Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްގިލަން ފިލްމު

11 އަހަރުދުވަހު މަސައްކަތްކޮށްގެން އުފެއްދި "ގިލަން" އެންމެ ފަހުން އޮލިމްޕަހަށް

ޕްރިމިއާ ނައިޓުގައި ވާހަކަ ދައްކަވަމުން އަމްޖޭ ވިދާޅުވީ، ގިލަން ފިލްމު ވުޖޫދަށް ގެނެވުނީ އަމްޖޭގެ މަންމަގެ ވެސް ވަރަށް ބުރަ މަސައްކަތުން ކަމަށް. ނަމަވެސް، މިއަދު މަންމަ ދުނިޔޭގައި ނެތުމަކީ ވަރަށް ބޮޑު އުނި ކަމެއް ކަމަށް ވެސް އަމްޖޭ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 12:40
ގިލަން ފިލްމުގެ ޕްރިމިއާ ނައިޓުގެ ތެރެއިން.

ގިލަން ފިލްމުގެ ޕްރިމިއާ ނައިޓުގެ ތެރެއިން. | ރާއްޖެ އެމްވީ

މަޝްހޫރު ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓުކުރި 50 ވަނަ ފިލްމު ގިލަން، އޮލިމްޕަހުގައި އަޅުވައިފި އެވެ. 

މި ފިލްމު އޮލިމްޕަހުގައި އަޅުވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ. ފިލްމުގެ ޕްރިމިއާ ނައިޓުގައި ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެފައިވާއިރު، މި ފިލްމު ވުޖޫދަށް އައިސްފައި މި ވަނީ 11 އަހަރު ދުވަހުގެ މަސައްކަތަށް ފަހު އެވެ.

ފިލްމުގެ ޕްރިމިއާ ނައިޓުގައި ވަނީ އަމްޖޭގެ އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޚާއްސަ ޝީލްޑެއް ވެސް ދީފަ އެވެ. އަމްޖޭ އަކީ ދިވެހި ފިލްމީ ދާއިރާ އަށް އެތައް ޚިދުމަތް ތަކެއް ކުރައްވައި، އެތައް ފިލްމު ތަކެއް ވުޖޫދަށް ގެނެސް ދެއްވާފައިވާ ކުޅަދާނަ ޑައިރެކްޓަރެކެވެ.

ޕްރިމިއާ ނައިޓުގައި ވާހަކަ ދައްކަވަމުން އަމްޖޭ ވިދާޅުވީ، ގިލަން ފިލްމު ވުޖޫދަށް ގެނެވުނީ އަމްޖޭގެ މަންމަގެ ވެސް ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. ނަމަވެސް، މިއަދު މަންމަ ދުނިޔޭގައި ނެތުމަކީ ވަރަށް ބޮޑު އުނި ކަމެއް ކަމަށް ވެސް އަމްޖޭ ވިދާޅުވި އެވެ. މީގެ އިތުރުން އަމްޖޭ އަށް 50 ވަނަ ފިލްމު ހެދުނީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި، އެ އެންމެނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށް އަމްޖޭ ވިދާޅުވި އެވެ.

މި ފިލްމުގެ މައިގަނޑު ލީޑު ރޯލުތަކުން ފެނިގެން ގޮސްފައި ވަނީ ދިވެހި ސިނަމާގެ އެންމެ ނަގާ ކިޔާ ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި، ހިތްގައިމު އެކްޓިންއެއް ދައްކަމުން އަންނަ ފާތުމަތު އަޒީލާ (އަޒޫ) އެވެ. މީގެ އިތުރުން، ހުނަރުވެރި އެކްޓަރު އަޙްމަދު ސައީދު މުހިންމު ސަޕޯޓިން ރޯލަކުން ފެނިގެންދާ އިރު، އައިމިނަތު ނޫރާގެ ހުނަރުވެރިކަން މި ފިލްމުން ބެލުންތެރިންނަށް ފެނިގެން ގޮސްފައިވެ އެވެ.

ފިލްމުގެ ބައެއް ތަރިން ބުނެފައި ވަނީ އަމްޖޭގެ 50 ވަނަ ފިލްމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. ގިނަ ދުވަސް ތަކަކަށް ފަހު ފިލްމު ވުޖޫދަށް އައި ނަމަވެސް، ފިލްމަކީ ބެލުންތެރިން ބަލާ ހިތްވާ އަދި ހިތްގައިމު ފިލްމަކަށް ވާނެ ކަމަށް ފަންނާނުން ވަނީ ބުނެފައި އެވެ. 

ގިލަން ފިލްމަކީ އާއިލީ ގުޅުން ތަކާއި، ސިއްރު ލޯބީގެ ކަންތައް ތަކެއްގެ މައްޗަށް ބިނާ ކޮށްފައިވާ ޝައުގުވެރި ވާހަކަ އެއްގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް ވާހަކައިގެ ކުންނާ ހަމައަށްދާއިރު، ބެލުންތެރިން ސިއްސުވާލާނެ ފަދަ ރޫހާނީ ކަންތައް ތަކެއް މި ފިލްމުގައި ފޮރުވިފައިވެ އެވެ.

މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ މުޙައްމަދު ޤާސިމްގެ ސްކްރީން ޕްލޭ އަކަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.

ގިލަން ފިލްމުއަމްޖަދު އިބްރާހިމް

އިތުރަށް ކިޔާލަން

06 ޖޫން 2026

އަމްޖޭގެ 50 ވަނަ ފިލްމު "ގިލަން" ރިލީޒްކުރުން މި ޖޫން މަހު 30ގައި

ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ފާތުމަތު އަޒީލާ (އަޒޫ) ލީޑް ރޯލުން ފެންނަ "ގިލަން" އަކީ އާއިލީ ގުޅުންތަކާއި ރޫހާނީ ކަންތައްތަކެއްގެ މައްޗަށް މުޙައްމަދު ޤާސިމް ލިޔެފައިވާ ފިލްމެެއް.

06 ޖޫން 2026
އަމްޖޭގެ 50 ވަނަ ފިލްމު "ގިލަން" ރިލީޒްކުރުން މި ޖޫން މަހު 30ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު