Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި އީދުތަކާ މުސްލިމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

ޚުތުބާގައި ވަނީ މުސްލިމުން އިލްމު އުނގެނުމާއި ބިން އާރާސްތުކުރުމުގައި ހޯދި ކުރިއެރުންތައް ހިއްސާކޮށްފައި. މިއަދު އިސްލާމީ އުންމަތް ފުންވަޅުގަނޑަށް ވެއްޓުނީ ދީނާ ދުރުވެ ހަމައެކަނި މާއްދީ ދުނިޔެއަށް ހެއްލުމުން ކަމަށާއި، ގުރްއާނާއި ސުންނަތަށް އެނބުރި ރުޖޫއަވުމަށް ގޮވާލާފައިވޭ. އަދި ޣައިރު ދީންތަކުގެ އީދުތަކާއި މުނާސަބާތަކުގައި ބައިވެރިވުން މަނާކޮށް، އިސްލާމީ ސަގާފަތާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2025 | ހުކުރު 08:11
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒަށް މީހުން ވަންނަނީ

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒަށް މީހުން ވަންނަނީ

ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، އެމީހުންގެ އީދުތަކާ މުސްލިމުން ދުރުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

''އިސްލާމީ ޚަޟާރަތުގެ ރަންޒަމާން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ މުސްލިމުން ކުރިއަރައިގެން ދިޔަ ގޮތް ވަރަށް ތަފްސީލު ކޮށް ހިއްސާ ކޮށްފަ އެވެ.

އިސްލާމީ ހަޟާރަތް ފެށިފައިވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ވަޙީ ބާވައިލައްވާން ފެށުނު ހިސާބުން ކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމީ ހަޟާރަތުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އިސްލާމީ އަގީދާއާއި، ޝަރުއީ، ހުކުމްތަކާއި، ރިވެތި އަހުލާގު ހިމެނޭ ކަމަށާއި، ބިން އާރާސްތުކުރުމާއި އިލްމު އުނގެނުމަކީ އެ މީހުންގެ ދީނާ ގުޅިފައިވާ ވާޖިބު ކަމެއްގެ ގޮތުގައި މުސްލިމުން ގަބޫލުކުރި ކަމަށެވެ.

އަދި ނަތީޖާއަކީ، މުސްލިމުން އުމްރާނީ ގޮތުންނާއި އިލްމީ ގޮތުން ދުނިޔޭގައި އޭރު އެއްވެސް ބަޔަކަށް ހޯދިފައިނުވާ އެތައް ކުރިއެރުންތަކެއް، މަދު އަހަރުތަކެއްގެ ތެރޭގައި ހޯދި ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

މި ކައުނުގައި މާތް ﷲ ލައްވައިފައިވާ ކަންކަމާއި ތަފާތު އެކި މަޚްލޫޤުންނާ މެދު ވިސްނައިފިކުރުކުރުމަށް ކީރިތި ގުރްއާނުގެ އެތައް ތަނެއްގައި އެކަލާނގެ އަންގަވައިފައި ހުވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.  މާނައީ: "ފަހެ، ޖަމަލު ހައްދަވައިފައި ވަނީ، ކޮންފަދައަކުންކަމާ މެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ؟ އަދި އުޑު އުފުއްލަވައިފައި ވަނީ، ކޮންފަދައަކުންކަމާ މެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނަންގަވައިފައި ވަނީ، ކޮންފަދައަކުންކަމާ މެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފަތުރުއްވައިފައި ވަނީ، ކޮންފަދައަކުންކަމާ މެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟"
ހުކުރު ޚުތުބާ 

ޚުތުބާގައި ބުނީ މުސްލިމުން ތަފާތު އިލްމު ތަކުގައި ކުރިއަރައި މެދުއުޑުގައި ފިޔަޖަހަމުން ދިޔައީ، ކުރީން ބުނެވުނު އިސްލާމީ ސަގާފަތުގެ މަތީގައި އީމާންތެރިކަމާ އެކު ސާބިތުވެ ތިބެގެން ކަމަށެވެ. 

ނަމަވެސް މިއަދު އިސްލާމީ އުންމަތް ފުންވަޅުގަނޑަށް ވެއްޓުނީ މުސްލިމުން ދީނާ ދުރުވެ، ދީނާއި ސިޔާސަތު ވަކިކޮށް، އިލްމާއި ދިރާސާ ކުރުން ދޫކޮށްލައި، ހަމައެކަނި މާއްދީ ދުނިޔެ އަށް ހެއްލުމުން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

އެހެންކަމުން މި ހާލަތުން އަރައިގަތުމަށް ކީރިތި ގުރްއާނާއި، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތަށް އެނބުރި ރުޖޫއަވެ، އިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ބަވަނަވަމުން އަންނަ ދުނިޔޭގައި މުސްލިމުންނާއި ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި، ސަގާފަތްތައް މަސްހުނިވަމުން އަންނަ އިރު، އެބައިމީހުންގެ އީދުތަކާއި، މުނާސަބާތަކުގައި، މުސްލިމުން ބައިވެރިވެ އުޅުމަކީ، ދުރުހެލިވާން ޖެހޭ ކަމަށެވެ. 

މުސްލިމުން ފާހަގަކުރާ އީދުތަކުގައި އެބައިމީހުންގެ ސަގާފަތްތަކާ ވައްތަރުވާ ގޮތަށް ކަންކަން ކުރުމަކީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މަނާކުރައްވައިފައިވާ ކަމެއްކަން ފާހަގަކޮށް މި ފަދަ ކަންކަމުން ދުރުހެލިވެ ހަގީގީ މުސްލިމުންގެ ގޮތުގައި ސާބިތުވެ ތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. 

ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ވެސް ގައިދުރު ކުރުމާއި މާސްކު އެޅުމާމެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލެއް ނުވޭ

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ވެސް ގައިދުރު ކުރުމާއި މާސްކު އެޅުމާމެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލެއް ނުވޭ

05 އޯގަސްޓު 2020
ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން

ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން

02 ޑިސެމްބަރު 2017
ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން

ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން

12 ނޮވެމްބަރު 2017
ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން

ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން

20 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު