Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކ. މާފުށި

މާފުށީ ތޮށިމައްޗަށް އުރުނު ސަފާރީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެއްޖެ

31 ޖުލައި 2026 | ހުކުރު 07:01

މިހާރު ކުރަމުންދާ ވިއްސާރައިގައި ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް، އެ ރަށު ތޮށިމައްޗަށް ލައްވެ އެއްކޮށް ވަނީ ފުނޑުފުނޑުވެފައި. މި ހާދިސާ ހިނގި ވަގުތު އުޅަނދުގައި ތިބި ފަސް މީހުން މޫދަށް ފުންމާލައިގެން ރަށަށް އަރާފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޖުލައި 2026 | ހުކުރު 07:01
މާފުށީގެ ތޮށިމައްޗަށް އުރުނު ސަފާރީ ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެފައި

މާފުށީގެ ތޮށިމައްޗަށް އުރުނު ސަފާރީ ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެފައި | ސަން އޮންލައިން

ކ. މާފުށީގައި ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް އެރަށު ތޮށިމައްޗަށް ލައްވެ، ފުނޑުފުނޑުވެއްޖެ އެވެ.

މިހާދިސާ ހިނގީ ހުކުރު ދުވަހުގެ ހެނދުނު 9:30ހާއިރު އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިބާރުވެ، ރަށު ބޭރުގައި އަޅާފައި އޮތް އެ ސަފާރީގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އަދި ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން އެ ސަފާރީ އެރަށުގެ ތޮށިމައްޗަށް އުރުނީ ކަމަށާއި، މާގިނައިރުތަކެއް ނުވެ، ބިޔަ ރާޅުތަކާއެކު ސަފާރީ ވަނީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ. 

މާފުށީ މީހެއް ބުނީ، ސަފާރީގެ ނަގިލި ކަނޑައިގެން ދިޔައިރު އެއުޅަނދުގައި މީހުން ތިބި ކަމަށާއި، ތޮށިމައްޗަށް ލައްވާން ފެށުމާއެކު އޭގައި ތިބި އެންމެން މޫދަށް ފުންމާލައި އެ ރަށަށް އެރި ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމީހާ ބުންޏެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަގުތު ސަފާރީގައި ތިބީ ސްރީލަންކާ އަދި އިންޑިއާ އަށް ނިސްބަތްވާ ޖުމްލަ 5 މީހުންނެވެ. 

ނަމަވެސް މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި ކަމާގުޅުން ހުރި އެއްވެސް އިދާރާއެއްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެންކަމުން ސަފާރީގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންގެ ސީދާ އަދަދު ވަނީ ކަށަވަރު ކުރެވޭ ގޮތް ނުވެފަ އެވެ. 

ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކަނޑުމަތީގެ ހާދިސާތައް ހިނގުން އިތުރުވެ އެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކ. މާފުށިސަފާރީމޫސުން ގޯސްވުންހުޅަނގު މޫސުން

އިތުރަށް ކިޔާލަން

30 މެއި 2026

މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

30 މެއި 2026
މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު
14 މެއި 2026

މަރުވި މިހާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅަ އެއްގެ ތެރެއިން، ބަކީ 4 ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ އެ ހޮހަޅައިގަ: އެމްއެމްޑީއެފް

14 މެއި 2026
މަރުވި މިހާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑީގައި ހުރި ހޮހަޅަ އެއްގެ ތެރެއިން، ބަކީ 4 ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ އެ ހޮހަޅައިގަ: އެމްއެމްޑީއެފް
14 މެއި 2026

5 މީހުން މަރުވެއްޖެއޭ ބުނެވުނީ އޮޅުމަކުން، ފެނުނީ އެކަކު މަރުވެފައި ވަނިކޮށް: ފުލުހުން

14 މެއި 2026
5 މީހުން މަރުވެއްޖެއޭ ބުނެވުނީ އޮޅުމަކުން، ފެނުނީ އެކަކު މަރުވެފައި ވަނިކޮށް: ފުލުހުން
07 މާރިޗު 2026

އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

07 މާރިޗު 2026
އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ
08 ޖެނުއަރީ 2026

ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ވަރުގަދަ ކޮޅިގަނޑުގެ އަސަރު ހުކުރު ދުވަހު ލަންކާ އަށް ކުރާނެ އަތީ ސަމާލު ވުމަށް އެދިއްޖެ

08 ޖެނުއަރީ 2026
ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ވަރުގަދަ ކޮޅިގަނޑުގެ އަސަރު ހުކުރު ދުވަހު ލަންކާ އަށް ކުރާނެ އަތީ ސަމާލު ވުމަށް އެދިއްޖެ
21 ނޮވެމްބަރު 2025

ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ފެތުމުގެ މުބާރާތް 2026 ވަނަ އަހަރު މާފުށީގައި ބާއްވަނީ

21 ނޮވެމްބަރު 2025
ދުނިޔޭގެ އެންމެ ބޮޑު އޯޕަންވޯޓާ ފެތުމުގެ މުބާރާތް 2026 ވަނަ އަހަރު މާފުށީގައި ބާއްވަނީ
16 އޮކްޓޯބަރު 2025

ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް އިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

16 އޮކްޓޯބަރު 2025
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް އިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ
06 އޮކްޓޯބަރު 2025

ކައުންސިލް ރައީސްގެ ބަންދާ ގުޅިގެން ރަށުގެ ތަރައްގީއަށް އަސަރުކުރާނެ ކަމަށް މާފުށި ކައުންސިލުން ބުނެފި

06 އޮކްޓޯބަރު 2025
ކައުންސިލް ރައީސްގެ ބަންދާ ގުޅިގެން ރަށުގެ ތަރައްގީއަށް އަސަރުކުރާނެ ކަމަށް މާފުށި ކައުންސިލުން ބުނެފި
21 އޯގަސްޓު 2025

ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި

21 އޯގަސްޓު 2025
ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި
04 އޯގަސްޓު 2025

ކަނޑުދަތުރފަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

04 އޯގަސްޓު 2025
ކަނޑުދަތުރފަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް