Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްއަރިއާނާ ގްރާންޑޭ

މީހުން ފާޑުކިޔާތީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ އާންމުންގެ ލޯތަކުން ގެއްލެނީ

3 އޯގަސްޓު 2026 | ހޯމަ 08:48

އަރިއާނާ ގްރާންޑޭގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކުގެ ސަބަބުން، މިހާރު ކުރިއަށްދާ ޓުއާ ނިންމާލުމަށްފަހު އާންމުންގެ ލޮލަށް ނުފެންނާނެހެން އެކަހެރިވުމަށް އޭނާ ވަނީ ނިންމާފަ. މި ނިންމުމާއެކު ލަންޑަނުގައި ހުށަހަޅައިދޭން އޮތް މިއުޒިކަލް ޕްރޮޑަކްޝަނުންވެސް އޭނާ ވަނީ ވަކިވެފަ. އޭނާގެ މަންދޫބު ބުނި ގޮތުގައި މި ބްރޭކް ނަގަނީ ނަފްސާނީ ދުޅަހެޔޮކަން އިސްކޮށް، ނިމުމެއް ނެތް ފާޑުކިޔުންތަކުން ސަލާމަތްވުމަށް

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 08:48
ކެލިފޯނިއާގެ ބެވަރލީ ހިލްސްގެ ބެވަރލީ ހިލްޓަންގައި 2026 ޖެނުއަރީ 11 ގައި ބޭއްވި 83 ވަނަ ގޯލްޑަން ގްލޯބް އެވޯޑްސް ހަފްލާގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ ބައިވެރިވަނީ

ކެލިފޯނިއާގެ ބެވަރލީ ހިލްސްގެ ބެވަރލީ ހިލްޓަންގައި 2026 ޖެނުއަރީ 11 ގައި ބޭއްވި 83 ވަނަ ގޯލްޑަން ގްލޯބް އެވޯޑްސް ހަފްލާގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ ބައިވެރިވަނީ | ގެޓީ އިމޭޖަސް

އަންނަ މަހު "އިޓާނަލް ސަންޝައިން" ޓުއާ ނިންމާލުމަށްފަހު، މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ އާންމުންގެ ތެރެއަށް ނުކުތުން ހުއްޓާލުމަށާއި، ލަންޑަނުގައި ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ މިއުޒިކަލް ޕްރޮޑަކްޝަނެއްގައި ބައިވެރިނުވާން ނިންމައިފި އެވެ.

އުމުރުން 33 އަހަރުގެ އެމެރިކާގެ ލަވަކިޔުންތެރިޔާގެ މަންދޫބަކު "ޕީޕަލް" މެގަޒިނަށް މައުލޫމާތު ދެމުން ބުނީ، އޭނާ އާންމުންގެ ތެރެއަށް ނުކުމެ އުޅުމުގެ ސަބަބުން "ނިމުމެއް ނެތް ފާޑުކިޔުންތަކާ" ކުރިމަތިލާންޖެހޭތީ، މިހާރު ކުރިއަށްދާ ޓުއާ ނިމުމުން އާންމުންގެ ލޮލަށް ނުފެންނާނެހެން އެކަހެރިވުމަށް ގްރާންޑޭ ނިންމާފައިވާ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ގްރާންޑޭގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއި އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އާންމުންގެ މެދުގައި ތަފާތު ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.

މިދިޔަ ހުކުރު ދުވަހު ނެރުނު އޭނާގެ އާ އަލްބަމް "ޕެޓަލް" އާއި، އެ އަލްބަމް އިޝްތިހާރު ކުރުމަށް އާންމުކުރި މަންޒަރުތަކާއެކު، އޭނާގެ ސިއްހަތާ މެދު ކުރެވޭ ތުހުމަތުތައް ވަނީ އިތުރަށް ގަދަވެފަ އެވެ.

ގްރާންޑޭގެ އައު އަލްބަމް "ޕެޓަލް" ގެ ބައެއް މަންޒަރުތައް

ގްރާންޑޭގެ މަންދޫބު "ޕީޕަލް" މެގަޒިނަށް ބުނީ، އޭނާ ބޭނުންވަނީ ވަރަށް އުފާވެރިކަމާއެކު އަދި ސިއްހަތު ސަލާމަތުން ހުރެ މި ޓުއާ ނިންމާލުމަށް ކަމަށެވެ. އަދި އޭގެ ފަހުން އާންމުންގެ ކުރިމައްޗަށް ނުކުމެ ކުރާ މަސައްކަތްތަކުން ބްރޭކެއް ނަގާނީ، އޭނާއަށް އަމާޒުވާ ނިމުމެއް ނެތް ފާޑުކިޔުންތަކުން ސަލާމަތްވުމަށް ކަމަށްވެސް މަންދޫބު ފާހަގަކުރި އެވެ.

އިތުރަށް މަންދޫބު ބުނި ގޮތުގައި، ގްރާންޑޭ ހުށަހަޅައިދެނީ ހަށިގަނޑަށް ވަރަށް ބުރަ، ކަސްރަތީ ހަރަކާތްތައް ގިނަ ޝޯތަކެކެވެ. އަދި ކޮންމެ ރެއަކުވެސް އޭނާ ޝޯތައް ހުށަހަޅައިދެނީ ވަރަށް ދުޅަހެޔޮކަމާއެކު، މަތީ ފެންވަރެއްގައި ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޓުއާގެ އެންމެ ފަހު ޝޯ އޮންނާނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ލަންޑަނުގަ އެވެ.

"ތޭންކް ޔޫ، ނެކްސްޓް" އަދި "7 ރިންގްސް" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ ގްރާންޑޭ، 1984 ވަނަ އަހަރުގެ މަޝްހޫރު މިއުޒިކަލް "ސަންޑޭ އިން ދަ ޕާކް ވިތު ޖޯޖް" ގައި ފެންނާނެ ކަމަށް ކުރިން އޮތީ އިއުލާންކޮށްފަ އެވެ. މި ޕްރޮޑަކްޝަނުގައި އޭނާއާއެކު ފެންނާނީ "ވިކެޑް" ފިލްމުންވެސް ފެނިގެންދާ އިނގިރޭސި އެކްޓަރު ޖޮނަތަން ބެއިލީ ކަމަށް ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.

އަރިއާނާ ގްރާންޑޭމުނިފޫހިފިލުވުންމިއުޒިކް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 ޖުލައި 2026

ނޯލަންގެ "ދި އޮޑިސީ" އެކްސް ގައި ލީކުވެ 2 މިލިއަން މީހުން ބަލައިފި

27 ޖުލައި 2026
ނޯލަންގެ "ދި އޮޑިސީ" އެކްސް ގައި ލީކުވެ 2 މިލިއަން މީހުން ބަލައިފި
25 ޖުލައި 2026

އޯގަސްޓު މަހު ނުކުންނާނެ 5 ފިލްމެއް

25 ޖުލައި 2026
އޯގަސްޓު މަހު ނުކުންނާނެ 5 ފިލްމެއް
20 ޖުލައި 2026

ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި، މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބަރ ފަދަ މަޝްހޫރު ތަރިންގެ ވިދުވަރުން ދިއްލާލައިފި

20 ޖުލައި 2026
ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި، މެޑޯނާ، ބީޓީއެސް، ޝަކީރާ އަދި ޖަސްޓިން ބީބަރ ފަދަ މަޝްހޫރު ތަރިންގެ ވިދުވަރުން ދިއްލާލައިފި
02 ފެބުރުއަރީ 2026

68 ވަނަ ގްރެމީ އެވޯޑްސްގައި، އަހަރުގެ އެންމެ މޮޅު އަލްބަމްގެ މަގާމު "ބޭޑް ބަނީ"

02 ފެބުރުއަރީ 2026
68 ވަނަ ގްރެމީ އެވޯޑްސްގައި، އަހަރުގެ އެންމެ މޮޅު އަލްބަމްގެ މަގާމު "ބޭޑް ބަނީ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް