Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލި ދެ ޒުވާނުން 30 ދުވަހަށް ބަންދު

ފުލުހުންގެ އޮޕަރޭޝަނެއްގައި 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި. ހައްޔަރުކުރީ ނައިފަރު ޝާއިން ޢަލީ އާއި ފެރިދޫ އާއިޝަތު މާޝާ އަޙްމަދު. ހެންވޭރު އެޕާޓްމަންޓަކުން މަސްތުވާތަކެތި އާއި އެތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ފެނިފައިވޭ.

އަލީ ޝާހީން
އަލީ ޝާހީން | 11 ޖެނުއަރީ 2026 | އާދީއްތަ 06:40
3 ކިލޯ ޑްރަގައެކު ހައްޔަރުކުރި ދެމީހުން

3 ކިލޯ ޑްރަގައެކު ހައްޔަރުކުރި ދެމީހުން | ޕޮލިސް މީޑިޔާ

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.

މިދިޔަ ހަފްތާ އާދިއްތަ ދުވަހު ހައްޔަރު ކުރި ދެ ޒުވާނުންނަކީ ޅ. ނައިފަރު، ފަލަކް، 27 އަހަރުގެ ޝާއިން ޢަލީ އާއި އއ. ފެރިދޫ، އިޙްރާމްގެ، އުމުރުން 20 އަހަރުގެ އާއިޝަތު މާޝާ އަޙްމަދެވެ. އެ ދެމީހުން ގެ ބަންދަށް މިދިޔަ ހޯމަ ދުވަހު އިތުރު ކުރީ ފަސް ދުވަހެވެ.

މި އޮޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާއިރު އެއެޕާޓްމަންޓުން 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި ދެ ޒުވާނުން ހައްޔަރުކުރި ތަން ކުއްޔަށް ހިފާފައިވަނީ މައްސަލާގައި ހައްޔަރުކުރި އަންހެންމީހާގެ ނަމުގައިކަން ވަނީ އެނގިފަ އެވެ. 

އޭގެގެ އިތުރުން އެ ދެމީހުން ތިބި ތަނުން ހާމައަށް ބަހައްޓާފައިހުރި މަސްތުވާތަކެތި ފެންނަން ހުރިކަން އެނގޭ ކަމަށާއި މަސްތުވާތަކެތި ފެނުނު ތަނުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައްވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އަދި މި މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ އަކީ ކުށުގެ ރިކޯޑް އޮތް ފަރާތެއްކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ. 

ޅ. ނައިފަރުއއ. ފެރިދޫހެންވޭރުޑްރަގް އެންފޯސްމަންޓްޑްރަގް މައްސަލަ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަނީ

09 ޖެނުއަރީ 2026
ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަނީ
07 ޖެނުއަރީ 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި

07 ޖެނުއަރީ 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެމީހުން ހައްޔަރު ކޮށްފި
03 ޖެނުއަރީ 2026

ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި

03 ޖެނުއަރީ 2026
ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި
01 ޖެނުއަރީ 2026

މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

01 ޖެނުއަރީ 2026
މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
14 ނޮވެމްބަރު 2025

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި

14 ނޮވެމްބަރު 2025
ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި
14 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

14 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
07 އޮކްޓޯބަރު 2025

ކުޑަކުދިންތަކެއް ކުށުގެ ވެއްޓަށް ހުށަހެޅި ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި

07 އޮކްޓޯބަރު 2025
 ކުޑަކުދިންތަކެއް ކުށުގެ ވެއްޓަށް ހުށަހެޅި ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
01 އޮކްޓޯބަރު 2025

އެއްވާތީ ބިރުން ނުކުރާ ކަމެއްނެތް. މިވަރުން ދަންޏާ ހެންވޭރަށް އެރުންވެސް މަނާވެދާނެ

01 އޮކްޓޯބަރު 2025
އެއްވާތީ ބިރުން ނުކުރާ ކަމެއްނެތް. މިވަރުން ދަންޏާ ހެންވޭރަށް އެރުންވެސް މަނާވެދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު