Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިމެންސް ކާވާ ކަޕް

ރާއްޖޭގެ ބަލި ކޮށް ކިރްގިސްތާނުން ވިމެންސް ކާވާ ކަޕް ޗެމްޕިއަންކަން ހޯދައިފި

ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލްގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފި. ފުރަތަމަ ސެޓު ރާއްޖެ އިން ކާމިޔާބުކުރި ނަމަވެސް ފަހުން ކުޅުނު ތިން ސެޓުން ކިރްގިސްތާނުން ވަނީ ކާމިޔަބު ކޮށްފަ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ، ރާއްޖޭގެ ހަތަރު ކުޅުންތެރިންނާއި ކިރްގިސްތާނު ގެ ތިން ކުޅުންތެރިން.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 20:08
ކިރްގިސްތާން ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

ކިރްގިސްތާން ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލް މެޗުގައި ދިވެހިރާއްޖެ ބަލިކޮށް ކިރްގިސްތާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ކިރްގިސްތާނުން ފައިނަލް މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 3 ސެޓު 1 ސެޓުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

ސޯޝަލް ސެންޓަރުގެ އެތޭރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު، މޮޅު ކުޅުމެއް ދައްކާ ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 25-20 އިން ނެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓީމަށް ހެދުނު ގޯސް ތަކުގެ ފައިދާ ނަގާ، ދެން ކުޅުނު ތިން ސެޓުވެސް  ކިރިގިސްތާނުން ކާމިޔާބު ކުރި އެވެ. ކިރްގިސްތާނުން ފަހުން ކުޅުނު ތިން ސެޓު ގެންދިޔައީ، 22-25، 17-25 އަދި 21-25 އިންނެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމުން ލީގު ބުރުގައި ކިރްގިސްތާން ބަލި ކުރިއިރު، ފައިނަލް މެޗުގައި ކިރްގިސްތާނުން މި ވަނީ ރާއްޖޭގެ ކިބައިން ބަދަލުހިފައިފަ އެވެ.

ހަތަރު ގައުމު ވާދަކުރި ވިމެންސް ކާވާ ކަޕްގެ ފައިނަލާ ހަމައަށް އައިއިރު ރާއްޖެ އިން ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފަ އެވެ. 

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ރާއްޖޭގެ ހަތަރު ކުޅުންތެރިންނާއި ކިރްގިސްތާނުގެ ތިން ކުޅުންތެރިންނެވެ. އެ ގޮތުން، ރާއްޖޭން ހިމެެނެނީ، ކެޕްޓަން، ހައްވާ ރާޝިދާ ، ފާތިމަތު ޖޫޒާން ޒަރީރު، އައިމިނަތު ޝަހާ ޝާމިން އަދި ނަރީމާ އިދުރީސް އެވެ. އަދި، ކިރްގިސްތާނުން ހިމެނެނީ، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނޫރްޒަމަލް ބޮލޮޓްބެކޮވާ އިތުރުން ސައިކަލް އަމިރާކުލޯވާ އަދި އަސީމާ އަސީމާ ސެއިޓްބްލޯވާ އެވެ.

މި މުބާރާތުގެ ތިން ވަަނަ ހޮވި މެޗުގައި، އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުން މޮޅުވެގެން، މުބާރާތުގެ ތިން ވަނަ ހޯދީ ބަންގްލަދޭޝް އެވެ.

ވިމަންސް ކާވާ ކަޕްދިވެހިރާއްޖެ-ކިރްގިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރިހަމަ ރެކޯޑާ އެކު ރާއްޖެ ފައިނަލަށް

ފުރިހަމަ ރެކޯޑާ އެކު ރާއްޖެ ފައިނަލަށް

25 ޑިސެމްބަރު 2025
ކިރްގިސްތާން ބަލިކޮށް، އެއް ވަނައިގައި ރާއްޖެ ސެމީ ފައިނަލަށް

ކިރްގިސްތާން ބަލިކޮށް، އެއް ވަނައިގައި ރާއްޖެ ސެމީ ފައިނަލަށް

23 ޑިސެމްބަރު 2025
ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާން ވެސް ބަލިކޮށްފި

ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާން ވެސް ބަލިކޮށްފި

22 ޑިސެމްބަރު 2025
ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު