Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ހަތަރު ޓީމާ އެކު، ޑައިމަންޑް ޖުބިލީ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

ހޮނިހިރު ދުވަހުގެ ހަވީރު އޮންނަ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އަހުމަދިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލެ. ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރާނީ ވިލާ އާއި، ސީއެޗްއެސްއީ މާލެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށް ފަހު، އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމަށް މުބާރާތުގެ ފައިނަލްގެ ޖާގަ ލިބޭނެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުވަރީ 15 ވާ އާދީއްތަ ދުވަހުގެ ހަވީރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ފެބުރުއަރީ 2026 | އަންގާރަ 04:45
އެފްއޭއެމްގެ ޑައިމަންޑް ޖުބިލީ ކޮމެޓީ އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެފްއޭއެމްގެ ޑައިމަންޑް ޖުބިލީ ކޮމެޓީ އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން | އަދަދު

ދިވެހި ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.

ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އެފްއޭއެމް އިން ދީފައި ވަނީ ހަތަރު ސްކޫލް އަކަށެވެ. އެއީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އާއި، ސެންޓަ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ ހުޅުމާލެ) އާއި، ސެންޓަ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (މާލެ) އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ. 

ހޮނިހިރު ދުވަހުގެ ހަވީރު އޮންނަ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އަހުމަދިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލެ އެވެ. ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރާނީ ވިލާ އާއި، ސީއެޗްއެސްއީ މާލެ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށް ފަހު، އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމަށް މުބާރާތުގެ ފައިނަލްގެ ޖާގަ ލިބޭނެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުވަރީ 15 ވާ އާދީއްތަ ދުވަހުގެ ހަވީރު އެވެ. 

ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން، ޒުވާން އުމުރުފުރައިގެ އިންވިޓޭޝަނަލް މުބާރާތެއްގެ އިތުރުން، ސީނިއަރ މުބާރާތެއް ބޭއްވުމަށް ވެސް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. ސީނިއަރ މުބާރާތް އޮންނާނީ މިއަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ދިނުމަށް އެފްއޭއެމް އިން ނިންމާފައި ވަނީ ސްރީ ލަންކާގެ އިތުރުން، ބަންގްލަދޭޝް އާއި ނޭޕާލް އަށެވެ.

އެފްއޭއެމް އިން ނިންމާފައި ވަނީ ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުލަ ގަދަ ގިނަ ޙަރަކާތް ތަކެއް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން ޑައިމަންޑް ޖުބިލީގެ ނަމުގައި ކޮމެޓިއެއް އެކުލަވާލައި، އެ ކޮމެޓީ އިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ގައުމީ ފުޓްބޯޅަ ޓީމުތަކު ގެ ސްޕޮންސަރަކަށް ބީއެމްއެލް

23 ޑިސެމްބަރު 2025
ގައުމީ ފުޓްބޯޅަ ޓީމުތަކު ގެ ސްޕޮންސަރަކަށް ބީއެމްއެލް
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
08 އޮކްޓޯބަރު 2025

ބައްސާމް 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

08 އޮކްޓޯބަރު 2025
ބައްސާމް 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު