Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމްގެ ސިއްހީ ހާލުކޮޅު

ޤާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުނުކޮށްދިން މައްސަލަ ސިވިލް ކޯޓަށް ހުށައަޅައިފި

25 ސެޕްޓެމްބަރު 2017 | ހޯމަ 15:53

ޤާސިމްގެ ފުރާނައަށް ނުރައްކާވާ ގޮތަށް ކަރެކްޝަނަލް ސާރވިސުން އަންނަނީ އަމަލުކުރަމުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 25 ސެޕްޓެމްބަރު 2017 | ހޯމަ 15:53
ްާޤާސިމް އިބްރާހިމް - ޤާސިމް މި ވަގުތު ހުންނެވީ ސިންގަޕޫރުގައި

ްާޤާސިމް އިބްރާހިމް - ޤާސިމް މި ވަގުތު ހުންނެވީ ސިންގަޕޫރުގައި

ޤާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުނުކޮށްދިން މައްސަލަ ސިވިލް ކޯޓަށް ހުށައަޅައިފި އެވެ.

މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވާކަން ހާމަކޮށް، ޤާނޫނީ ވަކީލުން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޤާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ހުރަސް އެޅި، އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާގޮތަށް، މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ ފަރާތުން ޢަމަލުކުރައްވަމުންގެންދަވާކަމަށެވެ. އަދި މީހެއްގެ ބަލި ހާލަތާމެދު ގޮތް ކަނޑައަޅައި، ބަލިމީހަކަށް ދޭންޖެހޭ ފަރުވާ އާއި ބޭސްފަރުވާގެ މުއްދަތު، އިދާރީ ނިންމުމެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކަށް ނުނިންމޭނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޤާސިމްގެ ވަކީލުން ވިދާޅުވީ، ބަލިމީހެއްގެ ބޭސްފަރުވާ ކުރިއަށް ގެންދިޔުމުގެ ތަރުތީބުތަކާއި ހަމަތަކަކީ ފަންނީ ގޮތުން ޑޮކްޓަރުން ނިންމާ ނިންމުންތަކެއް ކަމަށާއި، އެހެންކަމުން، ފަންނީ ޑޮކްޓަރުންގެ ލަފަޔާ ޚިލާފަށް، އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ތަބާވާންޖެހޭ ޤާނޫނީ އޮނިގަނޑުގައި އެފަރާތުގެ މައްޗަށް ޢަމަލުކުރަން ލާޒިމުކުރާ އުޞޫލުތަކާވެސް ޚިލާފަށް، ޤާސިމް އިބްރާހީމްގެ ފުރާނައަށް ނުރައްކާވާގޮތަށް، ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ނުދިނުމަށް ނިންމާފައިވާ އަރބިޓަރީ ނިންމުމަކީ ޤާނޫނީ ގޮތުން ޞައްހަ ނިންމުމެއް ނޫންކަމަށްވާތީ އެމައްސަލަ ވާނީ ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅާފައި ކަމަށެވެ.

ޤާސިމް އިބްރާހިމް ވަނީ 20 ސެޕްޓެމްބަރ 2017 ދުވަހު ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލްގައި ކްރޮނެރީ އިންޓަރވެންޝަން ހައްދަވާފައެވެ. ޤާސިމް އިބްރާހީމްގެ ބޭސް ފަރުވާއަށް ސިންގަޕޫރަށް ގެންދެވިފައިވަނީ، މާލެއިން ހެދެންނެތް ޓެސްޓްތަކެއް ހަދައި ފަރުވާ ލިބިގަތުމަށެވެ. ސިންގަޕޫރުގައި އެމަނިކުފާނަށް ފަރުވާ ދެއްވާ ޑޮކްޓަރުންވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު ހެއްދެވި ހިތުގެ ޕްރޮސީޖަރއަށްފަހު އެމަނިކުފާނުގެ ވެންޓިކިއުލަރ އެކްޓޮޕިސް އިތުރަށް ބަލައި މޮނިޓަރ ކުރަމުން ގެންދަންޖެހޭނެ ކަމަށާއި، މިހާރު ކުރެވުނު ކޮރެނަރީ އިންޓަރވެންޝަން އިން ރިކަވަރވުމުން، ޕްރި ސިންކޯޕް ވިތް އިލެކްޓްރޯފިޒިއޮލޮޖިކަލް ސްޓަޑީ ހަދަންޖެހޭކަމަށެވެ.

އެކަންކަން ފާގަހަގަކޮށް، ޤާސިމް އިބްރާހިމްގެ ޤާނޫނީ ވަކީލުން ބުނީ، ޤާސިމް އިބްރާހީމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމަށް ދެއްވާފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ސަރުކާރުގައި ތަކުރާރުކޮށް އެދިވަޑައިގަންފައިވާކަމަށެވެ. ނަމަވެސް، އެމަނިކުފާނުގެ ހިތުގެ އާލާސްކަންފުޅަށް ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭސްފަރުވާ ފުރިހަމަ ނުވަނީސް، އަދި މިވަގުތު މަތިންދާބޯޓުގައި އެމަނިކުފާނު ދަތުރުކުރެއްވުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވަނިކޮށް، އެމަނިކުފާނުގެ ކްރޮނެރީ އިންޓަރވެންޝަން ހެއްދެވުމަށްފަހު އެންމެ 5 ދުވަހުގެ ތެރޭގައި ރާއްޖެއަށް އަނބުރާ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސުން އަންގާފައިވާކަމަށެވެ.

ވަކީލުން ވިދާޅުވީ، ސަރުކާރުގެ އެންގުމާ އެއްގޮތަށް 25 ސެޕްޓެމްބަރ 2017 ގެ ސިންގަޕޫރު އެއަރލައިންސް ފްލައިޓް SQ 452 އިން މާލެއަށް އައުމަށް ޓިކެޓް ކޮންފަރމްކޮށް، މެޑިކަލް އިންފޮރމޭޝަން ފޯރމާއެކު ސިންގަޕޯރ އެއަރލައިންސް ގެ އޮފީހަށް ގެންދިޔުމުން، އެމަނިކުފާނަކީ ފްލައިޓްގައި ދަތުރުކުރުމަށް މެޑިކަލީ އަންފިޓް މީހަކަށްވާތީ، ފްލައިޓްގައި ދަތުރު ނުކުރެވޭނެކަމަށް އެއަރލައިނުން އެމަނިކުފާނަށް އަންގަވައިފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު 26 ސެޕްޓެމްބަރު 2017 އަށް ހަމަވާތީ ދަތުރު ކުރެއްވުމުގެ ހުއްދަ ދެއްވުމަށް އެއަރލައިންގައި އެދުމުންވެސް ފްލައިޓްގައި ނުގެންދެވޭނެ ކަމަށާއި، ޓިކެޓް ކެންސަލް ކުރުމަށް އަންގައި ސިންގަޕޯރ އެއަރލައިންސުން ވަނީ ޓިކެޓްގައި ލިޔެފައިކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ.

އެހެންކަމުން ޤާސިމް އިބްރާހިމްއަށް ފްލައިޓްގައި ދަތުރުކުރުމުގެ ހުއްދަ އެއަރލައިނުން ދެއްވަންދެން ބޭސް ފަރުވާއަށް ދެއްވާފައިވާ މުއްދަތު އިތުރުކޮށް ދެއްވުން އެދި މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގައި އަނެއްކާވެސް ވާނީ އެދިފައިކަމަށް ޤާނޫނީ ވަކީލުން ހާމަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް