Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑްރަގްސް

ސްކޫލްތަކުގައި އާވައްތަރެއްގެ ޑްރަގެއް ދައުރުވަމުންދާ ވާހަކައަކީ ދޮގެއް: ޕޮލިސް

އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކަށް ފުލުހުންނަށް ހުށަހަޅާފައެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2017 | ހޮނިހިރު 09:25
ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށް ބުނާ ޑްރަގްސް

ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށް ބުނާ ޑްރަގްސް

ރާއްޖޭގެ ސުކޫލުތަކުގައި މަސްތުވާތަކެތީގެ އާވައްތަރެއް ދައުރުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ މެސެޖަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ "ނިއު ޑްރަގް އިން ސްކޫލްސް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ފެތުރެމުންދާ އެފަދަ އެއްވެސް މައްސަލައެއް ނުވަތަ އެ މެސެޖްގައި ބަޔާންކޮށްފައިވާ ހާލަތަށް ނިސްބަތްވާ މައްސަލައެއް އެއްވެސް ސްކޫލަކުން ނުވަތަ ޓީޗަރެއްގެ ފަރާތުން އަދި ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރާތަކުން ވެސް ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވާ އެމެސެޖްގެ އަސްލަށް ބަލާރު ވެސް އެއީ ހަގީގަތެއް އެކުލެވިގެންވާ މައުލޫމާތެއް ނޫން ކަމަށް ފުލުހުންނަށް ޔަގީންކުރެވޭ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހަގީގަތާ ހިލާފު އަސްލެއް ނެތް މައުލޫމާތު ދައުރު ނުކުރުމަށާއި، ސޯޝަލް މީޑިއާގައި އެފަދަ މެސެޖު ދައުރުކުުރުމުގައި ޒިންމާާދާރުވުމަށް ނަސޭހަތްތެރިވާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ އެ މެސެޖްގައި ބުނެފައި ވަނީ "ސްޓްރޯބެރީ ކްއިކް" ނަމަކަށް ކިޔާ ޑްރަގެއް ސްކޫލްތަކުގައި ދައުރުކުރަމުންދާ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ޗޮކްލެޓް ނުވަތަ ކޭންޑީއެއްގެ ގޮތުގައި މީހުން އެ ޑްރަގު ދެމުންދާ ކަމަށާއި އޭގެ ރަހަތައް ހުންނަނީ ކުޑަކުދިން ގަޔާވާ ކަހަލަ ރަހަތަކުގައި ކަމަށެވެ. އެހެންކަމުން ގޮތް ނޭނގޭ މީހުން ދޭ އެފަދަ ތަކެތި ބޭނުން ނުކުރުމަށް ދަރިވަރުންނަށް ވަނީ ނަސޭހަތްތެރި ވެފައެވެެ.

މި މެސެޖަކީ މީގެ އަހަރުތަކެއް ކުރިން ވެސް ސޯޝަލް މީޑިއާގައި އާންމުވި މެސެޖެކެވެ. އަލުން މި މެސެޖް ދައުރުވާން ފަށާފައި މި ވަނީ ހުޅުމާލޭގައި ދެ ކުއްޖަކު މަރުވި ހާދިސާފައި އެ ކުދިން ޕާޓީ ޑްރަގްސް ބޭނުންކުރިކަމުގެ ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި "ނިއު ޑްރަގް އިން ސްކޫލްސް"ގެ ނަމުގައި މެސެޖެއް ދައުރުވަމުންދާއިރު، އައްވައްޓެރި އިންޑީއާގައި މިފަދަ ޑްރަގެއް ދައުރުވަމުންދާ ކަމަށް ބުނާ މެސެޖްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެެ. އަދި އިންޑިއާގެ ބައެއް މީޑިއާތަކުން ވެސް އެކަން ރިޕޯޓް ކޮށްފައި ވެއެވެ.

މީގެ ކުރިން ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އާ ބާވަތެއްގެ މަސްތުވާތަކެތި ނުވަތަ އާންމުކޮށް ނުފެންނަ ވައްތަރުގެ ޕާޓީ ޑްރަގްސްތަކެއް ފެނިފައިވާކަން ފުލުހުންނަށް އެނގިފައިވާ ކަމަށެވެ. އަދި އެ ވައްތަރުގެ ޑްރަގްސްއަކީ އޯވާރޑޯޒް ވެގެން މަރުވެސް ވެދާނެ އެއްޗެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޫލްތަކުގައި ކުލަގަދަކޮަށް ގައުމީ ދުވަސް ފާހަގަކޮށްފި

ސްކޫލްތަކުގައި ކުލަގަދަކޮަށް ގައުމީ ދުވަސް ފާހަގަކޮށްފި

20 ނޮވެމްބަރު 2017
ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ފިނޭންސް

ބަޖެޓްގެ ތަފްސީލް ރިޕޯޓް މަޖިލީހަށް ނުފޮނުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ފިނޭންސް

14 ނޮވެމްބަރު 2017
ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް

ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް

16 އޮކްޓޯބަރު 2017
ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށްބުނާ ޒާތުގެ މަސްތުވާތަކެތި ތަކެއް އަތުލައިގަނެފި

ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށްބުނާ ޒާތުގެ މަސްތުވާތަކެތި ތަކެއް އަތުލައިގަނެފި

16 އޮކްޓޯބަރު 2017
އަސްކަރީ ތަމްރީންތަކުގެ ވާހަކައަކީ ދޮގު ޚަބަރެއް : އެމްއެންޑީއެފް

އަސްކަރީ ތަމްރީންތަކުގެ ވާހަކައަކީ ދޮގު ޚަބަރެއް : އެމްއެންޑީއެފް

04 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު