Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެލްެޓާ ގުޅޭ ޝަކުވާ

ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމަށް ފަހަތަކަށް ނުޖެހޭނަން: މާލެ ސިޓީ ކައުންސިލް

17 ސެޕްޓެމްބަރު 2017 | އާދީއްތަ 08:49

މާލެއިން ފްލެޓަށް އެދި ހުށެހެޅި ހުރިހާ ރައްޔިތުންނާ ބައްދަލުކުރާނަން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 08:49
މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މާލޭ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ހައުސިންގ މިނިސްޓްރީއަށް ވަޑައިގެން

މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މާލޭ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ހައުސިންގ މިނިސްޓްރީއަށް ވަޑައިގެން

ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލު ކުރެއްވުމަށް އެ މިނިސްޓްރީއަށް ދިއުމުން، ބައްދަލު ނުކުރެއްވިޔަސް، ފްލެޓްތަކުގެ މައްސަލަތައް ހައްލު ކުރުމަށް ފަހަތަށް ނުޖެހޭނެ ކަމަށް މާލޭ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މާލެ ސިޓީ ކައުންސިލް މެމްބަރުން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ މެންދުރު ހައުންސިންގ މިނިސްޓަރު މުއިއްޒުއާ ބައްދަލު ކުރުމަށް މާލޭ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މާލެސިޓީ ކައުންސިލްގެ މެމްބަރުން ވަޑައިގެން ގަޑިއެއްހާއިރު އެމިނިސްޓްރީ ތެރޭގައި ވަނީ ހޭދާކޮށްފައެވެ. ނަމަވެސް، އެ ބޭފުޅުންނަށް އެއްވެސް ޖަވާބެއް މިނިސްޓްރީން ދީފައި ނުވުމުންނާއި މިނިސްޓަރުގެ އިތުރުުން އެ މިނިސްޓްރީގެ އިސް އެއްވެސް ވެރިޔަކާ ބައްދަލު ކުރެވޭ ގޮތް ނުވުމުން އެ ބޭފުޅުން ވަނީ އެ މިނިސްޓްރީން އަނބުރާ ވަޑައިގަންނަވާފަ އެވެ.

Advertisement - newsAdvertisement

"މނިސްޓަރާ ބައްދަލު ކުރެވޭތޯ މަސައްކަތް ކުރާނަން. އަދި ފްލެޓަށް އެދި ހުށަހަޅާފައިވާ 15000 ބޭފުޅުންނާ ބައްދަލު ވުންތަކެއް ބާއްވާނަން ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެން މިތިބީ މިކަން ދޫކުރާ ގޮތަކަށް ނޫން،" މާލޭ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މާލޭ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ހައުސިންގ މިނިސްޓްރީ އެތެރޭގައި

ޝިފާ ވިދާޅުވީ ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ ރައްޔިތުންގެ ނަމުގައި ނަގާފައިވާ ލޯނުތަކުން ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ކަންކަން ވަމުންދާ ގޮތް ސަރުކާރުން އޮޅުން ފިލުވާ ދޭން ޖެހޭ ކަމަށެވެ. އަދި ފްލެޓްތައް ދޫކުރުމުގައި އިންސާފުވެރިކޮށް ދޫކުރުމަކީ ހުރިހާ ރައްޔިތުންގެ ވެސް އެދުން ކަމަށް ޝިފާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ މުލިއާގެ ގޭގައި ސީދާ މިނިސްޓަރު ސައީދު އިސްކޮށް ހުންނަވައިގެން އަދި މެޑަމް ފާތުން އަރިސް ބޭފުޅުންތަކެއް އަރިހުގައި ތިއްބަވައިގެން، ލިސްޓެއް ނަގާފައި ހައުސިންގ މިނިސްޓްރީއަށް އެންގީ އެ ލިސްޓްގައިވާ މީހުންނަށް ފްލެޓް ދޫކުރުމަށް،" ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވި އެވެ.

ފްލެޓްތަކުގެ މައްސަލާގައި ސާފުނުވާ ބައެއް މައުލޫމާތު ސާފު ކުރުމަށާއި ޝަކުވާ ހުށަހެޅުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ހައުސިންގް މިނިސްޓްރީއަށް ހާޒިރުވަމުންނެވެ. ފްލެޓް ލިބޭ ކަމަށް މިނިސްޓްރީ އާއްމުކޮށްފައިވާ ލިސްޓާ މެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތްކަން ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ނަމަވެސް މި ކަންބޮޑުވުންތަކަށް ހައުސިން މިނިސްޓްރީން މިހާތަނަށް އެކަށީގެންވާ ޖަވާބެއް ނުދެއެވެ. އަދި ފްލެޓް ދޫކުރި ގޮތުގެ ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ހާމަކޮށްފައި ވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ ފޯމް ނަންބަރެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ހާމަކުރުމަށް ވެސް ވަނީ ދެކޮޅު ހަދާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް