Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ. ރަސްމާދޫ

ރަސްމާދޫގައި ރައްކާތެރި ގޮތުގައި ފައިބަރު މަސައްކަތް ކުރާނެ ގޮތެއް ނެތް، މި މައްސަލަ އަށް އަވަސް ހައްލެއް ބޭނުންވޭ: ކައުންސިލް

ރަސްމާދޫގައި ރައްކާތެރި މިންގަނޑުތަކާ ޚިލާފަށް ފައިބަރުގެ މަސައްކަތް ކުރާތީ އާންމުންގެ ސިއްހަތަށް ނުރައްކާވަމުންދާ ކަމުގެ ކަންބޮޑުވުން އެރަށު ކައުންސިލުން ވަނީ ފާޅުކޮށްފައި. އެ މަސައްކަތް ކުރާނެ އެކަށީގެންވާ ޖާގައެއް ނެތުމުގެ ސަބަބުން ރަށުގެ މޫނުމަތީގައި މަސައްކަތް ކުރަން ޖެހުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، މިކަމަށް ސަރުކާރުގެ އެހީތެރިކަމާއެކު އަވަސް ހައްލެއް ބޭނުންވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި. އަދި އަތޮޅުގެ އެހެން ރަށްރަށުގައި ވެސް މިފަދަ މަސައްކަތްތައް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާތީ ކެންސަރު ފަދަ ބަލިތައް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2026 | ހޮނިހިރު 07:49
ރ. ރަސްމާދޫ، މިހާރު އެރަށުގައި ފައިބަރު މަސައްކަތް ކުރަމުން ދަނީ ދޯނިފަހަރުގެ މަސައްކަތް ކުރާ ހަރުގެތަކުގައި.

ރ. ރަސްމާދޫ، މިހާރު އެރަށުގައި ފައިބަރު މަސައްކަތް ކުރަމުން ދަނީ ދޯނިފަހަރުގެ މަސައްކަތް ކުރާ ހަރުގެތަކުގައި. | ސޭންޑީ.ކޮމް

ރ. ރަސްމާދޫގައި ރައްކާތެރި ގޮތުގައި ފައިބަރު މަސައްކަތް ކުރާނެ ގޮތެއް ނެތް ކަމަށާއި، މިމައްސަލަ އަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ކައުންސިލުން ބުނެފި އެވެ. 

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރަސްމާދޫ ކައުންސިލް ރައީސް މުހައްމަދު އާސިފް ވަނީ، އެރަށުގެ ތަރައްގީގެ މަޝްރޫއުތަކާއި، ހުރި މައްސަލަތަކާއި އަދި ރައްޔިތުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. 

އެގޮތުން ފައިބަރު މަސައްކަތް ކުރިއަށް ގެންދާ ގޮތުން އެކަމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވި އެވެ. 

އާސިފް ވިދާޅުވީ އެރަށުގައި ފައިބަރު މަސައްކަތް ކުރާނެ ޖާގައެއް ނެތް ކަމަށާއި، އެމަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އެކަމުގެ ގެއްލުމާއި ނުރައްކާ ކުރިމަތިވާ ގޮތަށް ކަމަށެވެ. އަދި މިމައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފައިބަރު މަސައްކަތް ކުރާނެ ޖާގައެއް އަސްލު ނުވެސް ނެތް. ދެން މިވަގުތު ފައިބަރު މަސައްކަތް އެކުރަނީ ހަގީގަތުގައި ރަށުގެ މޫނު މައްޗަށްވާ ސަރަހައްދުގައި. އެގޮތަށް ވީމަ އުދަނގޫތަކެއް އެބަހުރި އެކަން ކުރަން. ދެން އިތުރު ސަރަހައްދަކަށް ޖައްސަން ބަލާއިރު، ހަމަ އެމަސައްކަތް ކުރުން އެކަށީގެންވާ ވަރުގެ ޖާގައެއް ނެތް. ދެން މިހާރު ފަހަކުން ފައިބަރު މަސައްކަތް ކުރުމުގެ ގަވާއިދަކީ ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮތް ވަރަށް އެހައި އެހައި ފަސޭހައިން ކޮށްލެވޭ ގޮތަކަށް ނޫން. ތަނުގައި ހުންނަން ޖެހޭ ކޮލެޓީއަކާއި، ބަންދު ކުރުމުގައި ނަގަން ޖެހޭ ހުއްދައަކާ، އެތާގައި ހުންނަ އެގްޒޯސްޓް ބޭނުން ކުރުމާއި މިކަހަލަ ބައިވަރު ކަންތައްތަކެއް އޮވޭ. ދެން އެގޮތާ ގާތަށް ވެސް މިތާގައި ފައިބަރު މަސައްކަތެއް ނުކުރެވޭ. ދެން އާއްމު ހުރިހާ ރަށެކޭ ވެސް އެއްގޮތަށް ހަރުގެ ހިޔާ ކޮށްލާފައި އެކަން ކޮށްލަނީ. އެކަމުގެ ސަބަބުން އާއްމުންނަށް ނޭދެވޭ ގެއްލުންތައް ލިބޭ. 
ރަސްމާދޫ ކައުންސިލް ރައީސް މުހައްމަދު އާސިފް

އާސިފް ވިދާޅުވީ، ރައްކާތެރި ގޮތުގައި ފައިބަރު މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސައްކަތުގައި ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މުޅި އަތޮޅަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެ އަތޮޅުން ވެސް ފައިބަރު މަސައްކަތް ކުރާ ރަށްތަކުގައި މިމަސައްކަތް ކުރުމުގައި ރައްކާތެރި މިންގަނޑުތަކަށް ނުބަލާ ކަމަށާއި، އެރަށްރަށުގައި ކެންސަރު ބަލި ގިނަކަން ވެސް ފާހަގަކުރެވޭ ކަމަށެވެ. 

ރ. ރަސްމާދޫމުހައްމަދު އާސިފް

އިތުރަށް ކިޔާލަން

02 މެއި 2026

ރަސްމާދޫގައި ގޯތި ދޫކުރުމަށް ބިމެއް ނެތް، ހައުސިންގ ޔުނިޓް މަޝްރޫއަށް ވާނުވާ ނޭނގޭ: ކައުންސިލްގެ ރައީސް އާސިފް

02 މެއި 2026
ރަސްމާދޫގައި ގޯތި ދޫކުރުމަށް ބިމެއް ނެތް، ހައުސިންގ ޔުނިޓް މަޝްރޫއަށް ވާނުވާ ނޭނގޭ: ކައުންސިލްގެ ރައީސް އާސިފް
01 މެއި 2026

ރަސްމާދޫގެ ފެން ވަނީ ތަޣައްޔަރުވެފައި، މިދިޔަ ސަރުކާރުގައި %70 ނިންމާފައިވާ ފެނުގެ މަޝްރޫއު އަވަހަށް ނިންމަން ޖެހޭ: ކައުންސިލްގެ ރައީސް އާސިފް

01 މެއި 2026
ރަސްމާދޫގެ ފެން ވަނީ ތަޣައްޔަރުވެފައި، މިދިޔަ ސަރުކާރުގައި %70 ނިންމާފައިވާ ފެނުގެ މަޝްރޫއު އަވަހަށް ނިންމަން ޖެހޭ: ކައުންސިލްގެ ރައީސް އާސިފް
01 މެއި 2026

މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް

01 މެއި 2026
މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް
18 ޖުލައި 2025

ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި

18 ޖުލައި 2025
ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި
27 ޖޫން 2025

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

27 ޖޫން 2025
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު