Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

މުސީބާތަކުން ސަލާމަތްވެ، ދިރިއުޅުން ރަނގަޅުވާން އެދޭ މީހާ މައިންބަފައިންނަށް ކަމޭ ހިތަން ޖެހޭ: ޚުތުބާ

މައިންބަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންގެ ސިފައެއްކަން ފާހަގަކޮށް، އެއީ ދިރިއުޅުމުގައި ބަރަކާތް އިތުރުވެ މުސީބާތްތަކުން ސަލާމަތްވުމަށް އޮތް މަގެއް ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވޭ. މާތް ﷲ އަށް އަޅުކަންކުރުމަށްފަހު ދެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ މައިންބަފައިންނަށް ކިޔަމަންތެރިވުމަށް ކަމަށާއި، އެއީ ސުވަރުގެ ވަދެވުމުގެ ސަބަބެއްކަން ޚުތުބާގައި ހަނދާން ކޮށްދީފައިވޭ. މީގެއިތުރުން މައިންބަފައިންގެ ހައްގުތައް އަދާކުރުމަކީ ހަމައެކަނި ފައިސާ ދިނުން ނޫން ކަމަށާއި، އެމީހުންގެ ގުރުބާނީގެ އަގުވަޒަންކޮށް އޯގާތެރިކަމާއެކު މުއާމަލާތްކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މާރިޗު 2026 | ހުކުރު 10:00
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން.

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން. | ރާއްޖެއެމްވީ

މުސީބާތަކުން ސަލާމަތްވެ، ދިރިއުޅުން ރަނގަޅުވާން އެދޭ މީހާ  މައިންބަފައިންނަށް ކަމޭ ހިތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ. 

''މައިންބަފައިންނަށް ކަމޭހިތުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ ގުރްއާނުގެ ހަތް ތަނެއްގައި ﷲ تَعَالَى މައިންބަފައިންގެ ވާހަކަ ބަޔާން ކުރައްވާފައިވާ ކަމާއި، އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވާކަން ފާހަގަކޮށްފަ އެވެ. 

ޚުތުބާގައި ބުނީ މައިންބަފައިންނަށް ކަމޭހިތުމީ ނަބީބޭކަލުންނާއި ޞާލިހުންގެ ޚުލުގުފުޅެއް ކަމާއި، އެއީ މުސީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ހާސިލުކޮށްދޭ އަދި ދުއާ އިޖާބަ ކުރެއްވުމުގެ ސަބަބެއް ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ހިތަށް ހަމަޖެހުން ލިބި، ދިރިއުޅުން ރަނގަޅުވާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

މާތް ﷲ تَعَالَىގެ ހައްގު އަދާކުރުމަށް އަމުރުކުރެއްވެވުމާ ވިދިގެން ދެން އަމުރު ކުރެއްވެވީ މައިންބަފައިންގެ ހައްގުތައް އަދާ ކުރުމަށްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙުތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށެވެ. 

މާތް ﷲ ވަޙީކުރައްވައިފައި ވާ އާޔަތުގެ މާނާގައި ވަނީ "އަދި ތިޔަބައިމީހުން، ހަމައެކަނި ﷲއަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ!" އަދި ވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެ އެވެ. މާނައީ:"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުން ކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެ ދެ މީހުން މި އަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް رحمةލައްވައިފާނދޭވެ!"
ހުކުރު ޚުތުބާ 

މައިންބަފައިންވާ ގުރުބާނީތަކަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ، މައިންބަފައިން އަހަރެމެންނަށް ޓަކައި އެ މީހުންގެ އަމިއްލަ އުފާތައް ގުރުބާން ކުރާ ކަމަށާއި، ދަރީންނަށްޓަކައި އެމީހުންގެ ހަޔާތް ގުރުބާން ކުރާ ކަމަށެވެ. މައިންބަފައިން އެފަދަ ގުރުބާނީއެއް ވަމުންދާއިރު، މިއަދު ދަރީންގެ ހަލަތާ މެދު ވިސްނާލަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.  

ޚުތުބާގައި ބުނީ، މައިންބަފައިންނަށް ފައިސާފޮއްޗެއް ދެވުމުން، އެ ދެ މީހުންގެ ހައްގުތައް އަދާކުރެވުނީ ކަމަށް، ބައެއް މީހުންނަށް ހީވާ ކަހަލަ ކަމަށާއި، ނަމަވެސް އެއީ ހައްގުތައް އަދާ ކުރުން ނޫން ކަމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށްހިތާ އެމީހުންނަށް އޯގާތެރިވެ، އެމީހުންގެ ހައްގުތައް އަދާކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. 

ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައި މެނުވީ އެއްވެސް ކަމަކާ ކުރިމަތިނުލާން ޚުތުބާގައި ގޮވާލައިފި

ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައި މެނުވީ އެއްވެސް ކަމަކާ ކުރިމަތިނުލާން ޚުތުބާގައި ގޮވާލައިފި

16 ޖެނުއަރީ 2026
ކުރިއަށް އޮތް ހައްޖު މޫސުމަށް "ޑައިރެކްޓް ހައްޖު ޕްރޮގްރާމް" ގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކަށް، ބޭނުންވާ ޕެކޭޖުތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ސައުދީން ހުޅުވާލައިފި

ކުރިއަށް އޮތް ހައްޖު މޫސުމަށް "ޑައިރެކްޓް ހައްޖު ޕްރޮގްރާމް" ގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކަށް، ބޭނުންވާ ޕެކޭޖުތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ސައުދީން ހުޅުވާލައިފި

09 ޖެނުއަރީ 2026
މަހުޝަރުގެ މައިދާނުގައި ސާލިހު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިހުސާސް ކުރެވޭނީ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދުގެ ވަގުތު ކޮޅެއްގެ ގޮތުގައި: ޚުތުބާ

މަހުޝަރުގެ މައިދާނުގައި ސާލިހު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިހުސާސް ކުރެވޭނީ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދުގެ ވަގުތު ކޮޅެއްގެ ގޮތުގައި: ޚުތުބާ

02 ޖެނުއަރީ 2026
ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި އީދުތަކާ މުސްލިމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި އީދުތަކާ މުސްލިމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

26 ޑިސެމްބަރު 2025
ދިރިއުޅުމުގައި ބަރަކާތްލެއްވުމަށް އެދޭނަމަ މައިންބަފައިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން އެކަހެރިނުކުރޭ: ޚުތުބާ

ދިރިއުޅުމުގައި ބަރަކާތްލެއްވުމަށް އެދޭނަމަ މައިންބަފައިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން އެކަހެރިނުކުރޭ: ޚުތުބާ

09 އޮކްޓޯބަރު 2020

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު