Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް

ސަރުކާރާއި ޕާޓީއާ ދެމެދު ހިޔާލްތަފާތުވުން އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: އަބްދުއްރަހީމް

ވެރިކަން ދެމެހެއްޓުމަކީ ޕާޓީން ކުރަން ޖެހޭނެ މަސައްކަތެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 07:08
ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ

ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ

ވެކަން ކުރާ ޕާޓީ އާއި ސަރުކާރާ ދެމެދު ހިޔާލް ތަފާތުވުން އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ވައި 18 ސްޕޯރޓްސް ފިއެސްޓާ" އިފްތިތާޙްކުރުމަށް ނެޝަނަލް އާޓް ގެލެރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީއަކުން ވެރިކަމަށް އަންނަނީ ވަަރށް ބުރަ މަސައްކަތްތަކެއް ކޮށްގެން ވަަރަށް ގިނަ ވަޢުދުތަކެއް ވެގެން ކަމަށާއި އެހެން ކަމުން ޕާޓީއަކުން ވެރިކަން އައުމަށް ފަހު އެ ވެރިކަން ކުރާ ޕާޓީއާއި ސަރުކަރާ ދެމެދު ހިޔާލްތަފާތުވުން އޮވެގެން ނުވާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަކީ ވެރިކަން ކުރާ ޕާޓީ ކަމަށް ވާއިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަސްޓަކައި ކުރާ މަސަްކަތަތްކާއި ހިންގާ މަޝްރޫޢުތަކަށް ޕީޕީއެމްެގެ ހުރިހައި މެމްބަރުންނާއި އަދި މަޖިލިސް މެމްބަރުންގެ އިތުރުން ޕާޓީގެ ކައުންސިލް މެމްބަރުން އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ އސޫލްތަކާ އެއްގޮތަށް ސަރުކާރުން ކުރިއަސް ހުރިހާ މަސައްކަތްތަކަކަށް ޕާޓީ ތެެރެއިން ފުރިހަމަ އަށް އެއްބާރުލުން ދީ ޕާޓީގެ ވެރިކަން ދެމެހެއްޓުމަކީ ޕާޓީގެ ހުރިހާ ގުނަވަންތަކަކުން އަދި ޕާޓީގެ ހުރިހާ މެމްބަރުން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ޕީޕީއެމް އިން އިސްނައިގެން ކުރިއަށް ގެންދާ މި ކުޅިވަރު ފެސްޓިވަލްގައި ޕާޓީގެ ހުރިހާ މެމްބަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުަމަށް އަބްދުއްރަހީމް އިއުތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހަމައެކަނި ކުރަން ޖެހޭ މަސައްކަތަކީ ވެރިކަމަށް އައުމަށް މަސައްކަތް ކުރުން ނޫން ކަމަށާއި އެހެނިހެން އިޖުތިމާއީ މަސައްކަތްތައް ވެސް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމް އިން އިސްނަގައިގެން ކުރަނީ އެ މަސައްކަތްތައް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލައި އިސްރާއިލާ ގުޅުން ގާއިމް ކޮށްފައި އޮތުމަކީ ސަރުކާރުގެ ދެކޮޅުނުޖެހޭކަން: ޑރ. އިޔާޒު

07 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލައި އިސްރާއިލާ ގުޅުން ގާއިމް ކޮށްފައި އޮތުމަކީ ސަރުކާރުގެ ދެކޮޅުނުޖެހޭކަން: ޑރ. އިޔާޒު
05 ޖޫން 2017

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ
05 ޖޫން 2017

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

05 ޖޫން 2017
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!
03 ޖޫން 2017

ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ

03 ޖޫން 2017
ޖަރީމާ ހިންގާ މީހުން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރުން ހުއްޓުވަންޖެހޭ: ސިރިސެނާ
31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
02 މެއި 2017

އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

02 މެއި 2017
އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު