Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭޑީބީ-ދިވެހިރާއްޖެ

ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވަމުންދާއިރު، އިސްލާހީ ބަދަލުތައް އަވަހަށް ގެންނަން ޖެހޭ: އޭޑީބީ

ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީވުމާއި، މަސައްކަތުގެ ރަނގަޅު ނަތީޖާ ނެރުމުގެ އިތުރުން ދިގުމުއްދަތުގެ މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، މިހާރަށްވުރެ ވަރުގަދަ ފާރަވެރިވުމުގެ ނިޒާމެއް ބޭނުންވާ ކަމަށް އޭޑީބީ އިން ބުނޭ.

ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 18:25
މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މައި އިދާރާގެ ބޭރުގައި ހަރުކޮށްފައިވާ އެ ބޭންކުގެ ލޯގޯ ކައިރިން އަންހެނަކު ހިނގާފައި ދަނީ.

މެނީލާގައި ހުންނަ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މައި އިދާރާގެ ބޭރުގައި ހަރުކޮށްފައިވާ އެ ބޭންކުގެ ލޯގޯ ކައިރިން އަންހެނަކު ހިނގާފައި ދަނީ. | ގެޓީ އިމޭޖަސް

ދިވެހިރާއްޖޭގެ ދައުލަތުގެ ދަރަނީގެ މައްސަލަ އިންތިހާ އަށް ބޮޑުވަމުންދިއުމާއި އަދި އާމްދަނީ އަށް ވުރެ ޚަރަދުތައް މައްޗަށްދާ މައްސަލަ ސްޓްރަކްޗަރަލް ބޮޑެތި ބަދަލުތަކެއް ނުގެނެސް ހައްލު ނުވާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) ގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީވުމާއި، މަސައްކަތުގެ ރަނގަޅު ނަތީޖާ ނެރުމުގެ އިތުރުން ދިގުމުއްދަތުގެ މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، މިހާރަށްވުރެ ވަރުގަދަ ފާރަވެރިވުމުގެ ނިޒާމެއް ބޭނުންވާ ކަމަށް ވެސް އޭޑީބީގެ ޕަބްލިކް ސެކްޓަރ ސްޕެޝަލިސްޓް އޮލީވިއާ ޗުންޔާންގ ޒޫ ވިދާޅުވި އެވެ.

އޭޑީބީގެ ބްލޮގް ގައި ޝާއިއު ކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ އިގްތިސާދަށް ކުރިމަތިވި އެކި ގޮންޖެހުންތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި ހިންގުމުގެ ދާއިރާއަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައި ކަމަށެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ބަލަހައްޓާ ނިޒާމުތައް ބަލިކަށިވުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ އެއްކުރުމަށް ހުރަސްތަކެއް ކުރިމަތިވެ، މާލީ ހާލަތަށް ވަނީ އިތުރު ތަކުލީފުތަކެއް ކުރިމަތިވެފަ އެވެ.

އޮނިގަނޑުގެ ބަލިކަށިކަމުގެ ސަބަބުން ދިގުމުއްދަތުގެ މާލީ ހަމަޖެހުން ގާއިމުކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައި ކަމަށާއި، މިއާ ގުޅިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގެ އެހީތެރިކަމާއެކު، ސަރުކާރުން ވަނީ މާލީ ދާއިރާގެ ފާރަވެރިވުމާއި، ދަރަންޏާއި ހަރަދުތައް ކޮންޓްރޯލްކުރުމުގެ އިތުރުން، ސަރުކާރުގެ ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް އޮޑިޓް ނިޒާމުތައް އިސްލާހުކުރުމުގެ މަސައްކަތް ފަށާފައި ކަމަށް އޭޑީބީގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

މި އިސްލާހީ ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ މާލީ ކަންކަން މެނޭޖް ކުރުން ޒަމާނީކުރުމާއި، ގަވާއިދުތަކަށް އަމަލުކުރުން ހަރުދަނާކުރުމުގެ އިތުރުން، އޮޑިޓްކުރުމުގެ ނިޒާމު "ރިސްކް-ބޭސްޑް" އުސޫލަކަށް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުދާރީވުމުގެ ވަރުގަދަ ނިޒާމަކާއި ގުޅިލާމެހިފައިވާ މަސައްކަތުގެ އުސޫލުތަކެއް ނެތި، އިސްލާހީ މަސައްކަތްތައް ކާމިޔާބެއް ނުވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭޑީބީ ގެ ދިރާސާތަކުން ދައްކާގޮތުގައި، މަޝްރޫއުތައް ބެލެހެއްޓުމާއި އިންވޮއިސްތައް ޕްރޮސެސްކުރުން ފަދަ ކަންކަން އަތުން ކުރަންޖެހުމުގެ ސަބަބުން މަސައްކަތްތައް ތަންފީޒުކުރުމުގައި ބޮޑެތި ލަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ރާއްޖޭ ގައި ޓެކްސްގެ ގަވާއިދުތަކަށް އަމަލުކުރާ މިންވަރު ބަލާ ނިޒާމުތައް ބިނާވެފައިވަނީ ބޭނުންކުރަން ދަތި މުސްކުޅި އުސޫލުތަކެއްގެ މައްޗަށް ކަމަށާއި، މީގެ ސަބަބުން ނެރެވޭ ނަތީޖާތަކަށް އިތުބާރު ނުކުރެވުމުގެ އިތުރުން، ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންކަން މެނޭޖްކުރުމަށް ސަރުކާރަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް އޭޑީބީގެ ސްޕެޝަލިސްޓް ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ޓެކްނޮލޮޖީއާއި ރިސްކް-ބޭސްޑް އުސޫލުތައް ބޭނުންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، އެ ވިސްނުމުގެ ދަށުން، ޑިޖިޓަލް ވަސީލަތްތަކާއެކު މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް، ސަރުކާރުގެ ތެރޭގައި ކަންކަން ތަރުތީބުކުރުމަށް އިސްކަންދީގެން އިސްލާހީ ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްއޭޑީބީ-ދިވެހިރާއްޖެމާލީ އިޞްލާޙުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޑީބީން އަލަށް ހޯދި ކަމަށް ރައީސް މުއިއްޒު ވިދާޅުވާ 70 މިލިއަން ޑޮލަރަކީ މީގެ 2 އަހަރު ކުރިން ހަމަޖައްސާފައި ހުރި ފައިސާ

އޭޑީބީން އަލަށް ހޯދި ކަމަށް ރައީސް މުއިއްޒު ވިދާޅުވާ 70 މިލިއަން ޑޮލަރަކީ މީގެ 2 އަހަރު ކުރިން ހަމަޖައްސާފައި ހުރި ފައިސާ

05 އެޕްރީލު 2024
ކުނީގެ މައްސަލައަށް ހައްލު ލިބޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޖުލައި މަހު ބޭނުންކުރަން ފަށަނީ

ކުނީގެ މައްސަލައަށް ހައްލު ލިބޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޖުލައި މަހު ބޭނުންކުރަން ފަށަނީ

05 އެޕްރީލު 2023
އޭޑީބީންނާއި ޖަޕާން ފަންޑް ފޮރ ޕޮވަރޓީން، ހެލްތު މިނިސްޓްރީއަށް ތަކެތި ހަދިޔާކޮށްފި

އޭޑީބީންނާއި ޖަޕާން ފަންޑް ފޮރ ޕޮވަރޓީން، ހެލްތު މިނިސްޓްރީއަށް ތަކެތި ހަދިޔާކޮށްފި

22 ޑިސެމްބަރު 2022
"ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫއުގެ ދަށުން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ

"ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫއުގެ ދަށުން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ

21 ޑިސެމްބަރު 2022
ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރަން އައިއެފްސީ އާއި އޭޑީބީން ދިރާގަށް 55 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރަން އައިއެފްސީ އާއި އޭޑީބީން ދިރާގަށް 55 މިލިއަން ޑޮލަރު ދެނީ

28 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު