Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަމަދޫ އީދު އުފާ 1447

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: ރަށުން ހޫނު މަރުހަބާއެއް ކި

ބ. ކަމަދޫގައި މިއަހަރު ބާއްވާ ފޯރިގަދަ އަޟްޙާ އީދުގެ ހަރަކާތްތައް ރާއްޖެޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ. "ހިތުން ހިތަށް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތްތަކަށް 2000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ އެ ރަށުގެ ސަގާފަތާއި އިޖުތިމާއީ ބަދަހިކަން ދައްކުވައިދޭނެ ވަރަށް ބޮޑު ހަރަކާތެއް. އަންގާރަ ދުވަހުގެ ރޭ ރަސްމީކޮށް ފަށާ މި ކުޅިވަރުތަކަށް ކަމަދޫގެ ކައުންސިލާއި އީދު ކޮމިޓީން ވަނީ ފުރިހަމައަށް ތައްޔާރުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 09:38
ރާއްޖެޓީވީ ގެ ޓީމުން ކަމަދުއަށް ދިއުމުން އެ ރަށުގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރު އާއި ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ގެ އިތުރުން ކޮމިޓީގެ މެންބަރުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ

ރާއްޖެޓީވީ ގެ ޓީމުން ކަމަދުއަށް ދިއުމުން އެ ރަށުގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރު އާއި ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ގެ އިތުރުން ކޮމިޓީގެ މެންބަރުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ | ރާއްޖެއެމްވީ

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީގެ ޓީމު ދިއުމުން އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

1447 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ބ. ކަމަދޫގައި ކުރިއަށްގެންދާ ފޯރިގަދަ އީދު ކުޅިވަރުތައް މި ފަހަރުވެސް ރާއްޖެޓީވީ އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމުން ކަމަދުއަށް ދިއުމުން އެ ރަށުގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރު އާއި ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ގެ އިތުރުން ކޮމިޓީގެ މެންބަރުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ. 

Advertisement - newsAdvertisement

ކަމަދޫގެ އީދު ކުޅިވަރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭގަ އެވެ. ރާއްޖެޓީވީ މެދުވެރިކޮށް މި ހުރިހާ ހަރަކާތްތަކެއް ބެލުންތެރިންނަށް ވަގުތުން ގެނަސްދިނުމަށް ހަމަޖެހިފައިވާއިރު މިކަމާ ގުޅިގެން ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ވިދާޅުވީ ކަމަދޫ ފާހަގަ ކުރެވެނީ ތަފާތު ރަށެއްގެ ގޮތުގައި ކަމަށެވެ.

ކަމަދޫ އަކީ ސަގާފީ ކުޅިވަރުތައް ވަރާށް ފުރިހަމައަށް ގެނަސްދޭ ރަށެއްގެ ގޮތުގައި ކަމަދޫ ފާހަގަ ވެފައިވާއިރު މި ހުރިހާ ކުޅިވަރުތަކެއް ވެސް ރާއްޖެޓީވީ މެދުވެރިކޮށް ގެނަސްދޭނެ ކަމުގެ ޔަގީންކަން ނާޒްމީ ވަނީ ދެއްވާފަ އެވެ.

ކުލަގަދަކޮށް މިފަހަރުގެ ވެސް އީދު ފާހަގަ ކުރަން ތައްޔާރަށް އޮތް ކަމަދުއަށް އީދާ ގުޅިގެން 2000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ކައުންސިލްގެ ރައީސް ޒަރީރު ވަނީ ވިދާޅުވެފަ އެވެ.  ޒަރީރު ވިދާޅުވީ އަޟްޙާ އީދާރަށް ކަމަދޫ ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށާއި، ރަށަށް އަންނަ ހުރިހާ މެހަމާނުންނަށް ވަރަށް ފުރިހަމައަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ޢީދަށް ވެފައިވާ ތައްޔާރީތައް ހިއްސާކޮށް އީދު ކޮމިޓީގެ ރައީސް ޝަމީމް ވިދާޅުވީ ރަށުގެ ތަރައްގީއާއި، އިޖްތިމާއީ އެންމެހައި ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޚާއްސަކޮށް އީދު ހަރަކާތްތަކުގައި އެންމެން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަމަދޫގެ އީދަކީ ސަގާފީ، އިޖްތިމާއީ، އިގްތިސާދީ ވަރަށް ބޮޑު ހަރަކާތެއް ކަމަށާއި، އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ. 

ޝަމީމް ވިދާޅުވީ މިދިޔަ އަހަރު އީދާ ގުޅިގެން ''ހިނިތުންވުން'' ޝިއާރެއް ބޭނުންކުރި ކަމަށާއި، އެގޮތަށް މިއަހަރު ވެސް ޝިއާރެއްގެ ގޮތުގައި ''ހިތުން ހިތަށް'' ބޭނުންކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބައެއްގެ ލީތްބާއި، ސަމާލުކަން ލިބި ރަށް ވެސް ވަރަށް ބޮޑަށް ޕްރޮމޯޓްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ބ. ކަމަދޫޒަރީރު ހަސަންމުހައްމަދު ޝަމީމުއަޟްހާ އީދުކަމަދޫ އީދު އުފާ 1447ބ. ކަމަދޫ އީދު އުފާ ކަވަރޭޖް

ކޮމެންޓް

އިތުރަށް ކިޔާލަން

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

24 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

21 މެއި 2026
އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ

އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ

20 މެއި 2026

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު