Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސިވިލާތުގެ ސިޔާސީ ތަޖުރިބާކާރު ސަރ ޑޮނަލްޑްސަންގެ މައްޗަށް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން މަގާމުތަކާއި، ނައިޓްހުޑް ލަގަބު ދޫކޮށްލަނީ

އުތުރު އަޔަލޭންޑުގެ ޑީ.ޔޫ.ޕީގެ ކުރީގެ ލީޑަރު ޖެފްރީ ޑޮނަލްޑްސަން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ 18 ކުށުގެ ތުހުމަތު ސާބިތުވުމާ ގުޅިގެން އޭނާއަށް ދީފައިވާ "ނައިޓްހުޑް" ލަގަބާއި ސަރުކާރުގެ މަތީ މަގާމުތައް ދޫކޮށްލަން ނިންމައިފި. 1985 އިން ފެށިގެން އެކި ދުވަސްވަރު ހިންގާފައިވާ މި ޖަރީމާތަކާ ގުޅިގެން އޭނާއަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބެލެވޭއިރު، އަންނަ ސެޕްޓެމްބަރު މަހު ހުކުމް އިއްވުމަށް ވަނީ ތާވަލުކޮށްފައި.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 08:30
ނޮދަން އަޔަލޭންޑުގެ ޑީ.ޔޫ.ޕީގެ ކުރީގެ ލީޑަރު ސަރ ޖެފްރީ ޑޮނަލްޑްސަން 2026 ޖޫން 22 ވާ ހޯމަ ދުވަހު ނިއުރީ ކޯޓު ހައުސްއަށް ހާޒިރުވަނީ.

ނޮދަން އަޔަލޭންޑުގެ ޑީ.ޔޫ.ޕީގެ ކުރީގެ ލީޑަރު ސަރ ޖެފްރީ ޑޮނަލްޑްސަން 2026 ޖޫން 22 ވާ ހޯމަ ދުވަހު ނިއުރީ ކޯޓު ހައުސްއަށް ހާޒިރުވަނީ. | ގެޓީ އިމޭޖަސް

އުތުރު އަޔަލޭންޑުގެ ސިޔާސީ ތަޖުރިބާކާރު ޖެފްރީ ޑޮނަލްޑްސަން، ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވުމާ ގުޅިގެން، އޭނާއަށް އަރުވާފައިވާ "ނައިޓްހުޑް" ލަގަބާއި އިނގިރޭސިވިލާތުގެ "ޕްރިވީ ކައުންސިލް" ގެ މެންބަރުކަން ދޫކޮށްލައްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީ (ޑީ.ޔޫ.ޕީ) ގެ ކުރީގެ ލީޑަރު ޖެފްރީ ޑޮނަލްޑްސަން، ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އޭނާގެ މައްޗަށް ކުރެވުނު 18 ތުހުމަތެއްގައި ކުށްވެރިވާކަމަށް މިދިޔަ ހޯމަ ދުވަހު ޖޫރީން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ރޭޕް ކުރުމުގެ އެއް ދައުވާވެސް ހިމެނެއެވެ.

މި ޖަރީމާތައް ހިންގާފައިވަނީ 1985 އާއި 2008 އާ ދެމެދު، އެ ދެ ކުދިންނަކީ ޕްރައިމަރީ ސްކޫލް އުމުރުގެ ކުދިންގެ ގޮތުގައި ތިއްބައެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ އެ ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާއަށް ޖިންސީ ގޯނާކުރަން ފަށާފައިވަނީ އެ ކުއްޖާގެ އުމުރުން އެންމެ 7 ނުވަތަ 8 އަހަރުގައެވެ. އަދި އެ ކުއްޖާގެ އުމުރުން 12 ނުވަތަ 13 އަހަރު ވަންދެން އެ އަމަލުތައް ވަނީ ހިންގާފައެވެ.

ޖެފްރީ ޑޮނަލްޑްސަންގެ ދެ އަންހެން ދަރިން ތިބި ނަމަވެސް، އެ ކުދިންގެ އުމުރުގެ ތަފްސީލަކީ އާންމުކޮށްފައިވާ މައުލޫމާތެއް ނޫނެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބުނު ކުދިން ކޯޓުގައި ފާހަގަކޮށްފައިވަނީ "ކޮމްޕްލެއިނަންޓް އޭ" އަދި "ކޮމްޕްލެއިނަންޓް ބީ" ގެ ނަމުންނެވެ. 1962 ވަނަ އަހަރު އުފަންވި  ޑޮނަލްޑްސަން ގެ އަންހެނުން އެލީނާއާ ކައިވެނި ކުރީ 1987 ވަނަ އަހަރުއެވެ. އެއީ ރިޕޯޓްތައް ބުނާގޮތުން މި ޖިންސީ ގޯނާގެ އަމަލުތައް ފެށުނު ފަހުންނެވެ.

ބީ.ބީ.ސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލަ ބެއްލެވި ފަނޑިޔާރު ޕޯލް ރަމްސޭ ވަނީ ޑޮނަލްޑްސަންއަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާގެ އަނބިކަނބަލުންގެ މައްޗަށްވެސް ފިރިމީހާގެ މި އަމަލުތަކަށް އެހީތެރިވިކަމުގެ ކުށް ސާބިތުވިއެވެ. ނަމަވެސް، ނަފްސާނީ ދުޅަހެޔޮކަން ހުރިގޮތުން އޭނާއަކީ ޝަރީއަތަށް ކުރިމަތިލެވޭ ފަދަ ހާލަތެއްގައި ހުރި މީހެއް ނޫންކަމަށް ފަނޑިޔާރު ވަނީ ކަނޑައަޅުއްވާފައެވެ. ދައުވާތަކަށް އިންކާރުކުރި ޑޮނަލްޑްސަންގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތާ އަޔަރލޭންޑް އާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަށް ވަކާލާތުކުރާ ޑީ.ޔޫ.ޕީ ގެ ލީޑަރުކަމުން ޑޮނަލްޑްސަން އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރު އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ. އޭނާގެ ވަކީލު ޖޯން މެކްބާނީ ބުދަ ދުވަހު ވިދާޅުވީ، ޑޮނަލްޑްސަންއަށް އަރުވާފައިވާ "ނައިޓްހުޑް" ލަގަބާއި، އިނގިރޭސި ރަސްގެފާނަށް ލަފާދޭ "ޕްރިވީ ކައުންސިލް" ގެ މެންބަރުކަން ދޫކޮށްލުމަށް އެދި ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

ޑީ.ޔޫ.ޕީ ގެ މިހާރުގެ ލީޑަރު ގަވިން ރޮބިންސަން ވިދާޅުވީ، ޝަރީއަތުގައި ހުށަހެޅުނު ހެކިތަކުގެ ސަބަބުން މުޅި ޕާޓީއަށް ބޮޑު ސިހުމެއް ލިބިފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކީ، އެމީހެއްގެ މަގާމާއި ހައިސިއްޔަތަށް ބަލައި ގާނޫނަށްވުރެ މަތީގައި ހުރެވޭނެ މީހެއް ނޫންކަމަށާއި، ޖެފްރީ ޑޮނަލްޑްސަންއަކީވެސް އޭގެ އިސްތިސްނާއެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު މިޝޭލް މެކްއިލްވީން އަންގާރަ ދުވަހު ވިދާޅުވީ، ޑޮނަލްޑްސަން އުޅެމުންދިޔައީ އޮޅުވާލުމުން ފުރިގެންވާ "ދެފުށް ދެގޮތް" ދިރިއުޅުމެއް ކަމަށެވެ.

ޖެފްރީ ޑޮނަލްޑްސަންނޯދަން އަޔަލެންޑްޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީއިނގިރޭސިވިލާތްއަޔަލޭންޑް

އިތުރަށް ކިޔާލަން

21 ޖޫން 2026

އިނގިރޭސިވިލާތުގެ އެޑިންބަރާގައި މުސްލިމުންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދީފި

21 ޖޫން 2026
އިނގިރޭސިވިލާތުގެ އެޑިންބަރާގައި މުސްލިމުންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދީފި
13 ޖޫން 2026

ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން!

13 ޖޫން 2026
ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން!
16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
05 ޖުލައި 2024

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
05 ޖުލައި 2024

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި
22 މެއި 2024

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

22 މެއި 2024
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
10 މެއި 2024

އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި

10 މެއި 2024
އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު