Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނ. އަތޮޅު ޓައުންޝިޕް ޕްރޮޖެކްޓް

އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޓައުންޝިޕް ޕްރޮޖެކްޓް މުޅިން އައު ޕްރޮޖެކްޓެއްގެ ގޮތުގައި ދައްކާ މުއިއްޒު ސަރުކާރުން ބިންގާ އަޅައިފި

790 މިލިޔަން ޑޮލަރުގެ މި މަޝްރޫއު ނ. އަތޮޅުގައި ހިންގާނީ ކްރިސްޓަލް ހޯލްޑިންގްސް ކުންފުނިން. އެމްޑީޕީން ބުނާގޮތުން މިއީ އެ ޕާޓީގެ ވެރިކަމުގައި އެވޯޑްކޮށްފައިވާ ޕްރޮޖެކްޓެއް. މި ޓައުންޝިޕްގައި ޞިއްޙީ ޚިދުމަތް، ޓޫރިޒަމް ސްކޫލް، އެކުއަކަލްޗަރ ޒޯން، ހޮޓަލާއި ރެޒިޑެންސް ތަރައްގީކުރާނެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 07:55
އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އެޅުން.

އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ބިންގާ އެޅުން. | ރައީސް އޮފީސް

އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޓައުންޝިޕް ޕްރޮޖެކްޓް ރައީސް މުޢިއްޒުގެ ސަރުކާރުން މުޅިން އައު ޕްރޮޖެކްޓެއްގެ ގޮތުގައި އިއުލާން ކޮށް ބިންގާ އަޅައިފި އެވެ. 

"އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި ފެށި މި މަޝްރޫއުގެ ބިންގެ ބިންގާ އަޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ މި ބިޔަ މަޝްރޫޢު ކުރިއަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގަ އެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި މަޝްރޫއުއާއި ގުޅޭގޮތުން މީގެ ކުރިން އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެފައިވަނީ ޓައުންޝިޕް ޕްރޮޖެކްޓަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އަލަށް ފަށައިގެން އުޅޭ ޕްރޮޖެކްޓެއް ނޫން ކަމަށާއި މި ޕްރޮޖެކްޓަކީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް އަކީ ކުރިން ވެސް އިންވެސްޓް ކޮށްފައިވާ ޕްރޮޖެކްޓެއްކަން މައުރޫފް ފާހަގަ ކުރެއްވި އެވެ.

އަދި އެ ޕްރޮޖެކްޓަކީ 2022 ވަނަ އަހަރު ހުރިހާ ޓްރާންސެކްޝަނެއް ވެސް ނިމިފައިވާ ޕްރޮޖެކްޓެއް ކަމަށާއި އަދި މި ސަރުކާރުން އެސްއީޒެޑް ގެ ދަށުން އެ މަސައްކަތް ކުރާ ކުންފުންޏަށް އިންކަމް ޓެކްސް އިން ލުއި ދީފައިވާ ކަމަށެވެ. މައުރޫފް ފާހަގަ ކުރެއްވި ގޮތުގައި މިކަމަކީ އަޑި ނޭނގޭ ކަމެކެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޕީޓަރ ވިދާޅުވިގޮތުގައި މި ޕްރޮޖެކްޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ އެވެ. 

މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް ޤާއިމުކުރާއިރު، ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއް ވެސް ތަރައްޤީކުރާނެ އެވެ.

މީގެ އިތުރުން މި ޓައުންޝިޕްގައި މަތީ ފަންތީގެ ހޮސްޕިޓަލިޓީ އަދި ރެޒިޑެންޝަލް ބައިތަކާއި އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާއާ ގުޅުންހުރި ވަސީލަތްތައް ލިބެން ހުންނާނެއެވެ.

ސަސްޓެއިނަބަލް ޓައުންޝިޕްކްރިސްޓަލް ހޯލްޑިންގްސްނ. އަތޮޅު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެސްއީޒެޑް އިސްލާހުން ޓޫރިޒަމަށާއި ދައުލަތުގެ އާމްދަނީއަށް ލޮޅުން އަރާ، ބޮޑެތި ގެއްލުންތަކެއް ވާނެ: ފައްޔާޒު

އެސްއީޒެޑް އިސްލާހުން ޓޫރިޒަމަށާއި ދައުލަތުގެ އާމްދަނީއަށް ލޮޅުން އަރާ، ބޮޑެތި ގެއްލުންތަކެއް ވާނެ: ފައްޔާޒު

22 އޮކްޓޯބަރު 2025
އެސްއީޒެޑް ޤާނޫނަށް އިސްލާހު ހުށަހެޅީ، 11 ރިސޯޓާއި 22 ފިނޮޅު ޓެކްސް އިން ބަރީއަ ކޮށްދިނުމަށް - ޝަމްހީދު

އެސްއީޒެޑް ޤާނޫނަށް އިސްލާހު ހުށަހެޅީ، 11 ރިސޯޓާއި 22 ފިނޮޅު ޓެކްސް އިން ބަރީއަ ކޮށްދިނުމަށް - ޝަމްހީދު

21 އޮކްޓޯބަރު 2025
ލަންދޫގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

ލަންދޫގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

11 ސެޕްޓެމްބަރު 2025
އެމްޑީޕީގެ ސަރުކާރުން ސިއްރުން, ދައުލަތަށް މަންފާއެއް ނުވާގޮތަށް ރަށްތަކެއް ދޫކުރި ކަމަށް ބުނެ ހަދަނީ ދޮގު: މައުރޫފް

އެމްޑީޕީގެ ސަރުކާރުން ސިއްރުން, ދައުލަތަށް މަންފާއެއް ނުވާގޮތަށް ރަށްތަކެއް ދޫކުރި ކަމަށް ބުނެ ހަދަނީ ދޮގު: މައުރޫފް

03 އޯގަސްޓު 2025
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު