގެ ހަމަނުޖެހުމާާ ގުޅިގެން، ސްޕެއިން އާއި އާޖެންޓިނާގެ ފައިނަލިސިމާ މެޗު ކެންސަލް ކޮށްފި

17 މާރިޗު 2026
މެދު އިރުމަތީގެ ހަމަނުޖެހުމާާ ގުޅިގެން، ސްޕެއިން އާއި އާޖެންޓިނާގެ ފައިނަލިސިމާ މެޗު ކެންސަލް ކޮށްފި
08 ޖޫން 2024

ކޮޕާ އެމެރިކާ، ޔުނައިޓެޑް ސްޓޭޓްސްގައި ބާއްވަނީ ކީއްވެ؟

08 ޖޫން 2024
ކޮޕާ އެމެރިކާ، ޔުނައިޓެޑް ސްޓޭޓްސްގައި ބާއްވަނީ ކީއްވެ؟
12 އޮކްޓޯބަރު 2022

ފީފާގެ ކުރިއަށް އޮތް ދައުރަށް ކޮންމެބޯލްގެ ތާއީދު އިންފަންޓީނޯއަށް

12 އޮކްޓޯބަރު 2022
ފީފާގެ ކުރިއަށް އޮތް ދައުރަށް ކޮންމެބޯލްގެ ތާއީދު އިންފަންޓީނޯއަށް
03 އޯގަސްޓު 2022

ހަތަރު ޤައުމަކުން ގުޅިގެން 2030ގެ ވޯލްޑް ކަޕް ބާއްވަން ބިޑުކުރަނީ

03 އޯގަސްޓު 2022
ހަތަރު ޤައުމަކުން ގުޅިގެން 2030ގެ ވޯލްޑް ކަޕް ބާއްވަން ބިޑުކުރަނީ
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
07 ޖުލައި 2021

ފައިނަލުގެ ފަހު ޖާގަ އާޖެންޓީނާއަށް

07 ޖުލައި 2021
ފައިނަލުގެ ފަހު ޖާގަ އާޖެންޓީނާއަށް
06 ޖުލައި 2021

ޕެރޫ ބަލިކޮށް ބްރެޒިލް ފައިނަލަށް

06 ޖުލައި 2021
ޕެރޫ ބަލިކޮށް ބްރެޒިލް ފައިނަލަށް
04 ޖުލައި 2021

މެސީއަށް ކޮޕާ އެމެރިކާ ހައްގު: ރޮނާލްޑޯ

04 ޖުލައި 2021
މެސީއަށް ކޮޕާ އެމެރިކާ ހައްގު: ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް