Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގިނީ

ގިނީ ގައި ބަޣާވާތަކުން ވެރިކަން ހޯދި ލީޑަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

ގިނީ ގައި 2021 ވަނަ އަހަރު ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި މަމަދީ ޑުމްބޫޔާ ވަނީ ރިޔާސީ އިންތިޚާބުން 86.72 އިންސައްތަ ހޯދައި ކާމިޔާބު ކުރައްވާފައި. މިއީ މަދަނީ ވެރިކަމެއް އަލުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލޭ.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 03:49
ގިނީގެ ލީޑަރު މަމަޑީ ޑުމްބޫޔާ އޭނާގެ އަނބިކަނބަލުންނާ އެކު ގިނީގެ ކޮނަކްރީގައި ޕޯލިން ސްޓޭޝަނެއްގައި ރިޔާސީ އިންތިޚާބުގެ ތެރޭގައި ވޯޓު ލައްވަނީ- ޑިސެމްބަރު 28، 2025

ގިނީގެ ލީޑަރު މަމަޑީ ޑުމްބޫޔާ އޭނާގެ އަނބިކަނބަލުންނާ އެކު ގިނީގެ ކޮނަކްރީގައި ޕޯލިން ސްޓޭޝަނެއްގައި ރިޔާސީ އިންތިޚާބުގެ ތެރޭގައި ވޯޓު ލައްވަނީ- ޑިސެމްބަރު 28، 2025

ގިނީ ގައި ބަޣާވާތަކުން ވެރިކަމަށް ވަޑައިގަތް މަމަޑީ ޑުމްބޫޔާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި އެވެ.

ގިނީގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން އަސްކަރީ ބަޣާވާތަކުން ވެރިކަމަށް ވަޑައިގަތް މަމަދީ ދުމްބޫޔާ ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. މިއީ އެ ގައުމުގައި އަލުން މަދަނީ ވެރިކަމެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަންގާރަ ދުވަހު އިއުލާނުކުރި ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ޑުމްބޫޔާ ވަނީ ވޯޓުގެ 86.72 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. މިއީ ބޮޑު އަޣުލަބިއްޔަތެއް ކަމުން، އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ނުޖެހި އޭނާއަށް ވަނީ ކާމިޔާބީ ކަށަވަރުވެފައެވެ. އިންތިޚާބުގެ ނަތީޖާއާ މެދު އެއްވެސް ޝަކުވާއެއް ހުށަހަޅާ ނަމަ، އެ ނަތީޖާގެ ސައްހަކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް 8 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

އުމުރުން 41 އަހަރުގެ ޑުމްބޫޔާއާ ދެކޮޅަށް އަށް ކެންޑިޑޭޓުން ވާދަކުރިއެވެ. ނަމަވެސް، އިދިކޮޅު މައި ލީޑަރުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހަދާފައިވުމުން، އެ ފަރާތްތަކުން ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ. ކުރީގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރު ޑުމްބޫޔާ ވެރިކަމަށް އައީ 2021 ވަނަ އަހަރު، 2010 އިން ފެށިގެން ވެރިކަމުގައި ހުންނެވި އަލްފާ ކޮންޑޭގެ ވެރިކަން ވައްޓާލުމަށްފަހުއެވެ. މިއީ 2020 ވަނަ އަހަރުން ފެށިގެން ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް ގެނުވި އަސްކަރީ ބަޣާވާތްތަކުގެ ތެރެއިން އެއް ބަޣާވާތެވެ. ކުރީގެ ރައީސް ކޮންޑޭ އާއި އިދިކޮޅު ލީޑަރު ސެލޫ ޑަލައިން ޑިއާލޯ މިހާރު ދިރިއުޅުއްވަނީ ގައުމުން ބޭރުގައި އަރުވާލެވިގެންނެވެ.

ބަޣާވަތުގެ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، އިންތިޚާބެއްގައި ވާދަ ނުކުރައްވާނެ ކަމަށް ޑުމްބޫޔާ ކުރިން ވައުދުވެވަޑައިގެންނެވިއެވެ. އަދި ބަޣާވާތަށްފަހު އެކުލަވާލި ޗާޓަރުގައި އަސްކަރީ މީހުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް އޮތް ނަމަވެސް، ސެޕްޓެމްބަރު މަހު ނެގި ފެންނަ ނުފެންނަ ވޯޓަކުން ފާސްކުރި އާ ގާނޫނުއަސާސީގެ ދަށުން އެ ހުރަސްތައް ވަނީ ނައްތާލާފައެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ޖެނަބޫ ޓޫރޭ ވިދާޅުވި ގޮތުގައި، އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ %80.95 އެވެ. ނަމަވެސް، ވެރިރަށް ކޮނަކްރީ ގައި ވޯޓުލީ މީހުން މަދުކަން ފާހަގަކުރެވުނުއިރު، އިދިކޮޅު ފަރާތްތަކުން ވަނީ މި އަދަދުތަކާ މެދު ސުވާލު އުފައްދާފައެވެ.

ގިނީ އަކީ ދުނިޔޭގައި އެންމެ ބޮޑު ދަގަނޑުގެ ރިޒާވް އޮތް ގައުމެވެ. ޑުމްބޫޔާ ވިދާޅުވާ ގޮތުގައި، އޭނާގެ ވެރިކަމުގައި މި ވަސީލަތްތަކުން ގައުމަށް ލިބޭ ފައިދާ އިތުރުވެ، އޭނާގެ ލީޑަޝިޕްގެ ދަށުން ގައުމަށް ކުރިއެރުން ވަނީ ހޯދިފައެވެ. އޭނާގެ ސަރުކާރުން ވަނީ މައުދަން ނެގުމުގެ ސިނާއަތަށް ދައުލަތުގެ ބާރު ގަދަކޮށްފައެވެ. އެގޮތުން، އެމިރޭޓްސް ގްލޯބަލް އެލުމިނިއަމްގެ ސަބްސިޑިއަރީ އެއް ކަމަށްވާ ގިނީ އެލުމިނާ ކޯޕަރޭޝަންގެ ލައިސަންސް ބާތިލުކޮށް، އެ ކުންފުނީގެ މުދާތައް ދައުލަތުގެ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައެވެ. ގައުމީ ވަސީލަތްތަކުގެ މައްޗަށް ދައުލަތުގެ ބާރު ފޯރުވުމުގެ މިފަދަ ސިޔާސަތުތަކުގެ ސަބަބުން، މާލީ، ބުރުކީނާ ފާސޯ އަދި ނައިޖަރު ފަދަ އެފްރިކާގެ އެހެން ގައުމުތަކުގައި ވެސް އަސްކަރީ ސަރުކާރުތަކަށް އޮތް ތާއީދު ވަނީ އިތުރުވެފައެވެ.

މަމަދީ ޑުމްބޫޔާގިނީއަލްފާ ކޮންޑޭކޮނަކްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު