Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައި މެނުވީ އެއްވެސް ކަމަކާ ކުރިމަތިނުލާން ޚުތުބާގައި ގޮވާލައިފި

އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން ލިބިގަންނާން ޖެހޭ އިބުރަތްތަކަށް އިޝާރާތް ކޮށް ޚުތުބާގައި ބުނީ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނެ ކަމަށް. އަދި ލިބޭ އިބުރަތްތަކުގެ ތެރޭގައި، ހިތުގެ ޠާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިހަމަވުމަކީ މުހިންމު ކަމެއް ކަމަށް. އެއްވެސް ކަމަކާ ކުރިމަތިލާން ވާނީ ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކު ކަމަށް ޚުތުބާގައި ބުނެފައިވޭ. އަދި ހަގީގީ އެކުވެރީންނާއި ރަހުމަތްތެރީން ކުރިމަތިވާ ބޮޑެތި ކަންތައްތަކުން އެނގޭނެ ކަމަށް ބުނެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖެނުއަރީ 2026 | ހުކުރު 08:19
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން


ހުކުރު ޚުތުބާ އަޑު އަހަނީ

ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން ހުކުރު ޚުތުބާ އަޑު އަހަނީ | އިސްލާމިކް މިނިސްޓްރީ

އިސްރާއާއި މިޢުރާޖުގެ އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށާއި، ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައި މެނުވީ އެއްވެސް ކަމަކާ ކުރިމަތިނުލާން ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ. 

''އިސްރާއާއި މިޢުރާޖުގެ އިބުރަތްތައް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ މިހާދިސާގެ މައްޗަށް ވަރަށް ބޮޑަށް އަލިޅުވާލާފަ އެވެ. 

އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެއް ކަމާއި، ރޭގަނޑުން ބައެއްގައި މާތްالله މާތް ކުރައްވައިފައިވާ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާ އަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ. އަދި މިޢުރާޖުގެ ދަތުރުފުޅަކީ ބައިތުލް މަޤްދިސުން ފެށިގެން މަތިވެރިވެގެންވާ އުޑުތަކަށް އަދި އެއަށް ފަހު ސިދުރަތުލްމުންތަހާ އަށް ކުރެއްވި ދަތުރުފުޅެއްކަން ފާހަގަކޮށްފައިވެ އެވެ.

އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން ލިބިގަންނާން ޖެހޭ އިބުރަތްތަކަށް އިޝާރާތް ކޮށް ޚުތުބާގައި ބުނީ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނެ ކަމަށެވެ. އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން ލިބިގަންނާން ޖެހޭ އިބުރަތްތަކުގެ ތެރޭގައި، ހިތުގެ ޠާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިހަމަވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއްވެސް ކަމަކާ ކުރިމަތިލާން ވާނީ ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކު ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. އަދި ހަގީގީ އެކުވެރީންނާއި ރަހުމަތްތެރީން ކުރިމަތިވާ ބޮޑެތި ކަންތައްތަކުން އެނގޭނެ ކަމަށް ބުނެފައިވެ އެވެ. 

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެއިސްރާއާއި މިޢުރާޖުގެ ވާހަކަފުޅުތައް މައްކާގެ އަހުލުވެރީންގެ ގާތުގައި ދެއްކެވުމުން، އެކަލޭގެފާނު ދޮގުކުރުމުގައްޔާއި، މުއުމިނުންގެ ހިތްތަކުގައި އެކަލޭގެފާނާ މެދު ޝައްކު އުފެއްދުމަށް، މުޝްރިކުން އަވަސްވެގަތެވެ. މި ނާޒުކު ދަނޑިވަޅުގައި، އެއްވެސް ޖެހިލުންވުމަކާނުލައި، ސާބިތުކަމާއެކު އެކަލޭގެފާނުގެ ބަސްފުޅުތައް ތެދުކުރެއްވި ބޭކަލަކީ އަބޫބަކުރުގެފާނެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަގަބު ލިބިވަޑައިގަތެވެ.
ހުކުރު ޚުތުބާ 

މީގެ އިތުރުން އިންސާނާ ކުރާ ކޮންމެ ހެޔޮ ކަމަކަށް މާތްالله މަތިވެރި ސަވާބާއި ދަރުމަ ދެއްވާނެކަން އިސްރާއާއި މިޢުރާޖުގެ ހާދިސާއިން އެނގޭ ކަމަށެވެ. ދޫ ރައްކާތެރިކޮށް، اللهގެ މަތީން ހަނދުމަކުރުމުގައި ދެމިހުރުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.

އިސްރާއާއި މިޢުރާޖުޚުތުބާ

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2026

މަހުޝަރުގެ މައިދާނުގައި ސާލިހު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިހުސާސް ކުރެވޭނީ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދުގެ ވަގުތު ކޮޅެއްގެ ގޮތުގައި: ޚުތުބާ

02 ޖެނުއަރީ 2026
މަހުޝަރުގެ މައިދާނުގައި ސާލިހު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިހުސާސް ކުރެވޭނީ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދުގެ ވަގުތު ކޮޅެއްގެ ގޮތުގައި: ޚުތުބާ
26 ޑިސެމްބަރު 2025

ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި އީދުތަކާ މުސްލިމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

26 ޑިސެމްބަރު 2025
ޣައިރު ދީންތަކުގެ ދީނީ އާދަކާދަތަކާއި އީދުތަކާ މުސްލިމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
30 ޖުލައި 2020

ކޮވިޑު-19 ބަލިމަޑުކަމާއި އެކުގައި ވެސް ޙައްޖުގެ އަޅުކަން

30 ޖުލައި 2020
ކޮވިޑު-19 ބަލިމަޑުކަމާއި އެކުގައި ވެސް ޙައްޖުގެ އަޅުކަން
12 އޯގަސްޓު 2017

ހައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން

12 އޯގަސްޓު 2017
ހައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު